Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ތައުމީން ނުވަތަ އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

އިޖްތިމާޢީ ތައުމީނަކީ، ޢިލްމުވެރިންގެ އިއްތިފާޤުން ހުއްދަ ޙަލާލު ނިޡާމެކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2018 | އާދީއްތަ 04:49
ހުޅުމާލޭގެ ފިހާރައެއް: ވިޔަފާރީގެ އުޞޫލުން ޝަރިކާ ނުވަތަ ކުންފުނި ހަދައިގެން މިހާރު ދުނިޔޭގައި ދެމުން ގެންދާ އިންޝުއަރެންސަށް ކިޔާ ނަމަކީ ތިޖާރީ ތައުމީނެވެ.

ހުޅުމާލޭގެ ފިހާރައެއް: ވިޔަފާރީގެ އުޞޫލުން ޝަރިކާ ނުވަތަ ކުންފުނި ހަދައިގެން މިހާރު ދުނިޔޭގައި ދެމުން ގެންދާ އިންޝުއަރެންސަށް ކިޔާ ނަމަކީ ތިޖާރީ ތައުމީނެވެ.

(27 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ތައުމީން ބެހެވިގެންވާ ބައިތައް.

ޢާއްމު ގޮތެއްގައި ތިން ބަޔަކަށް ތައުމީން ބެހެވިގެން ވެއެވެ. އެއީ: ހ. އިޖްތިމާޢީ ތައުމީނާއި، ށ. ތަޢާވުނީ ތައުމީނާއި، ނ. ތިޖާރީ ތައުމީނެވެ.

ހ. އިޖްތިމާޢީ ތައުމީން.

އިޖްތިމާޢީ ތައުމީނަކީ، ސަރުކާރުން ރައްޔިތުންގެ ތެރެއިން ބަޔަކު، ނުކުޅެދޭ ގޮތްވުމުން، ނުވަތަ މުސްކުޅިވުމުން، ނުވަތަ ބަލިވުމުން، ނުވަތަ ކުރާނެ މަސައްކަތެއް ނުލިބުމުން ފަދަ ޙާލަތެއް ދިމާވުމުން އެ ސަރުކާރަކުން، އެ ފަދަ މީހުންނަށް ދާއިމީ ގޮތެއްގައި، މާލީ އެހީ ފޯރުކޮށް ދިނުމަށް އުފައްދާ ނިޡާމަކަށް ކިޔާނަމެކެވެ. މިއީ ޢިލްމުވެރިންގެ އިއްތިފާޤުން ހުއްދަ ޙަލާލު ނިޡާމެކެވެ. މިފަދަ ނިޡާމަކަށް ޖަމާކުރާ ފައިސާއިން ކުންފުނި އުފެއްދޭނެއެވެ. އަދި ހުއްދަ ޙަލާލު ގޮތުގައި، ވިޔަފާރިކުރާ ގޮތަށް ހަމަޖައްސައެވެ. އަދި ޕެންޝަނާއި، ބޭސްފަރުވާގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ށ. ތަޢާވުނީ ތައުމީނު

ތައުމީނުގެ މި ވައްތަރަކީ ގިނަބަޔަކު ނުވަތަ ދެމީހަކު ގުޅިގެން، ކޮންމެ މަހަކު، ކޮންމެ މެންބަރެއްގެ އަތުން ވަކި މިންވަރަކަށް ފައިސާ ނަގައިގެން ކުރާ މުޢާމަލާތަކަށް ކިޔާ ނަމެކެވެ. ތަޢާވުނީ ތައުމީނުގެ މުޢާމަލާތު ކުރެވެނީ ބައިވެރިވާ މީހުންގެ ތެރެއިން ގެއްލުމަކާ ކުރިމަތިވާ މީހަކަށް، އެ މީހެއްގެ މުހުތާދު ފިލުވޭ މިންވަރަށް ފައިސާ ދީ އެހީތެރިވުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ހިންގާ ނިޡާމެކެވެ. މިހާރު މިފަދަ މުޢާމަލާތްކުރާ ކުންފުނިތައް އުފައްދައި، ވިޔަފާރިކުރަމުން ވެސް ގެންދެއެވެ. ނިޡާމަކީ ވެސް، ހުއްދަ ޙަލާލު ނިޡާމެއް ކަމަށް ޢިލްމުވެރިންގެ މެދުގައި އެއްބަސްވެވިފައި ވެއެވެ.

ނ. ތިޖާރީ ތައުމީނު

ތިޖާރީ ތައުމީނަކީ ވިޔަފާރީގެ އުޞޫލުން ޝަރިކާ ނުވަތަ ކުންފުނި ހަދައިގެން މިހާރު ދުނިޔޭގައި ދެމުން ގެންދާ އިންޝުއަރެންސަށް ކިޔާ ނަމެވެ. މިއީ އެ ކުންފުނީގައި ތައުމީނު ކުރުމަށް ބައިވެރިވާ ނުވަތަ އިންޝުއަރ ކުރުމަށް އެދި ރަޖިސްޓްރީ ވެފައިވާ މީހަކަށް ނުވަތަ ފަރާތަކަށް، މުޞީބަތެއް، ނުވަތަ ގެއްލުމެއް ކުރިމަތިވާ ހިނދު، އޭގެބަދަލު، ތައުމީނުކޮށްދޭ ފަރާތުން ދޭގޮތަށް ހިންގާ ޝަރިކާތަކެކެވެ. މިގޮތުން އެހީތެރިވެ ދެނީ ތައުމީނު ކޮށްދިނުމަށް އެދޭ ފަރާތުން، އެއްފަހަރާ، ނުވަތަ އެއްބަސް ވެފައިވާ ގޮތަށް، ނުވަތަ އެނޫން ގޮތަކަށް އެހީތެރިވެ ދޭ ގޮތައް ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިޢަޤްދުގައި ބަޔާންކޮށްފައިވާ ގެއްލުމަކީ، ނުވަތަ މުޞީބަތަކީ، ވަރަށް މަދު ޙާލަތެއްގައި ނޫނީ، ދިމާވާ ކަމެއްނޫނެވެ. އެފަދަ މުޞީބަތެއް، ނުވަތަ ގެއްލުމެއް ކުރިމަތި ނުވާނަމަ، ތައުމީނު ކޮށްދިން ފަރާތުން، ތައުމީނު ކޮށްދިނުމަށް އެދި ވަކި ޢަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތަށް، އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެއެވެ. މިޢަޤްދުގައި ބަޔާންވެގެންވާ ގެއްލުން ކުރިމަތިވުމުން، އަނެއް ފަރާތުން ދައްކަން ޖެހޭ ފައިސާއަކީ، އެނގިގެން ނުވާ މަޖްހޫލު އެއްޗަކަށް ވާތީ، ފިޤްހު ޢިލްމުވެރިން ވިދާޅުވެފައި ވަނީ، މިއީ ހުއްދަ ނޫން ޙަރާމް ޢަޤްދެއް ކަމަށެވެ. އެއީ މި ޢަޤްދުގައި ޖުވާގެ ސިފަ ހިމެނިފައި ވާތީއެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

15 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

10 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

06 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

05 އޮކްޓޯބަރު 2018
‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

05 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު