Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ފަނޑިޔާރުންގެ ސައްހަކަމެއް ނެތް، ބަންދުކުރިއަސް މި ވާހަކަ ދައްކާނަން: ފައްޔާޒު

14 ޖުލައި 2017 | ހުކުރު 21:21

ގާނޫނު އަސާސީއާއި ހިލާފަށް ކުރާ ހުކުމަކަށް ތަބާވާކަން ނުޖުހޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 14 ޖުލައި 2017 | ހުކުރު 21:21
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔަރުންގެ ސައްހަކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަސްދޮޅަސް މިނެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީއާއި ހިލާފް ހުކުމެއް ކަމަށެވެ. ގާނޫނު އަސާސީއާއި ހިލާފް ހުކުމަކަށް ރައްޔިތުން ތަބާވަން ނުޖެހޭނެކަން ފާހަގަކުރަމުން ފައްޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކުރުމަށް ގާނޫނު އަސާސީއާއި ހިލާފަށް އެތަށް ކަމެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
"މިއަދު ދިވެހި ރާއްޖޭގައި އޮތް ސްޕްރީމް ކޯޓް ސައްހަ، ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންގެ ސައްކަހަމެއް ނެތް، ވަރަށް ސާފްކޮށް މި ދަންނަވަނީ ބަންދުކުރަންޔާ ބަންދުކުރަންވީ، މިއަދު ދިވެހި ރައްޔިތުން ނުކުމެ މި ވާހަކަތަށް މި ގޮތަށް މި ދަންކަނީ، ދިވެހި ރައްޔިތުންނަން ގާބޫލުކުރެވުނީއޭ، ކޮންމެ ރައްޔިތެއްގެ ވެސް ޙައްގުތަކެއް ގައުމުގައި އެބަވޭކަން، މިއީ ބަޔަކަށް ވެރިކަން ބާއްވާލައިގެން އޮތްކަމެތް ނޫން، އަޅުގަނޑުމެން ދިވެހި ރައްޔިތުން ވެރިންނަން ވެރިކަން ދެނީ، މި ދެންނެވީ ޑިމޮކްރަޓިކް ނިޒާމްގެ ތެރެއިން، އެހެންނަމަވެސް އެ ހައްގުތަށް ރައްޔިތުންގެ ކިބައިން މި ދެނީ، ވެރިންނަށާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކަށް މި ދެނީ އަޅުގަނޑުމެންގެ މައްޗަށް އަދުލުވެރި އިންސާފް ގާއިމްކޮށް ހަމަހަމަކަމާއި އެކު އަމަލުކުރުމަށް، ނުކުރެވޭނެ ކަމަށްވާނަމަ، އެމީހުން ޖެހޭނީ އެތަނުން ދުރައްދާން" މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ތިބި ތިން ފަނޑިޔާރުންނަން އިޝާރަތްކުރައްވާ ފައްޔާޒު ވިދާޅުވިއެވެ.

މި ހުކުމް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އިންތިހާބްވި ޕާޓީއަށް ގެންލުންވާނެ ކަމަށެވެ. އެހެންނަވެސް ގާނޫނު އަސާސީގައި ސާފްކޮށް ރައްޔިތުންގެ މެމްބަރުން ވަކިވާނެ ގޮތާއި، އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި ވަނިކޮށް ސްޕްރީމް ކޯޓުން މިފަދަ ހުކުމެއް ނުނެރެވޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިފަދަ ހުކުމެއް ކުރުމުން، ގާނޫނު އަސާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވެން ނެތްކަން ފާހަގަކުރަމުން ފައްޔާޒު ވިދާޅުވީ މެމްބަރަކު އިންތިހާބް ކުރާ ދާއިރާއަކަށް ވުރެ ބޮޑަށް ގައުމީ މައްސަލަހަތަށް، ގައުމަށް ލާބަވާނެ ގޮތަށް ކަންކަން ނިންމަން ގަނޫނުގައިވާ ކަމަށެވެ. މިފަދައިން ބަޔާންކޮށްފައި ވަނިކޮށް ސްޕްރީމް ކޯޓުން ސިޔާސީ ޕާޓީގެ ވެރިން ނިންމާގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓްދޭން ނުނިންމޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ އެ ގައުމުތަކުގެ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ހާލަތްތަށް ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނު އަސާސީއާއި ހިލާފަށް ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ހުކުމް ކުރި ފަނޑިޔާރުންގެ ސައްހަކަމެއް ނެތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

"މިއަދު ބާރުވެރިން އޮތީ ދައުލަތް ހިފަހައްޓާއިގެން އުޅޭ ފަރާތްތަކުގެ މައްޗަށް، އެ ތަންފީޒް ކުރަންތިބި މީހުން ތިބީ އެބޭފުޅުންނާއި (ފަނޑިޔާރުން) އެއްކޮށް، އެ ހުކުމް ތަންފީޒްކޮށްފާނެ، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުވާލާއިފިނަމަ، ކޮންމެވެސް ޒަމާނެއްގައި އޭގެ ބަދަލާއި އިންސާފް ލިބޭނެ" ފައްޔާޒު ވިދާޅުވިއެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް