Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުހުޅުދޫ ސުކޫލް

ސަންތި މަރިޔަބު ބަންޖެއް ކިޔުއްވި ޓީޗަރު ވަޒީފާއިން ވަކިކުރީ ޤާނޫނާއި ހިލާފަށް ކަމަށް ނިންމައިފި

27 އޮކްޓޯބަރު 2018 | ހޮނިހިރު 04:41

ވަޒީފާއިން ވަކިކުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހުކުމްކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 އޮކްޓޯބަރު 2018 | ހޮނިހިރު 04:41
ކަނޑުހުޅުދޫ ސުކޫލްގެ ދަރިވަރުންތަކެއް

ކަނޑުހުޅުދޫ ސުކޫލްގެ ދަރިވަރުންތަކެއް

ކުޑަކުދިންގެ ދުވަހު ގއ. ކަނޑުހުޅުދޫ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި ބަންޖެއް ކިއުމުގެ މައްސަލާގައި އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲ ވަޒީފާ އިން ވަކިކުރީ ޤާނޫނާއި ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

2017 ވަނަ އަހަރު މެއި މަހުގެ 11 ވަނަ ދުވަހު އެ ރަށުގެ ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު ބޭއްވި ހަރަކާތެއްގައި ބެލެނިވެރިޔަކު ކިޔާފައިވާ އެބަންޖާ ގުޅިގެން ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲ ގޭގައި މަޑުކުރަން އެޑިޔުކޭޝަނުން އެންގީ އެއް މަހުގެ މުއްދަތަށެވެ. އެއަށް ފަހު 22 ޖޫން 2017 ގައި އޭނާ ވަޒީފާ އިން ވަކިކޮށްފައިވެއެވެ.

Advertisement - newsAdvertisement

ވަޒީފާއިން ވަކިކުރި މައްސަލަ އަޝްރަފްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށައަޅާ އެދިފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތު މުސާރަ އާއި އެހެނިހެން އިނާޔަތްތައް ނަގައި ދިނުމަށެވެ.

މައްސަލަ ބެލުމަށް ފަހު އެ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ސަރުކާރުގެ އަގުވެއްޓޭ ގޮތަށް އަދި ޤާނޫނަށް ހުރުމަތްތެރިކޮށް ނުހިތުމަށް ބާރުލިބިދެވޭ ގޮތަށް ދަރިވަރުންނާއި ނުގުޅޭ ބަންޖެއް ކިޔުމަށް ބެލެނިވެރިންތަކެއް އުޅުމުން އެ ބަނދި ކިޔުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އަޝްރަފު އަބްދުﷲ އާ ހަވާލު ކޮށްފައިވާކަން ދައުވާ ރައްދުވާ ފަރާތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ. އަދި މީގެކުރިން އަޝްރަފު އެ ސުކޫލް ހިންގެވުމާއި ހަވާލުވެ ހުރި ދެ ފަހަރަކު ސުކޫލްގައި އެ ބަނދި ކިޔުވާފައިވާ ކަމަށް ބުނި ނަމަވެސް އެ ބަނދި ކިޔާފައި ވަނީ އަޝްރަފު އަބްދުﷲގެ ބެލުމުގެ ދަށުންކަމަށް ދައުވާ ރައްދުވާ ފަރާތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ އަޝްރަފު ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ސަސްޕެންޑްކުރި ތާރީހާއި، އަލުން ވަޒީފާ ހަމަޖެހޭ ތޭރީހާ ދެމެދުގެ މުއްދަތަށްވާ މުސާރާ އާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައި ވެއެވެ.

އެ ބަނދީގެ މައްސަލަ ބަލައި ދިނުމަށް 2017 ވަނަ އަހަރު އެޑިއުކޭޝަނަށް ހުށައެޅީ އެ ރަށު ކައުންސިލްގެ ފަރަތުން އެވެ. އެގޮތުން ކައުންސިލް އިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ "ބެލެނިވެރިންގެ ފަރާތުން ހުށަހެޅި އައިޓަމެއްގައި، ސަރުކާރަށާއި (ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން) މެޑަމް ފާތުމަތު އިބްރާހިމްއަށް ބަދުބަސްތައް ބުނެ ފާޑުކިޔާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2018

ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްގައި ޓީޗަރުން ހަމަވާނެ: އެޑިއުކޭޝަން މިނިސްޓަރު

10 ޖެނުއަރީ 2018
ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްގައި ޓީޗަރުން ހަމަވާނެ: އެޑިއުކޭޝަން މިނިސްޓަރު
08 ޖެނުއަރީ 2018

ކިޔެވުން ފެށެން 6 ދުވަސް. މިއަދު އެކަނިވެސް 5 ޕްރިންސިޕަލުންނާ17 ޓީޗަރުން ހޯދަން އިއުލާން ކޮށްފި

08 ޖެނުއަރީ 2018
ކިޔެވުން ފެށެން 6 ދުވަސް. މިއަދު އެކަނިވެސް 5 ޕްރިންސިޕަލުންނާ17 ޓީޗަރުން ހޯދަން އިއުލާން ކޮށްފި
07 ޖެނުއަރީ 2018

ގއ. ވިލިނގިލީ ޕްރީސްކޫލަށް ހަ ޓީޗަރުން ނެގުމުގައި ކޮރަޕްޝަން!

07 ޖެނުއަރީ 2018
ގއ. ވިލިނގިލީ ޕްރީސްކޫލަށް ހަ ޓީޗަރުން ނެގުމުގައި ކޮރަޕްޝަން!
04 ޖެނުއަރީ 2018

ކިޔެވުން ފެށޭއިރު ވެސް ޓީޗަރުން ހަމަ ނުވުމަކީ ސަރުކާރުގެ އިހްމާލެއް: އިދިކޮޅު ކޯލިޝަން

04 ޖެނުއަރީ 2018
ކިޔެވުން ފެށޭއިރު ވެސް ޓީޗަރުން ހަމަ ނުވުމަކީ ސަރުކާރުގެ އިހްމާލެއް: އިދިކޮޅު ކޯލިޝަން
03 ޖެނުއަރީ 2018

ހުވަދު އަތޮޅުގެ ބައެއް ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަނީ، ޓީޗަރުން އަދިވެސް ހަމަނުވޭ!

03 ޖެނުއަރީ 2018
ހުވަދު އަތޮޅުގެ ބައެއް ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަނީ، ޓީޗަރުން އަދިވެސް ހަމަނުވޭ!
05 އޮކްޓޯބަރު 2017

ޓީޗަރުން އުޅެންޖެހިފައިވަނީ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި: އެމްޑީޕީ

05 އޮކްޓޯބަރު 2017
ޓީޗަރުން އުޅެންޖެހިފައިވަނީ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި: އެމްޑީޕީ
30 މެއި 2017

ރިޕޯޓް ދިނުމާއި ހަމައަށް ކިޔަވައިދިނުމަށް އެންގުމުން ޓީޗަރުންގެ ކަންބޮޑުވުން

30 މެއި 2017
ރިޕޯޓް ދިނުމާއި ހަމައަށް ކިޔަވައިދިނުމަށް އެންގުމުން ޓީޗަރުންގެ ކަންބޮޑުވުން
17 މެއި 2017

ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ނަހަމަގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެ

17 މެއި 2017
ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ނަހަމަގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެ
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް