Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގޯ އެއަރގެ ދަތުރުތައް ފެށުން

ގޯ އެއަރގެ ދަތުރުތައް ފަށައިފި

15 އޮކްޓޯބަރު 2018 | ހޯމަ 16:35

ގޯއެއަރ އަކީ އިންޑިއާގައި ފަސް ވަނަ އަށް އެންމެ ބޮޑު އެއަރލައިން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 15 އޮކްޓޯބަރު 2018 | ހޯމަ 16:35
ގޯ އެއަރ

ގޯ އެއަރ

އިންޑިއާގެ މުމްބާއީގައި ޤާއިމްކޮށް ހިންގާ ގޯ އެއަރގެ ދަތުރުތައް ރާއްޖޭގައި ފަށައިފިއެވެ. ގޯ އެއާގެ ދަތުރުތައް އާދީއްތަ ދުވަހު ރާއްޖޭގައި ފަށާފައިވާއިރު، އިންޑިއާގެ މުމްބާއީ އިން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މި އެއަރލައިންގެ ފުރަތަމަ ދަތުރު މިއަދު ވަނީ ކޮށްފައެވެ.

ގޯއެއަރ އަކީ އިންޑިއާގައި ފަސް ވަނަ އަށް އެންމެ ބޮޑު އެއަރލައިނެވެ. އެ އެއަރލައިންގެ ދަތުރުތައް ކުރަނީ އިކޮނޮމީ އަދި ބިޒްނަސް ކުލާހުގެ އެއަރބަސް A320 ގެ ފްލީޓަކުންނެވެ.

މުމްބާއީ އިން މާލެ އަށް އަދި މާލެ އިން މުމްބާއީ އަށް ހަފްތާއަކު ތިން ފްލައިޓް ގޯ އެއަރ އިން އޮޕަރޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މުމްބާއީ ދެކޮޅު ދަތުރުގެ އަގުތައް ފެށޭނީ 242 ޑޮލަރުންނެވެ. އަދި ގޯ އެއަރގެ ފްލައިޓްތައް ދިއްލީ އިން މާލެ އަށް އަދި މާލެ އިން ދިއްލީ އަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު ޓިކެޓްގެ އަގަކީ 274 ޑޮލަރެވެ.

ގޯ އެއަރއަކީ އިންޑިއާގެ މަޝްހޫރު ވަދީއާގެ ގްރޫޕްގެ ކުންފުންޏެކެވެ. އެ އެއަރލައިން އުފައްދާފައި ވަނީ 2005 ވަނަ އަހަރުއެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ އެއަރލައިން އޮޕަރޭޓް ކުރަމުން ދިޔައީ އެތެރޭގެ އުދުހުން ތަކުގައެވެ.

ރާއްޖެ ހިމެނޭ ގޮތަށް ނުވަ ގައުމަކަށް ދަތުރުކުރުމުގެ ހުއްދަ 2016 ވަނަ އަހަރުގެ ތެރޭގައި ގޯ އެއަރ އަށް ދީފައި އޮތް ނަމަވެސް، މިހާތަނަށް އަދި ބޭރުގެ ގައުމުތަކަށް ދަތުރުތައް ނުފަށައެވެ. މުމްބާއީ އާއި ރާއްޖެއާ ދެމެދު ފަށާ ދަތުރުތަކަކީ ބޭރުގެ ގައުމަކަށް އެ އެއަރލައިނުން ފަށާ ފުރަތަމަ ދަތުރުތަކެވެ.

ޖުމްލަ 31 މަތިންދާބޯޓުގެ ފްލީޓެއް އޮންނަ ގޯ އެއަރ އިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު އެ އެއަރލައިން ވެގެންދާނީ ބޭރުގެ މަންޒިލްތަކަށް ދަތުރުކުރާ އިންޑިއާގެ ހަވަނަ އެއަރލައިނަށެވެ. މިހާރުވެސް، އެއަރ އިންޑިއާ އާއި، އަލް އެކްސްޕްރެސް، ޖެޓް އެއަރވޭސް، އިންޑިގޯ، އަދި ސްޕައިސް ޖެޓުން ދަނީ ބޭރުގެ މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ.

ގޯ އެއަރގެ ޖީއެސްއޭ އޭޖެންޓަކީ ވޮޔޭޖަސް މޯލްޑިވްސްއެވެ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް