Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިިޔާސީ ރޭސް 2018

އިންތިހާބު ބާތިލްކުރަން ހުށައެޅި މައްސަލައިގައި ހެކިބަސް ނުގަން ނިންމައި އަޑުއެހުންތައް ނިންމަލައިފި

16 އޮކްޓޯބަރު 2018 | އަންގާރަ 09:49

މައްސަލައަކީ ހެކިން ހާޒިރު ކުރަންޖެހޭ ސަބަބެއް ކަމަކަށް ނުދެކޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 އޮކްޓޯބަރު 2018 | އަންގާރަ 09:49
ދުސްތޫރީ މައްސަލާގައި ޕާޓީތަކުގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލުން ކޯޓަށް ވަޑައިގަންނަވަނީ

ދުސްތޫރީ މައްސަލާގައި ޕާޓީތަކުގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލުން ކޯޓަށް ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމިން މިދިޔަ ރިޔާސީ އިންތިހާބު ބާތިލްކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވި ހެކިންގެ ހެކިބަސް ބަލައިނުގަތުމަށް ކޯޓުން ނިންމައި މައްސަލައިގެ އަޑުއެހުންތައް އެއްކޮން ނިންމާލައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ހެނދުން ފެށިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފުރަތަމަ ވެސް އިއުލާން ކުރެއްވީ ރައީސް އަބްދުﷲ ޔާމިން ހުށައެޅުއްވި ހެކިންގެ ހެކިބަސް ނަގަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ފަނޑިޔާރުންނަށް ގަބޫލު ކުރެއްވޭތީ ހެކިބަސް ނުނެގުމަށް އެ މަޖިލީހުން ނިންމެވި ވާހަކައެވެ.

Advertisement - newsAdvertisement

އެންމެ ފަހުގެ އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމިންގެ ފަރާތްޕުޅުން ކޯޓުގައި މައްސަލައިގައި ވާހަކަދައްކަމުން އައްބާސް ޝަރީފު ވަނީ އެ މައްސަލައިގައި އެދިވަޑައިގަންނަވާ ގޮތް ހުލާސާ ގޮތެއްގައި ވިދާޅުވެފައެވެ. އެ ގޮތުން ވޯޓު ކަރުދާހުގައި އެއްވެސް ކެމިކަލްއެއް ބޭނުން ކޮށްފައި ހުރެދާނެތީ އެކަން ބެލުމަށާއި ފޮހެވޭ ދެލި ހުރި ގަލަން ބޭނުންކުރިތޯ އާއި ވޯޓު ލުމަށް ފަހު ވޯޓު ކަރުދާސްތައް އަޅައިގެން ގެނައި ހުރިހާ ސިޓީތައް އުރަތައް ހުރީ ބަންދުކުރެވިފައިތޯ އާއި ސެކިއުރިޓީ ރޫމް ބެލެހެއްޓުނީ ކިހިނެތްތޯ، އެތަނަށް ވަން މީހުން ކުރީ ކީއްތޯ އާއި ވޯޓު ކަރުދާސް ޕްރިންޓްކުރި ކަރުދާސްތައް އިތުރަށް ފަހުން ޕްރިންޓްކޮށްގެން ވޯޓު ކަރުދާސްއަޅާފައި ހުރި ސިޓީ އުރަތަކަށް ފަހުން ވޯޓު ކަރުދާސްތައް އެޅިތޯ ފަދަ ކަންކަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ފުލުހުންނާއި ސިފައިން ތަހްގީގުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާސްތަކުގެ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ އާއި އެއްވެސް ވޯޓު ކަރުދާސްކޮޅެއްގައި ދެ ފަހަރަށް ފާހަގަ ޖަހާފައިވާނަމަ އެ ފާހަގަ ކުރީ ދެ ވައްތަރެއްގެ ދެއްޔަކުންތޯ އާއި ވޯޓު ކަރުދާސްކޮޅުތައް ޗާޕްކުރަން ކުންފުންޏަކާ ހަވާލުކުރި ޕްރޮސެސްދިޔަ ގޮތައް ބެލުމަށާއި އެ ކުންފުނީގެ ދައުރަކީ ކޮބައިތޯ އާއި ވޯޓު ކަރުދާހުގައި ރަބަރަކުން އެއްވެސް ތަނެއް ފޮހުނުތޯ ފަދަ ކަންކަން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި މިހާތަނަށް އެ ބޭފުޅުންނަށް އެނގިފައިވާ މައުލޫމާތު އަލީގައި ރިޔާސީ އިންތިހާބު އެއްކޮން ބާތިލްކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

އައްބާސް ވިދާޅުވެފައި ވަނީ ވޯޓު ކަރުދާހުގައި ކެމިކަލް ބޭނުންކޮށްފައިވާ ކަމަށްވާ ނަމަ އެކަން ކޮށްފައި ހުންނާނީ 30 ޕަސެންޓްވަރުގެ ވޯޓު ކަރުދާސްކޮޅުގައި ކަމަށް ވެސް ޔާމިންގެ ފަރާތްޕުޅުން އައްބާސް ފާހަގަ ކުރެއްވިއެވެ. އަދި އިންތިހާބުގައި ހިނގާފައިވާ ކަމަށް ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ ކޮމްޕްލެއިންސް ބިޔުރޯއަށް ހުށައަޅާފައިވާ މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލަ ހުށައަޅާފައި ވަނީ އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ނުވާތީ އިންތިހާބެއް ބާތިލް ކުރާ ނަމަ ކެންޑިޑޭޓުންގެ ފަރަގައް އަންނަ ވަރުގެ ބަދަލެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މި މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީ އާއި ޖުމްޙޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫނުގެ ވަކީލުންގެ ޓީމްގެ އިސް ވަކީލް ހިސާން އެންމެ ފަހުން ވެސް ވިދާޅުވީ ރައީސް ޔާމީން ހުށައަޅުއްވާފައިވާ މައްސަލައަކީ އިންތިހާބީ ޝަކުވާއާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމެއް ނެތި ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމިންގެ ހިޔާލީ ވާހަކައިގައި އުޅޭ ފޮހެވޭ ފާހަގައަކާއި ދެލި ފޮހެވޭ ގަލަމަކާއި އަދި ލިޔެވޭ އަނގޮޑިއަކަށް އިތުރުވީ ވޯޓު ކަރުދާސް ފޮހެވޭ ރަބަރެއް ކަމަށެވެ. ހިސާން އެހެން ވިދާޅުވީ ވޯޓު ކަރުދާސްތައް ފޮހުމަށް ރަބަރެއް ބޭނުންކުރިކަމުގެ މައުލޫމާތު ލިބޭ ކަމަށް ބުނެ އެކަން ވެސް ތަހްގީގުކޮށްދޭން ރައީސް ޔާމީންގެ ވަކީލުން މިއަދު އެދުމުންނެވެ. މިއީ މީގެ ކުރިން ދެއްކެވި ވާހަކައެއް ނޫނެވެ. ހިސާން ވިދާޅުވީ އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތަކެއް ކަމަށާއި އަދި ރައީސް ޔާމީން މަސައްކަތްކުރައްވަނީ ދައުވާގައި ހުރި ކަންކަން ސާބިތުކޮށްދިނުމުގެ ބުރަ އެހެން ފަރާތެއްގެ މައްޗަށް ފޮރޮޅާލަން ކަމަށެވެ. އެހެން ނަމަވެސް ކަމެއްގެ ތުހްމަތު ކުރާ ނަމަ އެކަން އެހެން ހިނގި ކަމަށްވާ ނަމަ އެކަން ސާބިތުކުރަން ހެކި ހުށައެޅުމާ އެކަން ސާބިތުކޮށްދިނުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

ސިފައިން ހިމެނޭ ގޮތަށް މައްސަލަތައް ތަހްގީކުރުމާއި އެކަން ސުޕްރީމް ކޯޓުން ސުޕަވައިޒްކުރުމަކީ ރާއްޖޭގެ ޖިނާއީ އަދުލު ނިޒާމްގައި ކަނޑައަޅާފައިވާ އުސޫލާ ވެސް ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ހިސާން ވަނީ އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިޔާތައް ތައްޔާރުވުވާން ޖެހޭތީ އާއި ބޭރުގެ އެކި އެކި އިއްޒަތްތެރިންނާއި އެކި ބޭފުޅުންނަށް ދައުވަތުދޭން ޖެހޭތީ އަވަސް ގޮތެއްގައި ކޯޓުން މި މައްސަލަ ނިންމާލަ ދެއްވުމަށް އެދިވަޑައިގެންފައިއެވެ. އަދި ރައީސް ޔާމީން އިންތިހާބުން ބަލިވުމާއި ގުޅިގެން ލިބިވަޑައިގެންނެވި މޮޅިވެރިކަމާ ހެދި ހުށައަޅައިގެން އުޅޭ މައްސަލައެއްގެ ގޮތުގައި ވެސް ހިސާން ސިފަކުރެއްވިއެވެ.

މި މައްސަލައިގައި ހުކުމް ކުރާނެ ވަކި ވަގުތެއް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް