Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް

މައުމޫނާ އެކު އުހަށް އެރި ޕީޕީއެމް، ޔާމީނާ އެކު ފުލަށް!

މައުމޫންގެ ލީޑާޝިޕްގައި ތިން އިންތިހާބު ކާމިޔާބު ހޯދި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2018 | ހޮނިހިރު 13:41
ރައީސް މައުމޫނާއި ރައީސް ޔާމީން: ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ ދެ ބޭފުޅުން ހިޔާލުތަފާތުވެ، ޕާޓީ ދެބައިވުމުން

ރައީސް މައުމޫނާއި ރައީސް ޔާމީން: ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ ދެ ބޭފުޅުން ހިޔާލުތަފާތުވެ، ޕާޓީ ދެބައިވުމުން

ޕީޕީއެމް އުފަންވުމުގެ ކުރިން، ރާއްޖޭގެ ސިޔާސީ އުދަރެހުގައި އެންމެ ގަދަޔަށް ދަޅަ އަޅަމުން ދިޔައީ ނުލާއި ރީނދުލުގެ ކުލައެވެ. އެއީ ޑީއާރްޕީ އާއި އެމްޑީޕީގެ ވާދަވެރިކަމުގެ ދުވަސްވަރުގައެވެ. ނަމަވެސް ނުލާއި ރީނދުލުގެ މެދުން 2011 ވަނަ އަހަރު ފާޅުވެގެން ދިޔައީ ގަދަ ފިޔާތޮށި ކުލައެވެ. ޑީއާރްޕީ އުމުރުން ހަ އަހަރުގައި އެ ޕާޓީގައި ރެނދުލައި، އެ ޕާޓީގެ މައްޗަށް ގަދަވެގަތީ ޕީޕީއެމެވެ. އެއަށްފަހު އިދިކޮޅު މައި ޕާޓީގެ ރޯލު އަދާކުރަން ފެށީ ޕީޕީއެމުންނެވެ. ޑީއާރްޕީގެ އާންމު މެމްބަރުން ބައިވެރިވުމާ އެކު، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީޕީއެމް ރަޖިސްޓްރީ ކުރީ މީގެ ހަތް އަހަރު ކުރިން، 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ޑީއާރްޕީގެ މައްޗަށް ގަދަ ފިޔާތޮށި ގަދަވެ ގަތް ދުވަހެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލީޑާޝިޕްގައި އެ ޕާޓީ ކުރު މުއްދަތެއްގައި ކާމިޔާބީތަކެއް ހޯދިއެވެ. ޑީއާރޕީ ބައިބައިވެފައި ވަނިކޮށް، 2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބު ވެސް ކާމިޔާބު ކުރިއެވެ. ޑީއާރްޕީގެ މަޖިލިސް މެމްބަރުންނާއި ކައުންސިލްތަކުގެ ގޮނޑިތަކަށް އިންތިހާބުވެފައި ތިއްބެވި ބޭފުޅުން ޕީޕީއެމް ކޮޅަށް އެނބުރުނެވެ. އެމްޑީޕީ ވެރިކަމުގައި އޭރު ބޭއްވި ބައި އިލެކްޝަންތައް ވެސް ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ހުސްވި، ތިމަރަފުށީ ދާއިރާގެ ގޮނޑި އާއި އުނގޫފާރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. ޕާޓީ އުފެއްދިތާ ދެ އަހަރު ނުވަނީސް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރިއެވެ. އެއަށްފަހު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑިތައް ވެސް ނެގީ އެ ޕާޓީންނެވެ. އަދި އެއަށްފަހު މަޖިލީހުގެ ސާފު އަގުލަބިއްޔަތުން ވެސްހޯދިއެވެ.

ޕީޕީއެމަކީ ރާއްޖޭގައި ކުރު މުއްދަތެއްގައި އެންމެ ބޮޑު ކާމިޔާބީ ހޯދި ޕާޓީ އޭ ބުނެވިދާނެއެވެ. ސަބަބަކީ އެ ޕާޓީ އުފެއްދި ފަހުން ބޭއްވި އާންމު ތިން އިންތިހާބު ވެސް އެ ޕާޓީން ކާމިޔާބު ކުރުމުންނެވެ.

އެކަމަކު އެއީ މާޒީއެވެ. އެ ކާމިޔާބީ އެ ޕާޓީއަށް ހޯދުނީ ރައީސް މައުމޫން އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރުއެވެ. އެ ޕާޓީން އެމަނިކުފާނު ފެއަށް ޖެއްސި ފަހުން، އިންތިހާބަކުން ޕީޕީއެމަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ކޯޓު މެދުވެރިކޮށް، ރައީސް އަބްދުﷲ ޔާމީން އެ ޕާޓީއާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ދެ އިންތިހާބު ވެސް އެ ޕާޓީއަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. ކައުންސިލް އިންތިހާބުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ކެންޑިޑޭޓުންގެ ފޮޓޯއަށް ވުރެ، ފާތުމަތު އިބްރާހިމާއި ރައީސް ޔާމީންގެ ފޮޓޯ ބޮޑުކޮށް ދެއްކުމުން ލިބުނު ތާއިދަށް ވުރެ، ގެއްލުނު ވޯޓު ގިނައެވެ. ބައެއް ދާއިރާތަކަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓުން ނުވުމުން، ހައްދު ކަނޑައަޅާފައިވާ ކުށް ކުރި މީހުންނަށް ވާދަކުރެވޭ ގޮތް މަޖިލީހުން ހެދުމުން އިތުރަށް ޕީޕީއެމް ބޭޒާރުވީއެވެ. ބޮޑު ފަރަގަކުން ޕީޕީއެމް ބަލިކޮށް، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ނަގައި، އެންމެ ގިނަ ކައުންސިލްތަކުގެ ކޮންޓްރޯލް ނެގީ އެމްޑީޕީންނެވެ. އެއީ ކައުންސިލް އިންތިހާބުގެ ވާހަކައެވެ.

ކައުންސިލް އިންތިހާބުގެ ހިތި ރަހަ، އަރު ތެރެއިން ނުފިލައި އުޅެނިކޮށް، ރިޔާސީ އިންތިހާބުން ވެސް ޕީޕީއެމް ބަލިވީއެވެ. ބޮޑު ފަރަގަކުންނެވެ. އަމިއްލައަށް ބޭއްވި އިންތިހާބުން އަމިއްލައަށް ލަދެއްގައި ބެދި، އެ ތިބީ އިސް އުފުލަން ނުކެރިފައެވެ. އިންތިހާބު ބޭއްވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ނޫސްވެރިންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަން ރައީސް ޔާމީނަކަށް ކެރިވަޑައިނުގެންނެވިއެވެ.

އިންތިހާބުގެ ނާކާމިޔާބީއާ އެކު އެމަނިކުފާނުގެ ރިޔާސަތުގައި ޕީޕީއެމް އެ ދަނީ ފަނޑުވަމުންނެވެ. އެކުގައި ތިބި މިތުރުން ގެއްލި ދިޔަ ގޮތަށް، ޒަމާންވީ އެކުވެރިޔާ ސަން ސިޔާމް ވެސް އެމަނިކުފާނު ދޫކޮށްފައި ވަޑައިގެންނެވީއެވެ. މުށުތެރެއަށް ލައި، ހިރިނުލެވޭހާ ވަރުވެފައި އޮތް ރައްޔިތުންގެ މަޖިލިސް ވެސް ހިނގައިގަތީއެވެ. އަރިހުގައި ތިއްބެވި މެމްބަރުން ވެސް ކެހި ދިނީއެވެ.

ޒަމާންވީ ވާދަވެރިޔާ ރައީސް ނަޝީދު އެމަނިކުފާނާ އަރާ ހަމަކުރާ ދުވަސް ވެސް ކައިރިވާ ވަރަކަށް، ރައީސް ޔާމީންގެ އަޑު އެ ދަނީ މަޑުވަމުންނެވެ. އެމަނިކުފާނުގެ އަޑު މަޑުވެ، ޕާޓީގެ އަޑު ވެސް ކެނޑިއްޖެއެވެ. އަޑު އުފުލުންތައް ވެސް ހުއްޓިއްޖެއެވެ. އަބްދުއްރަހީމް ޖައްސަވާ ހިސާބުތަކާ ހުރެ، ނުކުންނަން ތިބި މީހުން ވެސް ގަންނަނީ ލަދެވެ. ދުވަސް ނުނިމުއިރު ވެސް ޕީޕީއެމަށް ހަތް އަހަރު ފުރުމުގެ މުނާސަބާ ފާހަގަކޮށްލާކަށް ވެސް ނުކެރުނެވެ.

ކުރު މުއްދަތެއްގައި އުހަށް އެރި ޕާޓީ ރައީސް ޔާމީނާ އެކު މަންޒަރުން އެ ދަނީ ގެއްލިގެންނެވެ. އިންތިހާބުތަކުން އެ ޕާޓީ އެ ވަނީ ފުލަށް ވެއްޓިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު