ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 13:05
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީންގެ ސަރުކާރު
އަޅުގަނޑަށް ދަސްނުވީ މީހުންގެ ވިސްނުމަށް އަންނަ ބަދަލު: ރައީސް ޔާމީން
ގައުމަށް ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށް ގަބޫލު ކުރަން

ވެރިކަމުގައި ހޭދަކުރި ދުވަސްތަކުގައި ދަސްނުވިކަމަކީ މީހުންގެ ވިސްނުމަށް އަންނަ ބަދަލުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ވެރިކަމުގައި އަޅުގަނޑަށް ނުވިސްނުނު ކަމަކީ މީހުންގެ ވިސްނުމަށް އަންނަ ބަދަލު ކަމަށެވެ. ވިސްނުން ބަދަލުވަމުންދަނީ ކޮން ކަހަލަ ނުފޫޒެއްގެ ތެރެއިން އަންނަ ކަމެއް ކަމެއް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމާއި އެގޮތުން ސިއްހީ ދާއިރާ އިންނާއި އިގްތިސާދީ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ކުޑަކުޑަ ގައުމަށް އެންމެ މުހިއްމު ވާނީ ގައުމުގެ އަމާންކަން ދެމެހެއްޓުން ކަމަށާއި ގައުމުގެ މުޅި ސިޔާސަތު ބައްޓަންކޮށްފައި ވަނީ ގައުމުގެ ސަލާމަތާއި އަމާން ކަމަށެވެ.

ހުރިހާ ދިމާލަކުން ފެނިގެންދަނީ ގައުމީ މަސްލަހަތު ހަވާސާގައި ބާއްވައިގެން އަމިއްލަ އެދުން އިސްކުރާ މަންޒަރު ކަމަށާއި ފިޔަވަޅު އަޅަމުންދަނީ އޮންނަ އުސޫލުތަކާއި ގާނޫނާއި ގަވާއިދުގެ ތެެރެއިން ކަަމަށެވެ. 

ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވީ އިންސާފު ގާއިމް ކުރުމަށް ކަމަށާއި ހުރިހާ މަރުހަލާއެއްގައި ވެސް އަމަލުކޮށްފައި ވަނީ އުސޫލުގެ ތެރެއިން ކަމަށެެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 11:48
ޕާރާ
މަނިކުފާނުނުންތޯ ވިދާޅުވީ ރަތްޔިތުންނަށް ހޭއަރާވަރުގެ އަފިހުނެއް ދެއްވާވާހަކަ؟ އެހެންވީމާ ވިސްނުންވެސް ބަދަލްވާނެނުންތޯ؟
17 އޮކްޓޯބަރ 2018 | ބުދަ 09:30
މޫސާ
ވާހަކަދެއްކުމުގައި އެހެރަ ތެދުވެރިކަމެއްދެއްތޯ؟ މިގައުމުގައި ކޮރަޕްށަނާ ފަސާދަނޫނީ ނެތޭ އަމާން ކަންއޮތް މިންވަރު ފެންނަނީ ވަޅިން ކަތިލެވުނު މީހުންގެ އަދަދުން އިންސާފު ފެންނަނީ ސުޕްރީމް ކޯޓުގެ ގާޒީން ނާއި އުއްތަމަ ފަޑިޔާރުއެއިން ނެވި ގޮޅީން ރައްޔިތުން ތިބިހާލު ފެންނާނީ ކުދި ވިޔަފާރިތަކާ މެދިފަންތީ ގެ ވިޔަފާރިވެރިން ގެ ކަރުނައިން އަގަޔާ އަތާ ދިމާވަނީ ކިރިޔާ މުޅިގައުމު ފުޑާލައިފި ރައްޔިތިން ހާލުޖައްސައިފި އޭ މިހެރަ ގަމާރާ މިވަރުންވެސް ނުފުދިގެން ތިއުޅެނީ ކިހިނެއްވެގެންތަ؟
17 އޮކްޓޯބަރ 2018 | ބުދަ 08:41
އެޑަމް
އެހެންވީއިރު ރަނގަޅަށް ފޮތް ކިޔާށެވެ. ވޭތުވެ ދިޔަ އެއްވެސް ޒަމާނެއްގައި މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ، އެމީހުންގެ ހައްޤުތަކަށް އަރައިގަނެ، އެތަކެތި ހިތުހުރި ގޮތަކަށް ބައިއަޅާ ހުސްކުރާ ވެރިއަކަށް މީސްތަކުން ތާއީދުކޮށްފައި ނުވާކަން ދުނިޔޭގެ ތާރީޚް ހެކި ދޭނެއެވެ