ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 12:18
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބަކީ ސިޔާސީ ކަމެއް ނޫން، އެއީ ރައްޔިތުންގެ ހައްގެއް: މާރިޔާ
 
އެފަދަ ކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ކަމެއް ނޫން
 
ރައްޔިތުންގެ ހައްގު ދިފާއު ކުރުމަކީ ގައުމު ދިފާއު ކުރުން

އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރައްވާފައިވާ ޓްވީޓުގައި މިހެން ހާމަކޮށްފައިވަނީ ސިފައިން ރައްޔިތުންގެ ހުކުމް ދިފާއު ކުރާނެ ކަމަށް ބުނެ ލިޔުން ސިފައިންގެއަށް އެޅި ވާހަކަ މީޑިއާގައި ފެތުރުމާ ގުޅިގެން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ފޭސްބުކްގައި ލިޔުއްވާފައިވާ ސްޓޭޓަސްއާ ގުޅިގެންނެވެ.

މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެފައި ވަނީ ދިވެހި ސިފައިންނަނީ ގާނޫނު އަސާސީއާ ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާތަކެއް އުފުލަންޖެހޭ ބައެއް ކަމަށެވެ. ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލިވާން ޖެހޭ ބައެއް ކަމަށާއި ރިޔާސީ އިންތިހާބަށް ފަހު ވެސް މިއަދާ ހަމައަށް ވެސް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މާރިޔާ ވިދާޅުވީ އިންތިހާބަކީ ރައްޔިތުންގެ ހައްގު ކަމަށްވާއިރު އެއީ ރައްޔިތުންގެ ހުކުމް ދިފާއު ކުރުމަކީ ގައުމާ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް