Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފައިންގ

ވޯލްޑްކަޕަށް ކޮލިފައިނުވުމުން އެމެރިކާ ކޯޗް އިސްތިއުފާދީފި

މިއީ 1986ވަނަ އަހަރުގެ ފަހުން އެމެރިކާ ވޯލްޑް ކަޕަށް ކޮލިފައިނުވާ ފުރަތަމަ ފަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 އޮކްޓޯބަރު 2017 | ހޮނިހިރު 01:55
އެމެރިކާގެ ޤައުމީ ފުޓުބޯޅަ ކޯޗްކަމުން އިސްތިއުފާ ދިން ބްރޫސް އެރީނާ

އެމެރިކާގެ ޤައުމީ ފުޓުބޯޅަ ކޯޗްކަމުން އިސްތިއުފާ ދިން ބްރޫސް އެރީނާ

1986ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެމެރިކާ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ ޒިންމާ ނަގައި، ކޯޗް ބްރޫސް އެރީނާ ކޯޗުކަމުން އިސްތިއުފާދީފިއެވެ.

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕްގެ ފުރުސަތު އެމެރިކާއަށް ގެއްލުނީ މިދިޔަ އަންގާރަ ދުވަހު ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން 2 – 1 އިން އެމެރިކާ ބަލިވުމުންނެވެ. އެރީނާ ބުނީ މެޗުން ބަލިވެ، ވޯލްޑް ކަޕުން އެމެރިކާ ކެޓުމުގެ ޒިންމާ ނަގާކަމަށެވެ.

އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމާއި އެރީނާ، 66 ހަވާލުވީ ކޯޗުކަމުގައި ކުރިން ހުރި ޖަރގަން ކްލިންސްމަން ވަކިކުރުމާއި ގުޅިގެންނެވެ. އޭރު އެމެރިކާ އޮތީ ކޮލިފައިން ގްރޫޕްގެ އެންމެ ފުލުގައެވެ. އަދި އެލްއޭ ގެލެކްސީއަސް ކޯޗްކޮށްދެމުން އައި އެރީނާ އެމެރިކާގެ ޤައުމީ ޓީމާއި ހަވާލުވެ، ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިވުމުގެ އުއްމީދު އައުކޮށްދިނެވެ. އެމެރިކާ ޓްރިނިޑާޑް އަތުން ބަލިވެ ކޮލިފައިންގައި ކެޓިއިރު، ޓްރިނިޑާޑް މޮޅުވެފައިވާ އޭގެ ކުރިން ކުޅުނު 9 މެޗުގެ ތެރެއިން އެންމެ މެޗަކުންނެވެ.

މިއީ އެރީނާ އެމެރިކާއަށް ކޯޗްކޮށްދިން 2ވަނަ ފަހަރެވެ. މީގެ ކުރިން 2002ވަނަ އަހަރު ވޯލްޑް ކަޕްގައި ކުއާރޓަރ ފައިނަލާއި ހަމަޔަށް އެމެރިކާ ގެންގޮސްދިނީ އެރީނާއެވެ.

އެލްއޭ ގެލެކްސީއާއި ޑީސީ ޔުނައިޓެޑްގެ ކޯޗްކަމުގައި ހުރެ އެރީނާވަނީ އެމެރިކާގެ ފުޓުބޯޅަ ލީގުކަމަށްވާ މޭޖަރ ލީގް ސޮކަރ 5 ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
02 ސެޕްޓެމްބަރު 2017

މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ

02 ސެޕްޓެމްބަރު 2017
މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ
16 އޯގަސްޓު 2017

ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި

16 އޯގަސްޓު 2017
ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި
05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު