Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
ރޯދަ ކުރުކުރުން

ހިތް މޭގަ ރޯލީ އެހާ....

ޝަޒީނާ ރަޝީދުއަށް ބަަލައިލިއެވެ. ރަޝީދުވެސް ވާނުވާ ނޭގިފައި އަޔާން އަށް ބަަލއިލިއެވެ.

ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 13:46
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ފުރަތަމަ ބައި

"އެހެންނުވާނެ.... ދޮގުނުހަދާ" ނުޒޭރު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. "ތިހެންވިއްޔާ ތިކަންޖެހޭނެ ކުރެވޭތޯ އުޅެން. ފޯރިގަދަވާނެ،" ނުޒޭރްު، އަޔާން އަށް ބަލައިލަމުން ބުންޏެވެ.

"ތިހާ ހޮސްޕިޓަލުގައި އޮންނަހިއްވަންޏާ މަސައްކަތާއިގެން ކުރިޔަށް ދޭ،" އަޔާން ވެސް ހީލަމުން ބުންޏެވެ. އޭަރުވެސް ޝަޒީނާ އިސްތަށިގަނޑާއި ޔުނީފޯމް ހަމަޔަކަށް އެޅުވޭތޯ ބަލަމުން ދިޔައެވެ.

"ހީވަނީ ވިއްސާރަވާން އުޅޭހެން.... އަވަހަށް ގެޔަށްދާން ހިނގާ. ކާކު އަންނަން ދެކަށްތަ އާފިޔާ ތިހުންނަނީ؟ ގެޔަށް ދާން ހިނގާބަލަ... ވާރޭ ވެހެން ފަށައިފިއްޔާ އަވަހަކަށް ގެޔަކަށް ނުދެވޭނެ." ޝަޒީނާ ބުންޏެވެ.

"މަޑުކޮށްބަލަ. އަހަރެންނަށް ދެވޭނީ ރަޝީދު އައީމަ..." ރަކި ގޮތަކަށް ހީލަމުން އާފިޔާ ބުންޏެވެ. ޝަޒީނާ ހައިރާންވިއެވެ.

"ރަޝީދު އޭ.... އޭނަ ކީއްކުރަން؟" ޝަޒީނާ އާފިޔާ އަށް ބަލައިލިއެވެ. އަދި އުފާވެރިގޮތަކަށް ހީލިއެވެ.

"އަސްލުވެސްތަ؟ ކޮންއިރަކު؟" ޝަޒީނާ އަވަސްއަވަަހަށް ސުވާލުކުރިއެވެ. އެވަގުތު ވީ އުފަލުން ޔުނީފޯމް އާއި އިސްތަށިގަނޑުން އަތް ދޫކޮށްލެވުނެވެ. ޖެހުނު ވައިރޯޅިއާއި އެކީގައި ޔުނީޕޯމް ހިއްލުނެވެ. ޝަޒީނާ އަށް އަވަސްއަވަހަށް ޔުނީޕޯމް ތިރިކޮށް ހަމަޔަކަށް އެޅުވޭތޯ އުޅުނެވެ. ކުރިޔަށްވުރެންވެސް ވައިގަދަވެ ޝަޒީނާ އަށް ޔުނީފޯމު މައިތިރި ނުކުރެވޭވަރުވިއެވެ. ހުރިހާ ކުދިންގެ ލޯތައް ހުރީ ޝަޒީނާ އަށް އަމާޒުވެފައެވެ. ޝަޒީނާ ލަދުން ހަލާކުވާވަރު ވިއެވެ. ކުއްލިޔަށް އަޔާން ގޮސް ޝަޒީނާގެ ކުރިމައްޗަށްއަރާ ނިވާ ފަތްގަނަޑަކަށް ވިއެވެ. ޝަޒީނާ ހައިރާން ކަމާއި އެކީގައި އަޔާން އަށް ބަަލަމުން ދިޔައެވެ. ގެކައިރި ކުއްޖަކަށް ވާއިރުވެސް ދެމީހުންނަކީ ދެ ބީރައްޓެހިންނެވެ. ޝަޒީނާ ލަދުން އިސްޖަހައިލިއެވެ.

"މިތަނުން ދުރަށް ހިނގާ... ތިހުންނަނީ ވައިމަތީގައި. މިހާ ވައިގަދަ އިރެއްގައި ތިގޮތަށް ތިބޭކަށް ނުވާނެ،" އަޔާން، ޝަޒީނާ އަށް ބަަލައިލަމުން ބުންޏެވެ. އެވަގުތު ރަޝީދު އައިސް އެތަނަށް މަޑުކޮށްލިއެވެ. ޝަޒީނާ ރަޝީދުއަށް ބަަލައިލިއެވެ. ރަޝީދުވެސް ވާނުވާ ނޭގިފައި އަޔާން އަށް ބަަލއިލިއެވެ.

"ކަމެއްވީތަ؟" ރަޝީދު، އާފިޔާ ކުރެން ސުވާލުކޮށްލިއެވެ.

"ކަމެއްނުވޭ.... މިއީ ޝަޒީގެ ރައްޓެހި ކުއްޖެއް. ގޭކައިރި ކުއްޖެއް،" އަވަސްއަވަހަށް އާފިޔާ ބުންޏެވެ. ރަޝީދު އަޔާން އަށް ހީލިއެވެ. އަޔާންވެސް އާދައިގެ ގޮތަކަށް ރަޝީދު އަށް ހީލިއެވެ.

"ހިނގާދޯ ދަމާ... ސްކޫޕަށް ވަދެލާފަދޯ ދާނީ..،" ރަޝީދު އާފިޔާ އަށް ބުންޏެވެ. އާފިޔާ ޝަޒީނާ އަށް ބަލައިލިއެވެ. ޝަޒީނާ ބޮލުން ނޫނެކޭ ބުންޏެވެ. އާފިޔާ އާދޭހުގެ ގޮތަކަށް ޝަޒީނާ އަށް ލޮލުން އިޝާރާތް ކުރަމުން ދިޔައެވެ. ޝަޒީނާ އަޔާން އަށް ބަލައިލިއެވެ. އޭރުވެސް އަޔާން ހުރީ ޝަޒީނާ އަށް ކަޅިޖަހައިނުލާ ބަލާށެވެ.

"ނޫން ރަޝީދު މިރެއަކު ނޫން. ވަރަށް ބޮލުގައި ރިއްސާތީ މިއުޅެނީ. އަނެއްކާ ވައިމަތީގައި މިތާ ހުރީމައި ރޯގަވެސް ޖެހިއްޖެ. އަހަރެން ދާނީ ގެޔަށް." ޝަޒީނާ ރަޝީދު އަށް ބުންޏެވެ.

"ދެން އެކަމަކު ސްކޫޕަށޭ ދަނީ މާދުރެއްވެސް ނޫން...ހިނގާބަލަ..." ރަޝީދު އާދެހުގެ ރާގެއްގައި ބުންޏެވެ.

"ނޫން ރަޝީދު. މިހާރުވެސް ވަރަށް ލަސްވެއްޖެ. މާދަމާ ހެނދުނު ސްކޫލަށްވެސް ދާން އެބަޖެހޭ....ޕުލީޒް.... އާފިޔާ ގޮވައިގެން ދޭ. އެހެން ނޫނަސް މިރޭ ތިދެކުދިންނަށް އަހަރެން އުދަގޫ ކުރަކަން ނުވާނެ...." ހީލަން މަސައްކަތް ކުރަމުން ޝަޒީނާ ބުންޏެވެ.

"މީ.... ކޮންނަމެއްތަ ކިޔާނީ؟" އަޔާން އަށް އިނގިލި ދިއްކޮށްލަމުން ރަޝީދު އަހައިލިއެވެ. އެވަގުތު ނުޒޭރުވެސް އައިސް އެމީހުން ކައިރިޔަށް މަޑުކޮށްލިއެވެ.

" އަޔާން... އިބްރާހީމް އަޔާން ދީދި،" ހީގަންނަމުން ނުޒޭރު ބުންޏެވެ. ޝަޒީނާ ނުޒޭރަށް ބަަލައިލިއެވެ. ނުޒޭރު، ޝަޒީނާ އަށް ހީލިއެވެ.

"ތަނަކަށް ދާން ރާވަނީތަ؟ އަހަރެން ނުލާ" އަޔާންގެ ކޮނޑުގައި ޖަހާލަމުން ނުޒޭރު އަހައިލިއެވެ. އަޔާން އެއްވެސް ޖަވަބެއް ނުދީ ޝަޒީނާ އަށް ބުންޏެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

17 އޮކްޓޯބަރު 2018
ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

16 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު