Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ކޯލިޝަން ދަމަހައްޓާނަން، ބަހާއި އަމަލުން އެކަން ދައްކާނަން: އަލީ ވަހީދު

16 އޮކްޓޯބަރު 2018 | އަންގާރަ 05:29

އެއްވެސް ޕާޓީއަކަށް ވެސް އަދި އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 އޮކްޓޯބަރު 2018 | އަންގާރަ 05:29
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު

ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދު ދަމަހައްޓާނެ ކަމަށާއި އެކަން އެ ބޭފުޅުން އަމަލާއި ބަހުން ދައްކަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މޭޑޭ ގެ ބޮޑު މުޒާހަރާ އާ ގުޅިގެން 2015 ވަނަ އަހަރު އިނގިރޭސި ވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިގެން އުޅުއްވި އަލީ ވަހީދު ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވިދާޅުވީ، ކޯލިޝަނެއް ދެމެހެއްޓުވުމުގެ ހުރިހާ ގާބިލް ކަމަކާއި ތަޖުރިބާ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އެއްވެސް ޕާޓީއަކަށް ވެސް އަދި އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެކަމަށް އޭނާ ވިދާޅުވި އެވެ..

Advertisement - newsAdvertisement

އަލީ ވަހީދު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތައް އޮތީ ވަރަށް ބަދަހިކޮށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބުރާހިމް ހުންނެވީ މި ކޯލިޝަން ދަމަހައްޓައި އިބުރާހިމް މުހައްމަދު ސޯލިހަށް އެއްމެބޮޑު އެހީތެރިކަމެއް ދެއްވަން އަތުކުރި އޮޅާލައްވައިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ވަރަށް ވަރުގަދަކޮށް ކޯލިޝަން ދެމެހެއްޓިގެން ދާނެ .2012 ވަނަ އަހަރުއްސުރެ އެމްޑީޕީ ވަރަށް ބޮޑު ސްޓްރަގަލްއެއް އެކުރީ. އެމްޑީޕީގެ އާއްމު މެންބަރުން އެވީ ގުރުބާނީ އަށްޓަކައި ވަރަށް އުފާވޭ. އަޅުގަނޑުމެން އެއްވެސް ފަރާތަކުން ބޭނުމެއް ނުވާނެ މިފަހަރު ވެރިކަން ކުރަން މި ލިބިގެން ދިޔަ މި ދިއުމުގައި މީތި ބައިބައި ވެގެންދާކަށް. މިވެރިކަން ގެނައީ ރާއްޖޭގެ ރައްޔިތުން. އެބޭފުޅުން ބުނަނީ ބައިބައި ވެގެން ނުދައްޗޭ" އަލީ ވަހީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް، ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް ފަހު މާ ގިނަ ދުވަހެއް ނުވެ ކޯލިޝަން ރޫޅިފައި އޮތަސް، މި ފަހަރު އެމްޑީޕީ އާއި ޖޭޕީ ކޯޅޭ ތަނެއް ނުފެންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަބަދު ސިޔާސީ ބަހުސްތަކުގައި ރައްޔިތުން މަގުމަތީގައި ނުތިބެ އެ ރައްޔިތުންނަށް ވެސް ހަމަޖެހުމެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކޯލިޝަން ދެމެހެއްޓުމަށް ޖޭޕީން 100 ޕަސެންޓް ދޭނެކަމަށާއި ސޯޝަލް މީޑިއާގައި މީހަކު ފާޅުކޮށްލާ ޚިޔާލަކުން ކޯލިޝަން ރޫޅާލާފައި ނުދާނެެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"މީ ޚިޔާލު ތަފާތު ޕާޓީތަކެއް.ޚިޔާލު ތަފާތުވާން އަޅުގަނޑުމެންގެ ޚިޔާލު އެއްގޮތްވާން ޖެހޭ. އިންތިޚާބު ކާމިޔާބު ކުރީ އެ އަސާސަށް އެއްބަސްވެގެން. ޚިޔާލު ތަފާތު ދެން ވެސް ވާނެ. އެ ޚިޔާލު ތަފާތުވުމުގައި ވެސް އަޅުގަނޑުމެންނަށް ތިބެވެން ޖެހޭނެ އެކަތިގަނޑެއްގެ ގޮތުގައި" އަލީ ވަހީދު ވިދާޅުވިއެެވެ.

ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ތިބެން ޖެހެނީ އަލީ ވަހީދު ވިދާޅުވި ގޮތުގައި "ރަންނަމާރިއަށް" ފުރުސަތު ނުދިނުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަކީ މި ކޯލިޝަން ދެމެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ހުރި ބޭފުޅެކެވެ. މިހާރު ވެސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ކަމެއްގައި ވެސް އިސްކުރައްވަނީ އެންމެނާއި އެކު މަޝްވަރާ ކުރެއްވުން ކަމަށާއި، ދައްކަވަމުން ގެންދަވަނީ ނަމޫނާ ލީޑާރޝިޕެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އާ ޒައާމަތުގައި ގުޅިފައިވާ ޕާޓީތަކާއި އެކު މި ފަސްއަހަރު ރައްޔިތުންނަށް ހިނިތުންވުން ގެނެސް ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

މަސީހު ކިތަންމެ އުހުގައި އިންނެވިއަސް ޖަލްސާ ބާއްވަން ލާހިކެއް ނޫން، ހުރަސް އަޅާނަން: އިދިކޮޅު ކޯލިޝަން

24 ސެޕްޓެމްބަރު 2017
މަސީހު ކިތަންމެ އުހުގައި އިންނެވިއަސް ޖަލްސާ ބާއްވަން ލާހިކެއް ނޫން، ހުރަސް އަޅާނަން: އިދިކޮޅު ކޯލިޝަން
22 ސެޕްޓެމްބަރު 2017

ސަރުކާރު ކޯލިޝަން އެމްޑީއޭގެ އިސްބޭފުޅެއްގެ އެޕާޓްމެންޓަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެ

22 ސެޕްޓެމްބަރު 2017
ސަރުކާރު ކޯލިޝަން އެމްޑީއޭގެ އިސްބޭފުޅެއްގެ އެޕާޓްމެންޓަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެ
16 ސެޕްޓެމްބަރު 2017

ކޯޓުގެ ހުރުމަތް ކަނޑަނީއޭ ބުންޏަސް، އިންސާފު ނުލިބޭ ވާހަކަ ދައްކާނަން: ޑރ. ހުސެއިން

16 ސެޕްޓެމްބަރު 2017
ކޯޓުގެ ހުރުމަތް ކަނޑަނީއޭ ބުންޏަސް، އިންސާފު ނުލިބޭ ވާހަކަ ދައްކާނަން: ޑރ. ހުސެއިން
14 ސެޕްޓެމްބަރު 2017

ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން

14 ސެޕްޓެމްބަރު 2017
ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން
12 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން

12 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން
28 އޯގަސްޓު 2017

އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން

28 އޯގަސްޓު 2017
އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން
30 ޖުލައި 2017

މަސީހުގެ މައްސަލަ އަދިވެސް ބާތިލެއް ނުވޭ : އިދިކޮޅު ކޯލިޝަން

30 ޖުލައި 2017
މަސީހުގެ މައްސަލަ އަދިވެސް ބާތިލެއް ނުވޭ : އިދިކޮޅު ކޯލިޝަން
20 ޖުލައި 2017

މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން

20 ޖުލައި 2017
މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން
14 ޖުލައި 2017

ފަނޑިޔާރުންގެ ސައްހަކަމެއް ނެތް، ބަންދުކުރިއަސް މި ވާހަކަ ދައްކާނަން: ފައްޔާޒު

14 ޖުލައި 2017
ފަނޑިޔާރުންގެ ސައްހަކަމެއް ނެތް، ބަންދުކުރިއަސް މި ވާހަކަ ދައްކާނަން: ފައްޔާޒު
24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް