Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓުގެ ހުކުމް

އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް: ސުޕްރީމް ކޯޓު

އިންތިޚާބު ބާތިލް ނުވާނެކަމަށް ކަނޑައެޅީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2018 | އާދީއްތަ 14:55
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އާންމު ރައްޔިތުން އުފާފާޅުކުރަނީ

ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އާންމު ރައްޔިތުން އުފާފާޅުކުރަނީ

ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކޮށްފިއެވެ.

ރިޔާސީ އިންތިހާބު އެއްކޮން ބާތިލް ކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ނެރުނު ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ޝަރުއިއްޔަތު ގެއްލިފައިވާ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅަން ޖެހޭ ދުސްތޫރީ ސަބަބެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ދުސްތޫރީ އަސާސެއްވެސް ނެތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހުކުމް އިއްވުމުގެ ކުރިން ޝަރީއަތައް ފާހަގަ ކުރެވުނު ކަންކަން ވަނީ ޝަރީއަތުގައި ވިދާޅުވެ ދެއްވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ހުށައެޅި ކަންކަން އެގޮތަށް ހިނގި ކަމުގެ ހެއްކެއް މައްސަލަ ހުށައެޅި ފަރާތައް ދެއްކިފައި ނެތް ކަމަށެވެ. އަދި ވޯޓު އޮޅުވައިލި ކަމަށް ބުނާ ނަމަ އެކަމެއް ސާބިތުކޮށްދިނުމަކީ އެ ގޮތަށް ބުނާ ފަރާތުގެ ޒިންމާއެއްކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމިނަށް 96052 ވޯޓު ލިބިފައިވާ ކަމާއި އަދި އިބްރާހިމް މުހައްމަދު ސޯލިހަށް 134705 ވޯޓު ލިބިފައިވާ ކަމާއި އެ ދެ ބޭފުޅުންގެ ވޯޓު ފަރަގަކީ 38653 ވޯޓުކަން އެނގެން އޮންނައިރު އެ ނަތީޖާއަށް ބަދަލު އަންނަ ފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ދަލާލަތު ކޮށްދޭނެ ހަރުދަނާ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގައި ހުށައަޅައި ސާބިތުކޮށްދީފައި ނުވާތީ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެމްސެވަންއަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ރައީސް ޔާމިން ފާހަގަކުރެއްވި މައްސަލައާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ފާހަގަ ކޮށްފައިވަނީ އެމްސެވަން އިން ވޯޓު ކަރުދާހުގައި މަކަރު ހެދި ކަމާއި ނާޖައިޒު ފައިދާ ނެގިކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއް އަދި ގަރީނާއެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމަކީ ވޯޓު އޮޅުވާލަން ފުރުސަތު ދިން ކަމުގެ ދަލާލަތެއް ނޫން ކަމަށް ފަނޑިޔާރުންނަށް ފާހަގަ ކުރެވިފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްސެވަންއަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ދީފައިވަނީ ފިނޭންސް މިނިސްޓްރީގައި އެކަމުގެ ހުއްދައަށް އެދި ފޮނުވި ސިޓީއަކަށް ފަހު އެކަމަށް ހުއްދަ ދިނުމުން ކަމަށް އިލެކްޝަނުން ބުނެފައިވާކަން އެނގެން އޮންނަ ކަމަށާއި އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާނަމަ އެކަންކަމާ ބެހޭ އިދާރާތަކަށް ހުށައަޅައިގެން ތަހުގީގު ކުރަން ހުށައެޅުމަށް އެއްވެސް ހުރަހެއްވެސް ނެތް ކަމަށެވެ.

ވޯޓު ކަރުދާސް ބެހެއްޓި ސެކިއުރިޓީ ރޫމްގެ ސަލާމަތީ ކަންކަން ރަނގަޅަށް ބަލަހައްޓާފައިނުވާ ކަމަށް ބުނެ ފާހަގަ ކުރި މައްސަލައާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވޯޓުކަރުދާސްތައް ހުރިތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވޯޓު ކަރުދާސް އެއްތަނުން އަނެއް ތަނަށް ގެންދިޔައިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދިޔައީ ފުލުހުންނާއެކު އިލެކްޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު އެނޫން ގޮތަކަށް އެކަން ހިނގިކަން ފުލުހުންގެ ފަރާތުންވެސް ބުނެފައިނުވާ ކަމަށެވެ. އަދި ސެކިއުރީޓީ ރޫމްތެރޭގައި އެއްވެސް ކަމެއް ކޮށްފައިވާކަމުގެ ހެއްކެއް ހުށައަޅާފައި ނުވާކަންވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމުގެ އިތުރުން ފާހަގަ ފޮހެވޭ ކެމިކަލެއް ވޯޓު ކަރުދާހުގައި ބޭނުން ކޮށްގެން ވޯޓު އޮޅުވާލި ކަމަށް ތުހުމަތު ކޮށްފައިވާ އިރު، އެ ތަކެތި ބޭނުންކުރީ ވޯޓުލި ކޮން މަރުކަޒުތަކެއްގައިކަން މައްސަލަ ހުށައެޅި ފަރާތަށް ބުނެދެވިފައިނުވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގި ކަމުގެ ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނެތް އިރު، އަދި އެ ތުހުމަތުތަކަށް ކޮމިޝަނުން އިންކާރު ކުރާއިރު، އޭގެ އިދިކޮޅު ސާބިތު ނުވާހާ ހިނދަކު ބަލަން ޖެހޭނީ އެފަދަ ކަމެއް ހިނގާފައި ނުވާކަން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އަމިއްލަ ގަލަން ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ. މަރުކަޒުގައި ހުރި ގަލަމަކީ ދެލި ފުހެވޭ ގަލަމެއް ކަމަށް ތުހުމަތުކުރާއިރު އަމިއްލަ ގަލަމުން ވޯޓުލީ މީހުންގެ އަދަދާއި މަރުކަޒުގައި ހުރި ގަލަމުން ވޯޓުލީ މީހުންގެ އަދަދުވެސް ދައުވާކުރާ ފަރާތުން ހުށަހަޅާފައިނުވާކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ތުނޑުލީ އަނގޮޓި އާއި ދެލި ފުހެވޭ ގަލަމާއި ކެމިކަލް ބޭނުންކޮށްފައިވާ ވޯޓު ކަރުދާސް އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށް ހުކުމްގައިވެއެވެ. އަދި އަނގޮޓީގެ ޝަކުވާއެއްވެސް އެއްވެސް ވަރަކަށް ހުށަހަޅާފައި ނެތްކަން ހުކުމްގައި ފާހަގަކުރިއެވެ.

ވޯޓިން ބޫތު ބެހެއްޓި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލުނު ކަމަށް ބުނާއިރު އެފަދަ ކަންކަން ހިނގި ކަމުގެ ހެއްކެއްވެސް ހުށަހަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އަތްދަބަހާއި ފޯނު ވޯޓުލާ މަރުކަޒަށް ވެއްދި ކަމުގެ ޝަކުވާ ލިބުމުން އެ މައްސަލަ ބަލަމުންދާ ކަމަށް އިލެކްޝަނުން ބުނެފައިވާއިރު އެކަމަކީ ވޯޓު ކަރުދާސް އިތުރަށް ގެންގޮސްގެން ވޯޓު އޮޅުވާލި ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށާއި އެ ފަދަ ކަމެއް ކުރިކަމަށްވެސް މައްސަލަ ހުށައެޅި ފަރާތައް ބުނެދެވިފައިނުވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ޔޫވީ ލައިޓް ބޭނުންކޮށްގެން ވަކިވަކި ވޯޓު ކަރުދާހުގެ ސައްޚަކަން ބައެއް މަރުކަޒުތަކުގައި ބަލާފައިނުވާ ކަމަށް ބުނެފައިވާ މައްސަލައާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޔޫވީ ލައިޓް ބޭނުންކޮށްގެން ވަކިވަކި ވޯޓު ކަރުދާސް ޗެކްކުރުމަކީ ގާނޫނަކުން ލާޒިމް ކުރާ ކަމެއް ނޫން ކަމަށެވެ. އެކަމަކީ ވޯޓު ކަރުދާސް ކޮޅެއްގައި މައްސަލައެއް އުޅޭ ކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަން ކަށަވަރުކުރުމަށް ބޭނުންވާ އެއްޗެއް ކަމަށް އިލެކްޝަނުން ބުނެފައިވާއިރު ސައްޚަނޫން ވޯޓު ކަރުދާސް ކޮޅެއް ބޭނުން ކުރި ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަން ހުކުމްގައި ފާހަގަކުރިއެވެ.

މީގެ އިތުރުންވެސް ސެކިއުރިޓީ އުރަތަކުގެ ތެރެއިން ބައެއް އުރަތައް ކެނޑިފައިހުރި ކަމަށް މައްސަލަ ހުށައެޅި ފަރާތުން ބުނެފައިވާއިރު ވޯޓު ކަރުދާސްކޮޅު އަޅާފައިހުރި އެއްވެސް އުރައެއް ކެނޑިފައިނުވާނެކަމަށް އިލެކްޝަނުން ބުނެފައިވާ ބުނުން ދޮގުކުރެވޭނެ އެއްވެސް ކަމެއް މައްސަލަ ހުށައެޅި ފަރާތައް ދެއްކިފައިނުވާކަން ޝަރީއަތައް ފާހަގަ ކުރެއްވުނު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ވޯޓުލުމުގެ ހައްގު އެއްވެސް މީހަކަށް ގެއްލިފައިނުވާއިރު އެއްވެސް ވޯޓުލާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މިންވަރަށް ވުރެ އިތުރަށް ވޯޓުލާފައިވާކަންވެސް މައްސަލަ ހުށައެޅި ފަރާތައް ބުނެދެވިފައިނުވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ހުކުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓު ދޮރުމަތީގައި -- ފޮޓޯ: ރާއްޖެ.އެމްވީ

އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތައް ހުށައެޅުއްވި މި މައްސަލައިގެ ތެރެއަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫނު ތަދައްހުލްވެފައިވެއެވެ. އަދި އެ ފަރާތުން ވަނީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ އެއްވެސް ހަމައެއް ނެތް ކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު