Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
ރޯދަ ކުރުކުރުން

ހިތް މޭގަ ރޯލީ އެހާ....

ޖެހިލި ފިނި ވައިރޯޅިއާއި އެކީގައި ނޭއްސޭރަވުގެ ކުދި އިސްތަށިތައް ޝަޒީނާ އާއި ސަމާސާކުރަން ފެށިއެވެ.

ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 13:27
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ރަމްޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޖަލްސާ އިސްލަމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ކުރިޔަށް ދިޔައެވެ. އެ ޖަލްސާއަށް ސަރުކާރުގެ މަތީ ވަޒީފާތަކުގައި އުޅޭ އިސް ބޭފުޅުންނާއި މާލޭގެ މަދުރާސަތުގެ މުދައްރިސުންނާއި އިސްދަރިވަރުން ހާޒިރުވެ ތިއްބެވެ. މިރޭގެ މައުޟޫއަކީ ތައުލީމުގެ މުހިއްމުކަން، އަދި ކީތިރަސޫލާ މުހައްމަދު ސައްލައްލާހު އަލައިހި ވަސައްލަމްގެ ޒަމާނުގައި ތައުލީމް ކުރިއެރުވުމަށް ކުރެއްވި މަސައްކަތް ޕުޅެވެ.

ޖަލްސާ ނިމުމުން ޖަލްސާ އަށް ހާޒިރުވެތިބެވި އެންމެހާ ބޭފުޅުން މަޑުމަޑުން ހޯލްއިން ބޭރަށް ނިކުންނަމުން ދިޔައެވެ. މަދުރަސާތަކުގެ ދަރިވަރުން ވެސް މަޑުމަޑުން ބޭރަށް ނިކުންނަމުން ދިޔައެވެ. ކުދިންތަކުގެ ތެރޭގައި ހުރި ޝަޒީނާގެ ގައިގައި ކުއްޖަކު ޖެހިފައި ޝަޒީނާގެ އަތުގައި އޮތް ފޮތް ކާޕެޓްމައްޗަށް ވެއްޓުނެވެ.

" މާފުކުރޭ...." ކުރިމަތީގައި ހުރި ކުއްޖާ ޝަޒީނާ އަށް ބުންޏެވެ. ޝަޒީނާ ހަމައެކަނި ހިނިތުންވެލިއެވެ. އަދި ތިރިވެލައިފައި ކާޕެޓްމަތީގައި އޮތް ފޮތްނަގައި ފުހެލިއެވެ.

"ޝަޒީ ކިހިނެއްވީ؟ " ޝަޒީނާގެ ފަހަތުގައި ހުރި އެކުވެރި އާފިޔާ އަހައިލިއެވެ. ޝަޒީނާ ޖަވާބުދިނުމުގެ ބަދަލުގައި ބޮލުން ކަމެނުވާކަމަށް ބުނާކަހަލަ ގޮތަކަށް ދެފަރާތަށް ބޯހޫރަލިއެވެ.

"ގަޑިން ކިހާއިރެއްވީ؟ " ޝަޒީނާ އާފިޔާ ކުރެން އަހާއިލިއެވެ.

"ނޭނގެ. 10.40 ވާންއުޅޭނެކަންނޭގެ" އާފިޔާ ޝަޒީނާ އަށް ޖަވާބުދިނެވެ. ހޯލުއިން ބޭރަށް ނިކުމެ ތާޒާ ވައިރޯޅިޖެހޭ ހިސަބުގައި އާފިޔާ އާއި ޝަޒީނާ މަޑުކޮށްލިއެވެ. ޖެހިލި ފިނި ވައިރޯޅިއާއި އެކީގައި ނޭއްސޭރަވުގެ ކުދި އިސްތަށިތައް ޝަޒީނާ އާއި ސަމާސާކުރަންފެށިއެވެ. އެއްއަތުން ޝަޒީނާ އިސްތަށިތައް އެއް ފަރާތް ކުރަމުން އަނެއް އަތުން ފޮތް ހިފަހައްޓައިގެން ވަޔާއިއެކު ހިއްލިހިއްލި އޮތް ޔުނީފޯމްގެ ތިރި މަތަކުރަމުން ދިޔައެވެ. އާފިޔާގެ ހާލަކީވެސް އަހަމަ އެއީއެވެ. ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިބި ކުދިންގެ ތެރޭގައި ހުރި އަޔާންގެ ނަޒަރު ޝަޒީނާ އަށް ހުއްޓުނެވެ. ޝަޒީނާގެ ކޮންމެ ހަރަކާތަކަށް ފަރުވަތެރިކަމާއެކީގައި އަޔާން ބަލަމުން ދިޔައެވެ.

" އަޔާން ކޯޗަކަށް ގެއްލިފައި؟" އެކުވެރި ނުޒޭރު އަހައިލިއެވެ.

" ކީކޭ؟ "އަޔާން ނުޒޭރުއަށް ބަލައިލަމުން ޖަވާބުދިނެވެ. ނުޒޭރުވެސް ޝަޒީނާމެންނާއި ދިމާލަށް ބަލައިލިއެވެ.

"ރީތިކުދިންކޮޅެއްދޯ އަޔާން؟...... ކޮންމެ ޖަލްސާއަކަސްވެސް އެދެކުދިން އާދޭ. ވަކިން އެކުދިން ތިބެނީވެސް..... "ނުޒޭރު ބުންޏެވެ. " އަޔާން ހިނގާބަލަ އެކުދިންނާ ކުޑަކޮށް ވާހަކަ ދައްކާ ރައްޓެހިވެލަން. " ނުޒޭރު ބުންޏެވެ.

"ނޫން. ކަމަކުނުދާނެ. އެކުދިންނަށް އަހަރެން އެނގޭނެ. ދާން ހަނދާނެކަމެއް ނެތް" އަޔާން މަޑުމަޑުން ބުންނެވެ.

" ދަންނަމޭ. ކިހިނެއް؟ މިތަނަން އައިސް އައިސްތަ ؟" ނުޒޭރު އަހައިލިއެވެ.

"ނޫން އެދެކުދިންނަކީ އަހަރެން ގޭކައިރި ދެކުދިން. އެތަނުގައި ދޮންކޮށް އިސްތަށިގަޑު ދިގުކޮށް އެހީ ޝަޒީނާ، އޭނާގެ ބޭބެ މުހައްމަދު އާއި ނުލާހިކު ރައްޓެހިވާނެ. އޭނަގެ ކައިރިން ފިރިހެންކުއްޖަކު ދިޔަޔަސް ނިމުނީ މުހައްމަދު އެކުއްޖެއްގެ ދުވަސްދުއްވާލާނެ،" އަޔާން ޝަޒީނާ އަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

17 އޮކްޓޯބަރު 2018
ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

16 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު