Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޒީރޯގެ ޓްރެއިލާ ރިލީޒް ކުރުން ޝާހުރުކް ޚާންގެ އުފަންދުވަހު

1 ނޮވެމްބަރު 2018 | ބުރާސްފަތި 07:14

މި ފިލްމްގެ ދެ ޕޯސްޓަރު ވަނީ ރިލީޒް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 1 ނޮވެމްބަރު 2018 | ބުރާސްފަތި 07:14
ޝާހުރުކް ޚާން

ޝާހުރުކް ޚާން

ޝާހުރުކް ޚާންގެ ފިލްމް "ޒީރޯ"ގެ ޓްރެއިލާ އޭނާގެ އުފަން ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ނޮވެމްބަރު މަހުގެ 2 ގައި ޝާހުރުކް ޚާންގެ 53 ވަނަ އުފަން ދުވަސް ފާހަގަ ކުރާއިރު މި ޓްރެއިލާ ރިލީޒް ކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޒީރޯގެ ޓްރެއިލާ ރިލީޒް ކުރުމުގެ އެއްދުވަސް ކުރިން މިވަނީ އެ ފިލްމްގެ ދެ ޕޯސްޓަރު ދައްކާލާފައެވެ. ފުރަތަމަ ޕޯސްޓަރުގައި ޝާހުރުކް އާއި ކެޓްރީނާ ކެއިފް ފެނިގެންދަނީ ރޯމޭންޓިކް ޕޯސް އެއްގައެވެ.

މި ޕޯސްޓަރުގެ ކެޕްޝަންގައި ޝާހުރުކް ޚާން ކެޓްރީނާ ޑިސްކްރައިބް ކޮށް ލިޔެފައިވަނީ "ސިތާޜޯންކޭ ހުވާބް ދޭކްނޭ ވާލޯން، ހަމްނޭތޯ ޗާންދްކޯ ގަރީބްސޭ ދޭކާހޭ" އެވެ.

އެ ޕޯސްޓަރު ކެޓްރީނާ ފެނިގެން ދަނީ ރަތް ކުލައިގެ ދިގުކޮށް ހުރި ހެދުމެއް ގައެވެ.

ދެވަނަ ޕޯސްޓަރުގައި ފެނިގެންދަނީ ޝާހުރުކާއި އަނުޝްކާ ޝަރްމާ ހެޕީ މޫޑެއްގައި ތިއްބައެވެ. މި ޕޯސްޓަރުގެ ކެޕްޝަންގައި ޝާހުރުކް ލިޔެފައިވަނީ "އިސް ޕޫރީ ދުނިޔާމެއިން، މެރީ ބަރާބަރީކީ އޭކްހީތޯހޭ" އެވެ.

މި ޕޯސްޓަރުގައި އަނުޝްކާ ފެނިގެންދަނީ ވީލް ޗެއަރ އެއްގައި އިށީންދެ އިންދައެވެ. އަނުޝްކާގެ ކައިރީގައި ހިނިއައިސްފައި ޝާހުރުކް ޚާން ހުއްޓާފެނިގެން ދެއެވެ.

ޒީރޯގެ ޓްރެއިލާގެ ޚާއްސަ ސްކްރީނިން ވަނީ ބޮލީވުޑްގެ ފަންނާނުންނަށް ދައްކާލާފައެވެ.

މި ޓްރެއިލާ ބެލުމަށް ފަހު އާމިރު ޚާން ކޮށްފައިވާ ޓްވީޓްގައި ވަނީ އެ ޓްރެއިލާ އައުޓް ސްޓޭންޑިން ކަމަށެވެ. އާމިރު ވަނީ މި ފިލްމްގައި ޝާހު، ކެޓްރީނާ އަދި އަނުޝްލާ ދައްކާފައިވާ މޮޅު އެކްޓިންއަށް ތައުރީފް ކޮށް މަރުހަބާ ކިޔާފައެވެ. އަދި މި ފިލްމް ބަލަން ކެތް މަދުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމްގައި ޝާހުރުކްގެ ނަމަކީ ބައުއާ ސިންގް އެވެ. އަދި އޭނާ މި ފިލްމްގައި ފެނިގެންދާނީ އާދަޔާ ޚިލާފަށް ކުރުމީހެއްގެ ރޯލުންނެވެ.

ކެޓްރީނާ ފެނިގެން ދަނީ ސުޕަރ ސްޓާރ އެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ސައިންޓިސްޓެއްގެ ރޯލުންނެވެ. އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
08 ޖެނުއަރީ 2017

ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި

08 ޖެނުއަރީ 2017
ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި
07 ޖެނުއަރީ 2017

ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

07 ޖެނުއަރީ 2017
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް