Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ މުޅި ދުނިޔެ ސިއްސުވާލައިފި: ރައީސް ނަޝީދު

1 ނޮވެމްބަރު 2018 | ބުރާސްފަތި 14:12

ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނީ ރައްޔިތުން

އަމްނާ އިމާދު
އަމްނާ އިމާދު | 1 ނޮވެމްބަރު 2018 | ބުރާސްފަތި 14:12
ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ

ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ

މިއަހަރުގެ 23 ސެޕްޓެންބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ މުޅި ދުނިޔެ ސިއްސުވާލާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެ އަހަރާއި ނުވަ މަސް ފަހުން ރާއްޖެވަޑައިގެން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ ތިބި އެތައް ހާސް ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ސަލާމަތްކޮށްދީ ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނީ ރައްޔިތުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ކާމިޔާބީއަކީ ދިވެހިން މުޅި ދުނިޔެއަށް ދައްކުވައިދިން ނަމޫނާ ކާމިޔާބީއެއް ކަމަށެވެ. އަދި މިއިންތިޚާބުން ރައްޔިތުން ދައްކުވައިދިނީ ދިވެހިންނަކީ އުންމީދު ނަގާލާނެ ބައެއް ނޫންކަން ކަމަށާއި، ދިވެހިންނަކީ ފަހަތަށް ޖެހޭނެ ބައެއްވެސް ނޫންކަން ކަމަށެވެ.

"ދިވެހިން މުޅި އުއްމަތަށް ދައްކާދީފި އެމީހުންގެ ހައްގު މިންވަރު އެމީހުން ހޯދާނެކަން. 23 ސެޕްޓެންބަރުގެ ދިވެހިންގެ ނަތިޖާ އެންމެ ފުރިހަމަކޮށް ހާމަކޮށްދިން ހަގީގަތަކީ ތިބޭފުޅުން ތިއެދޭ ދިވެހިރާއްޖޭގެ އުންމީދު. ތިބޭފުޅުން ތިއެދިވަޑައިގަންނަވާ ދިވެހިރާއްޖޭގެ ތަސައްވަރު. ހަގީގަތުގައި ކުރައްސަވާނީ ތިބޭފުޅުންކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުދުމުހުތާރުކަމާއި، ބާރުވެރިކަމާއި، ހަރުކަށިކަމާއި، އަދި އަނިޔާވެރިކަމަކީ ރައްޔިތުން އެދޭ ކަންކަން ނޫންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިހުރިހާ ކަމަކަށް ރައްޔިތުން ހަރު އަޑުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދެނީ އިސްލާމީ ރިވެތި އުސޫލުން ހިނގާ ޑިމޮކްރެޓިކް ރާއްޖެއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ދިވެހި ރައްޔިތުން މަސައްކަތް ފެށީ މިފަދަ ޑިމޮކްރެޓިކް ރާއްޖެއެއް އަލުން އިޔާދަ ކުރަން ކަމަށާއި، މިއުއްމީދު ހަގީގަތަކަށް ހަދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް