ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 11:56
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
ނަޝީދު ސައުދީ އަށް ވަޑައިގަތުން
ރައީސް ނަޝީދު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސައުދީއަށް ވަޑައިގެންނެވީ 15 އޮކްޓޫބަރުގައި
އެނބުރި ލަންޑަނަށް ވަޑައިގަތީ 17 އޮކްޓޫބަރުގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ ކުރީގެ ފޮރިންގ މިނިސްޓަރު އަހުމަދު ނަސީމު ވެސް ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ލަންޑަނަށް އެނބުރި ވަޑައިގެންނެނީ ބުދަ ދުވަހުގެ ހެނދުނު 06:05 ގައެވެ.

މި ދަތުރުފުޅުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ވެސް ބައްދަލުކުރައްވާނެ ކަމަށް ކުރިން ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް ދަތުރުގެ ތަފްސީލުތަކެއް މިހާތަނަކަށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދު ސައުދީ އަށް ވަޑައިގެންފައި މި ވަނީ ތުރުކީގައި ހުންނަ ސައުދީގެ އެމްބަސީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައިވާ ކަމަށް އަޑު ފެތުރި ސައުދީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެ ފިޔަވަޅު އަޅާނެ ކަމަށް ގައުމުތަކުން އިންޒާރު ދެމުން ގެންދާ ދަނޑިވަޅެއްގައެވެ. ނޫސްވެރިންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ރައީސް ނަޝީދު މިކަމާ ބެހޭ ގޮތުން މިހަތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ސައުދީ އަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު ދަނީ އެމަނިކުފަނަށް ވެސް ފާޑު ވިދާޅުވަމުންނެވެ. 

 ރައީސް ނަޝީދު ސައުދީއަށް ވަޑައިގެންނެވި އިރު ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ސައުދީން ވަނީ މަރުހަބާ ދަންނަވާފައެވެ.

އިންތިހާބްގެ ނަތީޖާ އިއުލާން ކުރިތާ ގިނަ އިރުތަކެއް ނުވެ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ވަނީ ސައުދީއަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 އޮކްޓޯބަރ 2018 | ބުދަ 08:30
ގުނބޯ
އަންނި ސަޢުދީއަރަބިއްޔާއަް ގެންދިޔައީ ޔާމީނު ރަސްގެފާނަށް އާދޭސްކޮށްގެން ޔާމީނަށް ފިޔަވަޅު ނޭޅުމަށް އެދި އާދޭސްކުރަންވެގެން އެކަމަކު އެކަމެއްނުވާނެ ނަޝީދަކަށް އެކަމެއްނުކުރެވޭނެ ޤާނޫނާ ޚިލާފަށް ކަންކުރާ މީހުނަށް ޤާނޫނު އަރާ ހަމަކުރާނެ
17 އޮކްޓޯބަރ 2018 | ބުދަ 07:28
އަޙްމަދު ހަސަން
ދިވެހިރާއްޖޭގައި ހުރި އެންބޮޑު "ޓެރަރިސްޓް" އަށް ދުނިޔޭގެ ރަސްކަލަކު ދައުވަތު ދެއްވައިގެން ގެންދެވީ ކީއްވެބާ! ރައީސް ނަޝީދު އަކީ ދުނިޔަބަލައިގަންނަ އަގުހުރި ލީޑަރެއްކަން ގަބޫލުކުރަން އެބަޖެހޭ. ޒާތީ ހަސަދައިން އެއްކިބާވޭ!