Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ލަތީފް

ރަނޭ އިސްތިއުފާ ދެއްވުމުން ހިތާމަކުރަން: ލަތީބެ

18 އޮކްޓޯބަރު 2018 | ބުރާސްފަތި 12:41

ރަނޭ އިސްތިއުފާ ދެއްވުމުން ހައިރާންވި: ލަތީބެ

ލީވާން އަލީ
ލީވާން އަލީ | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 12:41
ވީއޭއެމްގެ ރައީސް ލަތީފް (ކ) އަދި ރަނޭ (ވ)

ވީއޭއެމްގެ ރައީސް ލަތީފް (ކ) އަދި ރަނޭ (ވ)

ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ ސީނިއާ ނައިބު ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމުން ހިތާމަކުރައްވާ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ލަތީބެ ވިދާޅުވީ، ރަނޭ އަކީ ވީއޭއެމް އަށް ވަރަށް ބޭނުންވާ މީހެއް ކަމަށާއި، އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ލަތީބެ ވިދާޅުވީ، ހަފްތާއަކު ފަސް ދުވަހު 10 ގަޑިއިރާއި، 12 ގަޑިއިރާ ދެމެދު ގައުމީ އެއާލައިންގައި މަސައްކަތް ކުރައްވަމުންވެސް ރަނޭ ވީއޭއެމް އަށް ކޮށްދެއްވި ހިދުމަތްތައް ބަލައިގަންނަ ކަމަށާއި، އެ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވޮލީއަށް ކޮންމެވެސް ގޮތަކުން ރަނޭ ހިދުމަތްކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ލަތީބެ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަނޭ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރަނޭ ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތް ކުރާނެ މާހައުލެއް ނެތުމާއި، ލީޑާޝިޕަށް ނުރަނގަޅު ނުފޫޒުތައް ވަދެފައިވާތީ ކަމަށެވެ.

އެހެންނަމަވެސް ލަތީބެ ވިދާޅުވީ ލީޑާޝިޕަށް އެއްވެސް ނުފޫޒެއް ވަދެފައިވާ ކަމުގެ މައްސަލައެއް އޭނާއާ ހިސާބަށް އައިސްފައިނުވާ ކަމަށާއި، ރަނޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން އެކަމާ ވަރަށް ހައިރާންވެފައި ހުންނެވި ކަމަށެވެ.

ވީއޭއެމްގެ ރައީސް ކަމަށް ލަތީބެ އިންތިހާބުވެވަޑައިގަތް ޓީމުގައި ހިމެނިގެން މަގާމުން ވަކިނުވެ މަސައްކަތުގައި ގިނަ ދުވަހު ހުންނެވީ ރަނޭ އެވެ. ރަނޭ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ހަޒާންދާރެއްގެ ގޮތުގައި ލަތީފްއާ އެކު މަސައްކަތް ފެއްޓެވި ނަމަވެސް، މިދިޔަ އަހަރުގެ މާޗް މަހުގައި ސީނިއާ ނައިބު ރައީސްގެ މަގާމަށް ވަނީ އައްޔަންކޮށްފައެވެ.

ގައުމީ ޓީމުގެ ކެޕްޓަން ވެސް ކޮށްފައިވާ ރަނޭ ވަނީ ދޯހާ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފައެވެ. ބީޗް ވޮލީކޮމިޝަންގެ ޗެއާމަން ކުރި ރަނޭ އަކީ ރާއްޖޭގެ އެންމެ މޮޅު ސެޓަރުގެ މަގާމް އެތައް ފަހަރު ހޯދުމުގެ އިތުރުން 2006 ވަނަ އަހަރު ވީއޭއެމް އިން ހޮވި އެންމެ މޮޅު ވޮލީބޯޅަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ. އަތޮޅު ތެރޭގެ ޓީމެއް ފުރަތަމަ ފަހަރަށް ގައުމީބޯޅަ ތަށި މިލްކުރި އިރު ހިޒް ކުލަބުގެ ސެޓަރަކީ ރަނޭ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި

28 ޑިސެމްބަރު 2017
ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި
21 ނޮވެމްބަރު 2017

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

21 ނޮވެމްބަރު 2017
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި
14 އޮކްޓޯބަރު 2017

ވޯލްޑްކަޕަށް ކޮލިފައިނުވުމުން އެމެރިކާ ކޯޗް އިސްތިއުފާދީފި

14 އޮކްޓޯބަރު 2017
ވޯލްޑްކަޕަށް ކޮލިފައިނުވުމުން އެމެރިކާ ކޯޗް އިސްތިއުފާދީފި
16 އޯގަސްޓު 2017

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

16 އޯގަސްޓު 2017
އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ
16 އޯގަސްޓު 2017

ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި

16 އޯގަސްޓު 2017
ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި
23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް