Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީލައިފްގެ މައްސަލަ

ފްލެޓް ދޭނަމޭ ބުނެ ސީލައިފް އިން ފައިސާ ނެގި މައްސަލަ އޭސީސީ އާއި ޕޮލިހަށް

24 އޮކްޓޯބަރު 2018 | ބުދަ 14:34

ސީލައިފްގެ ޑިރެކްޓަރުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 އޮކްޓޯބަރު 2018 | ބުދަ 14:34
މައްސަލަ ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލް މަރިޔަމް ޝުނާނާ

މައްސަލަ ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލް މަރިޔަމް ޝުނާނާ

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތްކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ އެމައްސަލަ ބަލައި ދިނުމަށް ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް މައްސަލަ ހުށަހަޅައިފިއެވެ އެމައްސަލަ ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލް މަރިޔަމް ޝުނާނާއެވެ. ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އިމާރާތްކުރަން ބުނި ފްލެޓްތައް އިމާރާތްކޮށްފައި ނުވާތީ އެކަމުން ގިނަ ބަޔަކަށް ވަނީ މާލީ ގޮތުން ގެއްލުން ލިބިފައެވެ. އެހެންކަމުން އެކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގަޔާއި ހިލޭ ވަކާލާތު ކޮށްދިނުމަށް ޝުނާނާ ވަނީ ނިންމާވާފައެވެ. ސީލައިފް އިން ހުޅުމާލޭގައި އަޅާ އެޕާޓްމަންޓު ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ ޝުނާނާ ވިދާޅުވީ، އެފައިސާ ނުލިބިގެން އެތައް ބަޔަކު އެބަތިބި ކަމަށާ، އެފައިސާ ހޯދުމަށްޓަކައި ސީލައިފް ގްލޯބަލްގެ އޮފީހަށް ދިޔައިރު އެތަން ވަނީ ބަންދުކޮށްފައި ކަމަށެވެ. އަދި ފޯނު ކޮށްގެނާއި އީމެއިލް ކޮށްގެންވެސް އެބޭފުޅުންގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ. ސިވިލް ކޯޓަށް އެމައްސަލަ ހުށަހެޅުމަށް ދިރާސާ ކުރިއިރު މިއީ ޖިނާއީ މައްސަލަ އެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، ސީލައިފްގެ ޑިރެކްޓަރުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން ފާހަގަކުރެވޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހުނަށް ރިފަންޑް ދިނުމަށް ވަކި މުއްދަތެއް ދިނުމަށްފަހު، ސީލައިފްގެ އޮފީސް ބަންދުކޮށްފައި ހުރުމަކީ ފައިސާ ނުދޭންވެގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

ޑައުންޕޭމަންޓް ފައިސާ ނެގި 147 މީހެއްގެ މައުލޫމާތު މިހާރު ވެސް އެބަހުރި ކަމަށާއި އެޕާޓްމަންޓް ގަތުމަށް ބައެއް މީހުންގެ އަތުން 1 މިލިއަން ރުފިޔާ ވެސް ނަގާފައިވާ ކަމަށާއި، އެކުންފުނީގެ 4 އެކައުންޓް ހުރިއިރު އެއިން އެއްވެސް އެކައުންޓެއްގައި އެފައިސާ ނެތް ކަމަށް ވެސް ޝުނާނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސީލައިފް މޯލްޑިވްސް އާއި ދުބާއީގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓާއި އޮފީސް ތަރައްގީ ކުރުމަށް 13މާޗް 2014ގައި ހައުސިންގ ޑިވެލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެނގިފައިވާ ގޮތުގައި ގިނަ ބަޔަކު ފައިސާ ނު ލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ އިރު ސީލައިފް ކުންފުނީގެ ވެރިޔާ އަހްމަދު މިހާރު އުޅުއްވަނީ ލައްކާގައެވެ.

ޝުނާނާ ވިދާޅުވީ ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ފައިސާ ނަގާފައިވާއިރު ޑައުންޕޭމަންޓް ނެގުމުގެ ހުއްދަ ލިބެނީ އިންވެސްޓްމަންޓް އެމައުންޓްގެ 20 ޕަސެންޓް ނިމުނީމަ ކަމަށާއި، އެހެން ނަމަވެސް ސީލައިފް އިން އަޅަން ބުނި އެޕާޓްމަންޓް ތަކުގެ 20 ޕަސެންޓް ވެސް ނިމިފައި ނުވާކަމަށެވެ. "ޑައުންޕޭމަންޓްގެ 20 ޕަސެންޓް ނެގިއިރު 20 ޕަސެންޓަށް އެޕާޓްމަންޓްތަކުގެ މަސައްކަތް ފުރިހަމަ ކޮށްފައިވޭތޯ އެޗްޑީސީން ބަލަންޖެހޭނެ. މަސައްކަތް ކުރިއަށްދޭތޯ އެޗްޑީސީން ބަލާފައި ނެތް. ސީލައިފް އިން ހިންގި އަޮޅުވާލުމުގައި އެޗްޑީސީ ވެސް ބައިވެރިވެފައިވާ ކަމަށް ގަބޫލުކުރެވޭ" ޝުނާނާ ވިދާޅުވިއެވެ.

ސީލައިފްއާ އެކު ހެދި އެގްރީމެންޓްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބިމެއްގައި 800 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ފްލެޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިރު މުޅި މަޝްރޫއުގެ ދިގުމިނަކީ ފަސް އަހަރެވެ. މިއަހަރު ނިމުމުގެ ކުރިން ފްލެޓްގެ މަސައްކަތް ނިންމައި ހަވާލު ކުރާނެ ކަމަށް ސީލައިފް އިން މީގެ ކުރިން ބުނެފައިވާ އިރު ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މާ ބޮޑު މަސައްކަތްތަކެއް ކުރަމަކުން ނުދެއެވެ.

ފްލެޓްތައް ލަސްވަމުން ދިއުމާއި އެޑްވާންސް ފައިސާ ވެސް އަނބުރާ ނުލިބި ގިނަ ބަޔަކު ޝަކުވާކުރަމުންދާ އިރު އެ ކުންފުންޏާ އެކު އެއްބަސްވުން ހެދި އެޗްޑީސީން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް