Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
ރޯދަ ކުރުކުރުން

ހިތް މޭގަ ރޯލީ އެހާ...

"އެތާގައި ހުރި ޝަޒީނާގެ ރައްޓެހި ކުއްޖާ ނައީމަތަ މާމަޑުމަޑުން ތިހިރީ؟" ރަޝީދު އަހައިލިއެވެ.

ރާއްޖެ އެމްވީ | 16 މެއި 2018 | ބުދަ 04:49
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ތިން ވަނަ ބައި

"އޭނައާއި އެކީގައިތޯ ދަނީ ބަލަން ފަހަތުންވެސް އަހަރެން ދާނަން..." ހީގަންނަމުން ނުޒޭރު ބުންޏެވެ. އަޔާން ހީލަމުން ދެފަރާތަށް ބޯހޫރާލަމުން ކުރިޔަށް ދިޔައެވެ. އަޔާން އިސްލާމީ މަރުކަޒުން ބޭރަށް ނިކުތްއިރު ޝަޒީނާމެން ޗާންދަނީމަގާއި ދިމާލަށް މަޑުމަޑުން ހިނގާލާފައި ދިޔައެވެ. ރަޝީދު އާއި އާފިޔާ ދިޔައީ އޮލަ ވާހަކައިގައެވެ. އެއިން އެއްވެސް ވާހަކަ އަކަށް ޝަޒީނާގެ ޝައުގުވެރިކަމެއް ނެތެވެ. މިރޭ އިސްލާމީ މަރުކަޒުގެ ގ÷ޯތިތެރޭގައި ހިނގާ އެދިޔަ ހާދިސާ އިރުއިރުކޮޅާ ޝަޒީނާގެ ސިކުޑިހާސްކުރުވަމުން ދިޔައެވެ. އަޔާން އެވަގުތު ކުރިމައްޗަށް ނޭރިނަމަ ޝަޒީނާ އެގަތް ލަދަށް ވުރެން ބޮޑަށް ލަދު ގަންނަން ޖެހޭނެކަން ޝަޒީނާ އަށް އެނގެއެެވެ. އަޔާން އަށް ޝުކުރުއަދާކޮށްނުލާ އާދެވުނީތީ ޝަޒީނާ ދެރަވިއެވެ. އަފިޔާ އާއި ރަޝީދު ސްކޫލްތެރޭގައި ދިމާވި މަޖާކަންތަކާއި ޓީޗަރުންގެ ވާހަކަ ދައްކަމުން ކުރިޔަށް ދިޔައެވެ. ޝަޒީނާ ހިމޭނުން އެއްވެސް އެއްޗެއް ނުބުނެ ދާތީވެ ރަޝީދު އާފިޔަ ކުރެން، ޝަޒީނާ މަޑުމަޑުން އެހެރީ ކީވެގެންތޯ ސުވާލުކޮށްލިއެވެ. ވީގޮތެއް ނޭނގޭ ކަމަށް ބުނެ އާފިޔާ ވެސް ޝަޒީނާ އަށް ބަލައިލިއެވެ. ހިޔާލަކަށް ގެއްލިފައި ހުރެގެން ދާކަހަލަ ގޮތަކަށް ޝަޒީނާ ކުރިޔަށް ދިޔައެވެ.

"ޝަޒީ؟ ކިހިނެއްވެފައި ތިހިރީ؟" އާފިޔާ ޝަޒީނާ އާއި ސުވާލުކޮށްލިއެވެ. ޝަޒީނާ އާފިޔާ އަށް ބަލައިލިއެވެ. އަދި ހީލިއެވެ.

"ކަމެއްނުވޭ..." ޝަޒީނާގެ ޖަވާބު ކުރެވެ.

" ރަޝީދު އަހަރެންވެސް ދާނީ ގެޔަށް އައިސްކުރީމް ބޯނީ އެހެން އިރަކުން." އާފިޔާ ރަޝީދު އަށް ބުންޏެވެ.

"ނޫނޭ އާފިޔާ އެހެން ނުހަދާ... އަހަރެން ނުދިޔައޭ ކިޔާފައި ސުކޫޕް ކެންސަލް ނުކުރޭ....އަހަރެން އަވަހަށް ގެޔަށް ދާންޖެހޭތީ މިދަނީ...،" ޝަޒީނާ ބުންޏެވެ.

"ދޮގުނުހަދާ ވާހަކަ އެއްބުނެބަލަ..." ރަޝީދު ޝަޒީނާ އާއި ސީރިޔަސް ރާގެއްގައި ސުވާލުކޮށްލިއެވެ. ޝަޒީނާ އާފިޔާ އަށް ބަލައިލިއެވެ. މޫނުމަތިން ހާސްކަން ފާޅުވާން ފެށިއެވެ. ރަޝީދު ކުރަން އެއުޅެނީ އަނެއްކާ ކޮން ސުވާލެއް ބާއޭ ޝަޒީނާގެ ހިތަށް އެރިއެވެ. "ކިހިނެއްވީ އަނެއްކާ ހާދަ ހާސްތިވީ އަހަރެން ޝަޒީނާ އަށް ޖަވާބު ނުދެވޭވަރުގެ ސުވާލެއްނުކުރާނަން..." ހީލަމުން ރަޝީދު ބުންޏެވެ.

"އެތާގައި ހުރި ޝަޒީނާގެ ރައްޓެހި ކުއްޖާ ނައީމަތަ މާމަޑުމަޑުން ތިހިރީ؟" ރަޝީދު އަހައިލިއެވެ. ޝަޒީނާ ހައިރާންވިއެވެ. އާފިޔާ އާއި ޝަޒީނާ އެކަކު އަނެކަކަށް ބަލައިލިއެވެ. " އެހާ ކަންބޮޑުނުވޭ.... އެސޮރު އަހަރުމެންގެ ފަހަތުން އެބަ އާދޭ..." ސިއްރު ސިއްރުން ރަޝީދު ބުނެލިއެވެ. ޝަޒީނާ އެއްވެސް ޖަވާބެއް ދިނުމެއް ނެތި ކުރިޔަށް ހިނގަމުން ދިޔައެވެ. އާފިޔަވެސް ރަޝީދު އެބުނި އެއްޗަކަށް ވިސްނަމުން ހިމޭންކަމާއި އެކީގައި ކުރިޔަށްދިޔައެވެ. ރަޝީދު ހުއްޓުމެއްނެތި ވާހަކަ ދައްކަމުން ހެމުން ޝަޒީނާ އާއި ދިމާކުރަމުން ގޮސް ސްކޫޕްއާއި އަރާހަމަވުމުން މަޑުކޮށްލިއެވެ. " ޝަޒީ ބެސްޓްއޮފްލަކް....ދެކުދިންނަށް ފުރުސަތު މިދެނީ.... އާފިޔާ ސަލާމަތުން ގެޔަށް ގެންގޮސް ލާނަންއޯކޭ..." ރަޝީދު ސަމާސާ ރާގެއްގައި ބުންނެވެ. ޝަޒީނާ ހަމައެކަނި ހީލިއެވެ.

"ދަނީ ޝަޒީ... މަންމަ އަހަރެން ކޮބައިތޯ އަހައިފިއްޔާ ކީކޭ ބުނާނީ..." އާފިޔާ އަހައިލިއެވެ.

"ސްކޫޕަށްވަން ވާހަކަ ބުނާނަން..." ހީލަމުން ޝަޒީނާ ބުންޏެވެ. އާފިޔާ ވެސް ހީލިއެވެ. އެމީހުން ސްކޫޕަށް ވަނުމުން ޝަޒީނާ މަޖީދީމަގާއި ދިމާއަށް ހިނގައިގެތެވެ. ފަހަތުގައި އަޔާން ހުރިކަން ޝަޒީނާ އަށް އެނގުމުންވެސް ފަސްއެނބުރި ބަލައެއް ނުލައެވެ. އެތައް ފަހަރަކު ޝަޒީނާގެ ހިތް ފަސްއެނބުރި ބަލައިލުމަށް އެނދެމުން ދިޔައެވެ. މަޑުމަޑުން ކުރިޔަށް ޝަޒީނާ ހިނގަމުން ދިޔައެވެ. އިރުއިރުކޮޅާ އުނޑުމަޗަށްބަލައިލައެވެ. އުޑުމަތި ބަނަވެ ވިއްސާރަވިލާތައް ތޮއްޖެހެމުން ދިޔައެވެ. ފައިރޯޅީގެ ފިނިކަމާއެކު ޝަޒީނާ ކުރިޔަށްވުރެންވެސް ބޮޑަށް ފިނިވެ ހީކަރުވާ ގޮތް ވިއެވެ. އަތުގައި އޮތް ފޮތް މެޔާލައި ބޮނޑިކޮށްލަމުން ކުރިޔަށްދިޔައެވެ. ފަހަތުގައި ހުރި އަޔާންގެ ހިނގުން ބާރުވެ ހިނދުކޮޅެއްގެތެރޭގައި ޝަޒީނާއާ އަރައި ހަމަކުރިއެވެ. ޝަޒީނާ އަޔާން އަށް ބަލައިލިއެވެ. އަޔާން ވެސް ޝަޒީނާ އަށް ބަލައިލިއެވެ.

" ތެންކިއޫ..." ޝަޒީނާ ހިތްވަރުކޮށްލައިފައި އަޔާން އަށް ބުންޏެވެ.

" ތެންކިއު ކޮންކަމަކަށް؟" އަޔާން އަހައިލިއެވެ.

" މިރޭ އެތަނުން..." ލަދުންހުރެ ޝަޒީނާ ބުނަން އުޅުނެވެ. އަޔާން ހިނގުން ހުއްޓައިލިއެވެ. ކުއްލިޔަކަށް ޝަޒީނާގެ ހިނގުންވެސް ހުއްޓުނެވެ. އަދި އަޔާން އަށް ބަަލައިލިއެވެ. އަޔާން ހީލިއެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

17 އޮކްޓޯބަރު 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު