Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު ކަރުދާސްތައް ދައްކާލައި، ޖަހާ ފާހަގަ ފުންމާނުލާކަން ކަށަވަރުކޮށްދީފި

8 ނޮވެމްބަރު 2018 | ބުރާސްފަތި 05:27

ނޫސްވެރިން ލައްވައި ވޯޓު ކަރުދާހުގައި ވަނީ ފާހަގަ ޖަހާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 ނޮވެމްބަރު 2018 | ބުރާސްފަތި 05:27
އިންތިހާބުގައި ބޭނުން ނުކޮށް ހުރި ވޯޓު ކަރުދާހެއްގައި ނޫސްވެރިއަކު ފާހަގަ ޖެހުމަށްފަހު ދައްކާލަނީ

އިންތިހާބުގައި ބޭނުން ނުކޮށް ހުރި ވޯޓު ކަރުދާހެއްގައި ނޫސްވެރިއަކު ފާހަގަ ޖެހުމަށްފަހު ދައްކާލަނީ

ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ވޯޓު ކަރުދާހުގައި ޖެހި ފާހަގަތައް ބަދަލުވި ކަމަށް ބުނެ، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ފެތުރި ވާހައަކީ ދޮގެއްކަން ސާބިތު ކުރުމަށް ނޫސްވެރިންނަށް ވޯޓު ކަރުދާސްތައް ދައްކައި، ފާހަގަ ޖަހަން ފުރުސަތު ދީފިއެވެ.

ނޫސްވެރިންނަށް ވޯޓު ކަރުދާސްތައް ދައްކައި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ފުރުސަތު ދިނުމަށްފަހު، އެ ކޮމިޝަނުން ވަނީ ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާސްތައް ވެސް ދައްކާފައެވެ. އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު، ނޫސްވެރިންނަށް ދައްކާފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޭނުން ނުކޮށް ހުރި ވޯޓު ކަރުދާސްތަކެވެ. އަދި އެ ކަރުދާސްތަކުގައި ނޫސްވެރިން ލައްވައި ފާހަގަ ޖެހުމަށްފަހު، ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަށް ބަދަލެއް ނާންނަކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދިނެވެ.

Advertisement - newsAdvertisement

ނޫސްވެރިންނަށް ވޯޓު ކަރުދާސް ދައްކާފައި ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް، ޕީޕީއެމުން ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަމާ ދިމާގައި ޖެހި ފާހަގަ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމާ ދިމާއަށް ބަދަލުވި ކަމަށް ބުނެ އަޑު އުފުލާފައި ވަނިކޮށެވެ. ސިލްސިލާކޮށް، ޕީޕީއެމް އޮފީސް ކުރިމަތީގައި 22 ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ މުޒާހަރާތަކުގައި އެންމެ ބޮޑަށް އެ ވާހަކަ ދައްކަވާފައި ވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީއެވެ.

ނޫސްވެރިންނަށް ވޯޓު ކަރުދާސް ދެއްކުމުގެ ކުރިން، ބޭއްވި ޕްރެސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބޭނުންކޮށްފައިވާ ވޯޓު ކަރުދާސް ނޫސްވެރިންނަށް ކުރިން ނު ދެއްކީ، ކޯޓު އަމުރެއް ނެތި އެކަން ނުކުރެވޭނެތީ ކަމަށެވެ.

"[ރިޔާސީ އިންތިހާބުގައި] ބޭނުންކޮށްފައި ހުރި ކަރުދާސް ކޯޓު އަމުރެއް ނެތި ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އަޅުގަނޑުމެންނަށް ލީގަލް އޮޕީނިއަން އައީ. ފަހުގެ މަރުހަލާއެއްގައި އެއީ ސަގާފަތެއްގެ ގޮތުގައި ކޮންމެހެން ކުރަންޖެހިދާނެ ކަމެއް ކަމަށް ބަލާފައި. އަނެއްކާ އިތުރު މައްސަލަތަކެއް މީގެ ތެރެއިން ނުކުތުމަކީ [އޮތް ކަމެއް]. އެކި މީހުން ވޯޓު ކަރުދާސް ދެކޭނީ އެކި ގޮތަށް،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް