Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވާހަކަަ
ރޯދަ ކުރުކުރުން

ހިތް މޭގަ ރޯލީ އެހާ....

ނުބުންޏަސް އެމަންޖެއާއި އެކީގައި ގެޔާ ހަމަޔަށް ދެވިދާނެއްނު.

ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 18:22
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ދެ ވަނަ ބައި

މިތަނުން ހިނގާ އެހެން ނޫނީ އަނެއްކާވެސް..... " އަޔާން ޝަޒީނާގެ ޔުނީފޯމް އަށް ބަަލއިލަމުން ބުންޏެވެ. ޝަޒީނާ އާފިޔާ އަށް ބަލައިލިއެވެ.

"އަހަރެން މިދަނީ ގެޔަށްދާން..." ޝަޒީނާ ބުންނެވެ.

"ސްކޫޕާހަމަޔަށް ދެވިދާނެތަ؟" ރަޝީދު އަވަސް އަވަހަށް އަހައިލިއެވެ. ޝަޒީނާ ބޮލުން އާނއެކޭ ބުނެލިއެވެ. ޝަޒީނާ އާއި އާފިޔާ ހިނގައިގަތެވެ. އެމީހުންނާއި އެކީގައި ރަޝީދުވެސް ހިނގައިގަތެވެ. ނުޒޭރު އަޔާންގެ ކޮނޑަށް އަތްވައްޓާލިއެވެ. އަދި ދިމާކުރާ ގޮތަކަށް ހީގަތެވެ.

"އެމަންޖެގެ ބިޓުދޯ އެއީ.... އެއްކަލަ ބޭބެ އެސޮރަށް ހާދަވަރެއްކޮށްލާނެތާ! " ނުޒޭރު ހީގަންނަމުން ބުންޏެވެ.

"އެއީ ޝަޒީނާގެ ބިޓެއް ނޫން. އެއީ އާފިޔާގެ ކަމެއް،" އަޔާން ހަމަޖެހިލަމުން ބުންޏެވެ.

"ހާދަޔަގީންކަމަކާއި އެކީގައި ތިބުނީ..." އަނގަޔަށް ވައްތަރެއްޖައްސަލަމުން ނުޒޭރު ބުންޏެވެ.

" އަހަރެންނާށް ޝަޒީނާ އެނގޭތީ މިހެން މިބުނީ....." އަޔާން ހިމޭން ރާގެއްގައި ބުންޏެވެ.

"ސްކޫޕާ ހަމަޔަށް އެދެ ކުދިން ޝަޒީނާ އާއި އެކީގައި ދާނީ، އެޔަށް ފަހު .... ހޫނހޫނ.... މިފުރުސަތު ލިބޭނެހެން ހިޔެއްނުވޭ

ކީކޭ ބުނަނީ؟" ނުޒޭރު އަހައިލިއެވެ.

"ކޯއްޗަކަށް؟" އަޔާން ނޭނގޭ ކަމަށް ހަދައިފައި އަހައިލިއެވެ.

"ދެން އަޔާން އަކީ ތިހާ ގަމާރު މީހެއް ނޫން. އަހަރެން ބުނަން މިއުޅޭ އެތި ނޭނގޭކަށް. އަދި އަހަރެން މިއީ އަދިރި މީހެއްވެސް ނޫން އަޔާން އަށް މިރޭ ތިވީގޮތްތައް ނުފެންނާކަށް. ޝަޒީނާ އަށް ގަޔާވެފައިދޯ ތިހިރީ؟ ބުނާހާ ހިތްވަރު ނެތީދޯ؟" ނުޒޭރު އަހައިލިއެވެ.

" ބުނާހާ ހިތްވަރު ނެތީކީނޫން.... ބުނަން ބޭނުން ނޫނީ.... އަހަރެންނަކީ ރާއްޖެތެރޭ މީހަކަށް ވާތީ..... ޝަޒީނާ އަކީ އުޑުގައިވާ ހަނދުފަދަ މިސާލެއް. ދެން ބުނެބަލަ...." ނިކުންނަ ދޮރާއި ދިމާއަށް ދިޔަ ޝަޒީނާ އަށް ބަަލައިލަމުން ނުޒޭރު އަށް ބުންޏެވެ.

" ތިއީ ހަމަ ހީވާގޮތް..... މިޒަމާނަކު ރާއްޖެތެރެއް، ބޭރެއް އޮވޭތަ؟ ނޫނަސް މާލެ އުފަންމީހުންނަކީ ކޮބާތަ؟އެޔެއްވެސް މިހާރަކު ނޭނގޭ.... މާކުރީގެ ބޯދާ ވާހަކަ ނަގައިގެން ހިތުގައި ފޮރުވައިގެން ހުންނާނެކަމެއްނެތް. ނުބުންޏަސް އެމަންޖެއާއި އެކީގައި ގެޔާ ހަމަޔަށް ދެވިދާނެއްނު. އަޔާން ވާހަކަ ނުދެއްކިޔަސް ދުުރުދުރުން ދޭބަލަ. އެމަންޖެ އެކަނި ފޮނުވާކަށް ނުވާނެ. މީހަކު ކަމެއްވެސް ކޮށްފާނެ،" އަޔާން އަށް ބިރުދައްކާލުމުގެ ގޮތުން ނުޒޭރު ބުނެލިއެވެ. އަޔާން ނުޒޭރު އަށް ބަލައިލިއެވެ.

"އާން.... މިއީ އެކަހަލަ ޒަމާނެ. އެކަނި ކުދިން ފޮނުވާކަށް ނުވާނެ. ތިބުނާ ބޭބެޔަށް އެނގޭނީވެސް ކަމެއް ހިނގާދާފަހުން އޭރު ކިހިނެއް

ވާނީ.... ވިސްނަބަލަ،" ނުޒޭރު ބުންޏެވެ.

" ފާޑުފާޑު ވާހަކަ ނުދައްކާ ހުރޭ..... އަހަރެން ހޮސްޕިޓަލުގައި އެނދުމަތި ވެގެން އޮންނާކަށް ބޭނުމެއް ނޫން....،" އަޔާން އެކުވެރި ކުދިންނާއިދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

" ހާދަ ފިނޑިއޭދޯ.... އަހަރެން ހީކުރީ އަޔާން އަކީ މިތާ އެއުޅޭ ކަޓް މީހުން ކަހަލަ މީހެެއް ނޫން ކަމަށް.... ތިއީ ހަމަ ފައްކާ ރަންޑެއް،" ނުޒޭރު ބުނެލިއެވެ. އަޔާން ހުއްޓިލަމުން ފަސްއެނބުރި ނުޒޭރު އަށް ބަލައިލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ހީލިއެވެ.

" ތިޔަށްވުރެ ރީތި ނަމެއް ދޭން ނޭނގުނީތަ؟" އަޔާން އަހައިލިއެވެ. ނުޒޭރުވެސް ހީލިއެވެ. އަދި ދެކޮނޑުއަރުވާލަމުން ބުންޏެވެ.

"ރަނޑުންވިއްޔާ ތިގޮތަށް އުޅެނީ.... އަޔާން ފުރުސަތުގެ ބޭނުން ހިފާ.... ކިހާ ދުވަހެއްވެއްޖެ ހިތުއަޅައިގެން އުޅޭތާ؟" ނުޒޭރު ސުވާލުކޮށްލިއެވެ.

" މިރޭ މިތަނަށް އާދެވުނު މޮޔަ ހިތަށްއަރާ... " ހީލަމުން ބުންޏެވެ.

" ދެން ބުނެބަލަ ކިހާ ދުވަހެއްވެއްޖެ؟" ނުޒޭރު ހުރީ ހުއްޓާލާ ގޮތަކަށް ނޫންކަން އެނގުމުން އަޔާން ހަމައެކަނި ހީލިއެވެ. އަދި ދެއަތުން ބަހުސްކުރަން ބޭނުން ނޫންކަމަށް އިޝާރާތް ކުރިއެވެ. އަދި އެއްވެސް އެއްޗެއް ބުނުމެއް ނެތި ޝަޒީނާ ދިޔަދިމާލަށް ހިނގައިގަތެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

17 އޮކްޓޯބަރު 2018
ހިތް މޭގަ ރޯލީ އެހާ...

ހިތް މޭގަ ރޯލީ އެހާ...

16 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018
ހިތް މޭގަ ރޯލީ އެހާ....

ހިތް މޭގަ ރޯލީ އެހާ....

15 މެއި 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު