ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 09:40
ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ
ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ދުސްތޫރީ މައްސަލަ
އިންތިހާބުގައި އީސީން ގޯސްކޮށް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ ކަންތައްތަކަކީ ރައީސް ޔާމީން އަށް ފައިދާ ވާގޮތަށް ރޭވި ކަންކަން: ރިޔާޒް
ވައްކަން ވެސް ބޭނުންވި ގޮތަށް ނުކުރެވުނު
އެކަންކަން ކާމިޔާބު ނުވުމުން ގޯސްވީ އިލެކްޝަންސް ކޮމިޝަން
މިއީ މި ސަރުކާރުގައި ކުރިން ވެސް ކަންކަން ހިނގާފައިވާ ގޮތް

އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ގޯސްކޮށް ކުރި ކަމަށް ސުޕްރީމް ކޯޓްގައި ބުނާ ހުރިހާ ކަމަކީ ރައީސް ޔާމީން އަށް ފައިދާވާ ގޮތަށް ކުރަން ރޭވި ކަންތައްތައް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ، ވައްކަން ވެސް ބޭނުންވި ގޮތަށް ނުކުރެވި، އިންތިހާބު ވެސް ގެއްލުނީ ކަމަށެވެ. ކާމިޔާބު ނުވުމުން ގޯސްވީ އިލެކްޝަންސް ކޮމިޝަން ކަމަށާއި އަބަދުވެސް މީހުން ބޭނުންކޮށްފައިވާ "ޑަމްޕްކުރާ" ގޮތަށް މި ކަން ވެސް ކުރީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

 

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ތަދައްހުލުވި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގައި ވަނީ ބާތިލް ކަންތައްތަކެއް ކަމަށެވެ. މި މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ނުވުމުން އުފައްދާފައިވާ ކޮންސްޕިރެސީ ތިއަރީއެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ދެލި ފޮހެވޭ ގަލަމެއްގެ ވާހަކަ އާއި ލިޔެވޭ އަނގޮޓިއެއްގެ ވާހަކަ އާއި ކަރުދާސްތައް ވަކި ވަރަކަށް ހޫނު ކުރުމުން ފާހަގަ ފޮވެހޭ ވޯޓު ކަރުދާސްތަކެއް ވާހަކަތައް ހިމެނެއެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު ގައިޑްލައިނުގައި ހިމަނާފައިވާ ނުކުތާތަކާ ހިލާފުވެފައިވާ ކަމަށް އެއްވެސް ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅިފައިނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް