ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 13:41
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ޕީޕަލް މެގަޒިން
މަޖިލީހުގެ މެންބަރުން
މެންބަރުންގެ މުސާރަ ބޮޑުކުރާ މައްސަލައިގައި އަބްދުލް ރަހީމަށް ގިނަ ބައެއްގެ ފާޑުކިޔުން
150000ރ. އަށް މުސާރަ ބޮޑު ކުރާނެ ކަމަށް އަދުރޭ ވިދާޅުވި
އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަން އިއުލާނުކުރައްވާފައި

މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލެއްވުމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރުމަތިލައްވާނެ ކަން އިއުލާނު ކުރެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސްކަން ލިބިއްޖެ ކަމުގައިވާ ނަމަ މެންބަރުންގެ މުސާރަ 150000 އަށް ހަމަޖައްސަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުން އަބްދުއްރަހީމަށް އަމާޒުވި އިރު މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެކަމާ ގުޅިގެން ފާޑުވިދާޅުވެފައެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ ރައްޔިތުން ޕީޕީއެމް އަށް ނޫނެކޭ ބުނެފައި ވަނީ ތިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް މުސާރަ ބޮޑުކުރުމުގެ ބަދަލުގައި އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއަށް ހަރަދު ކުރުން ވެސް މާ ރަނގަޅު ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ވިދާޅުވީ، އަބްދުއްރަހީމް މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތި ނުލައްވާ ނަމަ ހުރިހާ މެންބަރުންގެ މުސާރަ ވެސް ދީފާނެ ކަމަށެވެ. އަދި މަޖިލީހުގެ މުސާރަ ބޮޑުކުރުމަށް ވުރެ އެގޮތް މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދަޅުވިއެވެ.

މެންބަރުންގެ އިތުރަށް އާންމުން ވެސް ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޓްވީޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ މަޖިލީހުގެ މެންބަރުން އަމިއްލައަށް ނިންމަން ޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލީހަށް ހޮވިވަޑައިގަތީ މަޖިލީހުގެ މެންބަރުންނަށް ވައުދުތަކެއްވެ، ރުހުން ހޯދުމަށް ނޫން ކަމަށާއި ދާއިރާގެ މެންބަރުން އެމަގާމަށް ހޮވާފައި ވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ މަޖިލީހުގެ ތެރެއިން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ގޮވާލެއްވިއެވެ.

އެހެން މީހަކު ބުނީ މަޖިލީހުގެ މުސާރަ އަދިވެސް ކުޑަވެގެން އުޅޭއިރު ރައްޔިތު މީހާއަށް ލިބެނީ 5000ރ. ކަމަށެވެ.

އެހެން މީހަކު ބުނީ މިއީ ބަހުސް ކުރަންޖެހޭ ވަރު ކަމެއް ވެސް ނޫން ކަމަށާއި މިކަން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި މިއީ މަޖިލީހުގެ މެންބަރެއްގެ ފަރާތުން ފެންނަ ހުތުރު މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.

ޓްވިޓާގައި ފާޑުކީ އެހެން މީހަކު ބުނީ، ރައްޔިތުން މަޖިލީހަށް ހޮވުމުން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދިނުމުގެ ބަދަލުގައި މަސައްކަތްކުރަނީ އަމިއްލަ ޖީބު ބޮޑު ކުރުމަށެވެ.

ފާޑުކިޔާފައިވާ އެހެން މީހަކު ބުނީ ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ފަހިވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން ވެސް އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަބްދުއްރަހީމަށް ވަރަށް ބޮޑަށް އަދި ހުތުރުކޮށް ފާޑުކިޔާފައެވެ. ބައެއް ފަރާތްތަކުން ވަނީ ބުނެފައި ވަނީ މެންބަރުންގެ މުސާރަ މެންބަރުން އަމިއްލަ އަށް ކަނޑައެޅުމުގެ ބާރު އޮތުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. 

އަބްދުލް ރަހީމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމަށް ކަނޑައެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޮކްޓޯބަރ 2018 | ބުރާސްފަތި 11:47
Open mind
This uneducated man Adhurey i's not fit enough to be even a sarudhaaru in a district park and he now thinks he can be the Majlis Raees. Shame on him to even think of it. ..worse is offering such an incredible raise to the members especially when the parliament members hold the highest salary in the government. This man has few screw's loose in the brain. The last 5 years the way he was behaving like a military fool was poison to the public. Man do a favour and get out of the public scenario. I recommend you go to a basic school and complete your primary education together with your pal Nihan. You guys are a huge shame to our Nation and to the educated people of the country. More bringing disgrace to the culture and the nature of the history of politicians who very gracefully led our nation in the previous years. Nice and short. Guys like you without a character no education even basic. .and disgraceful behaviour shame us all and the Islamic values as well. Just resign and delete yourself from our political scenario.