Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނެޝަނަލް ލީގު

އިޓަލީ މޮޅުވެ ޕޮލަންޑް ރިގޭޓްވެއްޖެ

15 އޮކްޓޯބަރު 2018 | ހޯމަ 09:40

މިއީ އާ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 15 އޮކްޓޯބަރު 2018 | ހޯމަ 09:40
ބިރާގީ ވަނީ ލަނޑު ޖެހުމަށް ފަހު އަތުގެ އިޝާރާތުން

ބިރާގީ ވަނީ ލަނޑު ޖެހުމަށް ފަހު އަތުގެ އިޝާރާތުން

ޔުއެފާ ނެޝަނަލް ލީގުގައި ފުރަތަމަ ޑިވިޝަނުގައި އިޓަލީ އަތުން ބަލިވެ ޕޮލެންޑް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެއެވެ.

މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ގޮތުގައި ބަލާ ލީގު އޭގެ ގްރޫޕް ތިނެއްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޕޯޗުގަލެވެ. އިޓަލީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އިރު ޕޮލެންޑް ރެލިގޭޓްވީ އެއް ޕޮއިންޓާ އެކު ފުލަށް ގޮސްގެންނެވެ.

ނުރައްކާތެރި ފައްތަރެއްގައި އޮތް އިޓަލީން ޕޮލަންޑުގެ މައްޗަށް ކުރި ހޯދީ ފަހު ވަގުތު ކްރިސްޓިއާނޯ ބިރާގީ ވައްދާލި ގޯލާ އެކުއެވެ.

ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ދެ ވަނަ ޓީމު ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނައިރު މީގެ ތެރެއިން އެއް ވަނަ ޓީމަށް އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރަކުން ފުރުސަތު ލިބޭނެއެވެ.

އާދިއްތަ ދުވަހުގެ ރޭ ޕޮލެންޑުގައި ކުޅުނު މެޗުން އިޓަލީ މޮޅުވިއިރު މިއީ އާ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.

މި މެޗުގައި އިޓަލީން ވަނީ ބަލާ ހިތްވާ ފަދަ އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ. ފުރަތަމަ ހާފުގައި ވެސް އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

އެ ޓީމުން ނަތީޖާ ނެރުނު ގޯލް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ބިރާގީ ޖެހީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގެ ބޭނުންހިފައިގެންނެވެ.

އިޓަލީގެ ފިއޮރެންޓީނާއަށް ކުޅޭ ބިރާގީ ވަނީ ލަނޑުޖެހުމަށް ފަހު އަތުގެ އިޝާރާތުން "13" ނަމްބަރު ދައްކާލާފައެވެ.

އޭނާގެ އިޝާރާތުގެ މާނައަކީ މިދިޔަ މާޗު މަހު މަރުވި ފިއޮރެންޓީނާ އާއި އިޓަލީގެ ޑިފެންޑަރު ޑޭވިޑް އެސްޓޯރީ އަށް ޚާއްސަކުރުމެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އަލުން ޓީމެއް ބިނާކުރަން މަންޗިނީއާ ހަވާލުކޮށްފައިވާއިރު އޭނާ އަންނަނީ އާ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ.

ވޯލްޑް ކަޕާއި ޔޫރޯ ނޯންނަ އަހަރުތަކުގައި ބާއްވާ މި މުބާރާތް ދެން އޮންނާނީ 2020 ގައެވެ. ހަތަރު ޑިވިޝަނެއްގެ ގޮތުގައި މި އަހަރު ކުރިއަށްދާއިރު 2020 ވަނަ އަހަރުގެ މުބާރާތުގެ ޑިވިޝަންތަކަށް ޓީމުތައް ރޭންކްކުރެވޭނީ މި އަހަރުގެ މުބާރާތުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް