Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަންގަނާ ރަނާވަތު

ޕަންގާ ކުޅެން ކަންގަނާ 10 ކިލޯ ބަރު ކުރަނީ

ކަންގަނާ ދަނީ ކަބައްޑި ކުޅެން ފަރިތަ ކުރަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 އޮކްޓޯބަރު 2018 | ހޯމަ 07:12
ކަންގަނާ

ކަންގަނާ

ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "ޕަންގާ" ކުޅެން 10 ކިލޯ ބަރުކުރަން ނިންމައިފިއެވެ.

ކަންގަނާގެ ގާތް ފަރާތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އޭނާ "ޕަންގާ" ގައި ކުޅެނީ ކަބައްޑީ ރޯލެއް ކަމަށެވެ. ކަބައްޑީއަކީ އިންޑިއާގައި ކުޅޭ ކުޅިވަރަކަށް ކިޔާނަމެކެވެ.

ކަންގަނާގެ ގާތް މީހަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ 10 ކިލޯ ބަރު ކުރުމަށް މިހާރު އޭނާ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބަރުވުމަށް ކެއުން ކުރިއަށް ވުރެ އިތުރުކޮށް ބަރުވުމަށް ބޭނުންވާ ކެއުން ކާން ފަށާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން މިހާރު އޭނާއަށް ވަނީ ހައި ކެލޮރިން ޕްރޮޓިން ޑައިޓެއް ހަމަޖައްސައިފައި ކަމަށް އެމީހާ ވަނީ ބުނެފައެވެ.

އަދި ކަބައްޑީ ކުޅުމަށް އޭނާ ފަރިތަ ކުރަމުންދާ ކަމަށާއި މި ފިލްމުގައި ކަންގަނާ ފެނިގެންދާނީ ގައުމީ ފެންވަރުގައި ކަބައްޑީ ކުޅޭ މީހެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ޕަންގާ" އަކީ ރޭލީ ކީ ބަރްފީ ފިލްމުގެ ޑައިރެކްޓަރު އަޝްވިނީ އައިޔާ ތިވާރީ ޑައިރެކްޓް ކުރާ ފިލްމެކެވެ.

މި ފިލްމާއި ބެހޭ ގޮތުން ކަންގަނާ މީގެ ކުރިން ބުނެފައި ވަނީ މިއީ ވަރަށް ޗެލެންޖިން ފިލްމަކަށް ވާނެ ކަމަށާއި އޭނާ މިފިލްމަށް އާނ އެކޭ ބުނީ ސްކްރިޕްޓް ކިޔުމަށް ފަހު ކަމަށެވެ. އަދި އޭނާއަށް ފިލްމަކުން ކުޅިވަރެއް ކުޅޭ އަންހެނެއްގެ ރޯލު ލިބުން މީ ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ. މިއީ އޭނާގެ ހަޔާތާއި ގުޅިފައިވާ ފިލްމެއް ކަމަށާއި އޭނާ ހުރީ ފިލްމު ކުޅުމަށް ކެތްމަދުވެފައި ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ނިކުތް ސިމްރަން އިންނެވެ. އެ ފިލްމުގައި އޭނާ އަށް ވަނީ ސްކްރީން އެވޯޑްސްގެ އެންމެ މޮޅު އެކްޓްރެސް އަށް ނޮމިނޭޓް ވެސް ވެފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެންމެ ބަރު އަންހެނާގެ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

13 މާރިޗު 2017
އެންމެ ބަރު އަންހެނާގެ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކޮށްފި
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު