Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަވާހަކަ

ހިތް މޭގަ ރޯލީ އެހާ...

"ކީކޭ؟" އަޔާން ނުޒޭރުއަށް ބަލައިލަމުން ޖަވާބުދިނެވެ. ނުޒޭރުވެސް ޝަޒީނާމެންނާއި ދިމާލަށް ބަލައިލިއެވެ.

| 17 އޮކްޓޯބަރު 2018 | ބުދަ 05:54
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޖަލްސާ އިސްލަމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ކުރިޔައް ދިޔައެވެ. އެ ޖަލްސާއަށް ސަރުކާރުގެ މަތީ ވަޒީފާތަކުގައި އުޅޭ އިސް ބޭފުޅުންނާއި މާލޭގެ މަދުރާސަތުގެ މުދައްރިސުންނާއި އިސްދަރިވަރުން ހާޒިރުވެ ތިއްބެވެ. މިރޭގެ މައުޟޫއަކީ ތައުލީމުގެ މުހިއްމުކަމެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލައﷲ އަލައިހި ވަސައްލަމް ޒަމާނުގައި ތައުލީމް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅާއި ބެހޭ ގޮތުން ވާހަކަ ދެއްކެވުމެވެ.

ޖަލްސާ ނިމުމުން ޖަލްސާ އަށް ހާޒިރުވެތިއްބެވި އެންމެހާ ބޭފުޅުން މަޑުމަޑުން ޖަލްސާކުރާ ހޯލުން ބޭރަށް ނިކުންނަމުން ދިޔައެވެ. މަދުރަސާތަކުގެ ދަރިވަރުން ވެސް އެ ބޭފުޅުންގެ ފަހަތްޕުޅުން މަޑުމަޑުން ބޭރަށް ނިކުންނަމުން ދިޔައެވެ. ކުދިންތަކުގެ ތެރޭގައި ހުރި ޝަޒީނާގެ ގައިގައި ކުއްޖަކު ޖެހިފައި ޝަޒީނާގެ އަތުގައި އޮތް ފޮތް ކާޕެޓް މައްޗަށް ވެއްޓުނެވެ.

"މަފުކުރޭ..." ކުރިމަތީގައި ހުރި ކުއްޖާ ޝަޒީނާ އަށް ބުންޏެވެ. ޝަޒީނާ ހަމައެކަނި ހިނިތުންވެލިއެވެ. ތިރިވެލައިފައި ކާޕެޓްމަތީގައި އޮތް ފޮތްނަގައި ފުހެލިއެވެ.

"ޝަޒީ ކިހިނެއްވީ؟ " ޝަޒީނާގެ ފަހަތުގައި ހުރި އެކުވެރި އާފިޔާ އަހައިލިއެވެ. ޝަޒީނާ ޖަވާބުދިނުމުގެ ބަދަލުގައި ކަމެއް ނުވާކަމަށް ބުނާ ކަހަލަ ގޮތަކަށް ދެފަރާތައް ބޯހޫރަލިއެވެ.

"ގަޑިން ކިހާއިރެއްވީ؟" ޝަޒީނާ އާފިޔާކުރެން އަހައިލިއެވެ.

"ނޭނގެ، 10.40 ވާން އުޅޭނެ ކަންނޭގެ،" އާފިޔާ ޝަޒީނާ އަށް ޖަވާބުދިނެވެ. ހޯލުން ބޭރަށް ނިކުމެ ތާޒާ ވައި ރޯޅިޖެހޭ ހިސަބުގައި އާފިޔާ އާއި ޝަޒީނާ މަޑުކޮށްލިއެވެ. ޖެހިލި ފިނި ވައިރޯޅި އާއި އެކީގައި ނޭއްސޭރަވުގެ ކުދި އިސްތަށިތައް ޝަޒީނާ އާއި ސަމާސާކުރަން ފެށިއެވެ. އެއްއަތުން ޝަޒީނާ އިސްތަށިތައް އެއް ފަރާތް ކުރަމުން އަނެއް އަތުން ފޮތް ހިފަހައްޓައިގެން އަދި ވަޔާއިއެކު ހިއްލިހިއްލި އޮތް ޔުނީފޯމްގެ ތިރި މަތަކުރަމުން ދިޔައެވެ. އާފިޔާގެ ހާލަކީވެސް އަހަމަ އެއީއެވެ. ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިބި ކުދިންގެ ތެރޭގައި ހުރި އަޔާންގެ ނަޒަރު ޝަޒީނާ އަށް ހުއްޓުނެވެ. ޝަޒީނާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއި އެކީގައި އަޔާން ބަލަމުން ދިޔައެވެ.

"އަޔާން ކޯޗަކަށް ގެއްލިފައި؟" އެކުވެރި ނުޒޭރު އަހައިލިއެވެ.

"ކީކޭ؟" އަޔާން ނުޒޭރުއަށް ބަލައިލަމުން ޖަވާބުދިނެވެ. ނުޒޭރުވެސް ޝަޒީނާމެންނާއި ދިމާލަށް ބަލައިލިއެވެ.

"ރީތި ކުދިންކޮޅެއްދޯ އަޔާން؟.. ކޮންމެ ޖަލްސާއަކަށް ވެސް އެ ދެކުދިން އާދޭ. ވަކިން އެކުދިން ތިބެނީވެސް..."ނުޒޭރު ބުންޏެވެ.

"އަޔާން ހިނގާ ބަލަ އެ ކުދިންނާ ކުޑަކޮށް ވާހަކަ ދައްކާ ރައްޓެހިވެލަން،" ނުޒޭރު ބުންޏެވެ.

"ނޫން. ކަމަކުނުދާނެ. އެކުދިންނަށް އަހަރެން އެނގޭނެ. ދާން ހަނދާނެ ކަމެއް ނެތް،" އަޔާން މަޑުމަޑުން ބުންނެވެ.

"ދަންނަމޭ. ކިހިނެއް؟ މިތަނަން އައިސް އައިސް ތަ؟" ނުޒޭރު އަހައިލިއެވެ.

"ނޫން، އެ ދެ ކުދިންނަކީ އަހަރެން ގޭ ކައިރި ދެ ކުދިން. އެތަނުގައި ދޮންކޮށް އިސްތަށިގަޑު ދިގުކޮށް އެހެރީ ޝަޒީނާ، އޭނަގެ ބޭބެ މުހައްމަދު އާއި ނުލާހިކު ރައްޓެހިވާނެ. އޭނަގެ ކައިރިން ފިރިހެން ކުއްޖަކު ދިޔަ ޔަސް ނިމުނީ މުހައްމަދު އެ ކުޖެއްގެ ދުވަސްދުއްވާލާނެ،" އަޔާން ޝަޒީނާ އަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

ނުނިމޭ

އިތުރަށް ކިޔާލަން

16 މެއި 2018

ހިތް މޭގަ ރޯލީ އެހާ...

16 މެއި 2018
ހިތް މޭގަ ރޯލީ އެހާ...
15 މެއި 2018

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....
15 މެއި 2018

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....
15 މެއި 2018

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު