Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ހުތުބާ

ދަރިންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ޤުރުއާން ކިޔެވުމަށް ބާރު އެޅަން ޖެހޭ: ޚުތުބާ

ފޮތުން ދަސްވާ ރީތި ޖުމްލަތަކާއި ކަލިމަތައް ފަށްފަށްކޮށް ދަސްކޮށް ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2018 | ހުކުރު 14:26
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން

ދަރީންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ކީރިތި ޤުރުއާން ކިޔެވުމަށް ބާރު އެޅުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ކިޔުން، އުނގެނުމުގެ ތަޅުދަނޑި" މިމައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ގޭގައި ދަރިންނާއެކު ފޮތް ކިޔުމުގެ ވަގުތުކޮޅެއް ހޭދަކުރަން އާދަ ކުރަންޖެހޭ ކަމަށާއި، ފޮތުން ދަސްވާ ރީތި ޖުމްލަތަކާއި ކަލިމަތައް ފަށްފަށްކޮށް ދަސްކޮށް ދޭން ޖެހޭ ކަމަށެވެ. އޭރުން އެކުދިންގެ މައުލޫމާތުގެ އުދަރެސް ފުޅައުވެ ވިސްނުން ތޫނުވެ ބަސްކޮށާރު މުއްސަންދިވާނެ ކަމަށާއި، ދަރީންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ކީރިތި ޤުރުއާން ކިޔެވުމަށް ބާރު އަޅަންޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement - newsAdvertisement

ޤުރުއާން ކިޔެވުމުގެ ސަބަބުން ދަރިންގެ ހިތް އަލިވުމަށް ރޫހާނީ ގޮތުން ބާރު ހޯދައިދޭކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އިސްލާމް ދީން ބާރުއަޅައި ދީން ހުއްދަ ކުރާ ތަފާތު ފޮތްތަކަށް ދަރީން އަހުލުވެރިކޮށް ފޮތް ކިޔުމަށް ވަގުތު ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ޒަމާނެއްގައި ވެސް އެންމެ ރަނގަޅު އެކުވެރިއަކީ ފޮތް ކަމަށެވެ.

ޚުތުބާގައި ބުނީ ލިޔުންތެރިކަމުގައި ކުރިއަރައި ދެވޭނީ ކިޔުންތެރިންނަށް ވެގެން ކަމަށާއި، ފޮތް ގިނައިން ކިޔާނަމަ ބަސްތެރިކަން ރީތިވެ ވިސްނުމާއި ފިކުރު ގުޅި ސީދާވެގެންދާނެ ކަމަށެވެ. ޚުތުބާގައި ބުނީ ދަރިންގެ ހިތްތަކުގައި އިންދަން ޖެހޭ އެންމެ މާތް އެއް އޮށަކީ ކިޔުމަށް ލޯބި ޖެއްސުން ކަމަށާއި، އިލްމުން ގަހަނާ އެޅިގެންވާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ އޭރުން ކަމަށެވެ. އަދި އެންމެ ގިނައިން ކިޔަން ޖެހޭނީ ކީރިތި ޤުރުއާން ކަމަށާއި، އެންމެ ފުރަތަމަ އުނގެނެން ޖެހޭނީ ހަމަ އެފޮތް ކަމަށެވެ.

ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނަގައިވޭ "ﷲގެ ފޮތުން އެކުރެއް ކިޔެވި މީހާއަށް ހެޔޮ ކަމެއް ކުރުމުގެ ސަވާބު ލިބިގެންވެއެވެ. ކޮންމެ ހެޔޮ ކަމަކަށް ދިހަ ސަވާބެވެ. އިލްމަކީ އަކީ އަކުރެއް ކަމަށް ތިމަންކަލޭގެފާނު ހަދީސް ނުކުރައްވާ ހުށީމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ"

ހުކުރު ޚުތުބާގައި ބުނީ ޤުރުއާން ދަސްކުރުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، މާތްﷲ އެކަމަށް ތައުފީގު ދެއްވި މީހާއަށް އެފެށުނީ މުޅިން އައު ހަޔާތެއް ކަމަށެވެ. އޭނާގެ ކުރީގެ ހަޔާތް މިއައު ހަޔާތާ އެއްގޮތެއް ނުވާނެކަމަށެވެ. އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ ހަޟާރާތެއް ދުނިޔޭގައި ގާއިމު ކުރެވުނީ ކީރިތި ޤުރުއާންގެ ސަބަބުން ކަމަށެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

21 އެޕްރީލު 2017
ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ
09 އެޕްރީލު 2017

މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި

09 އެޕްރީލު 2017
މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
03 އެޕްރީލު 2017

ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން

03 އެޕްރީލު 2017
ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން
03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު