ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 18:09
ގާނޫނީ ވަކީލު ހިސާން ހުސައިން
ގާނޫނީ ވަކީލު ހިސާން ހުސައިން
މުހައްމަދު ޝަރުހާން
ދުސްތޫރީ މައްސަލަ
މައްސަލަ ހުށަހެޅީ އުފައްދާފައިވާ ކޮންސްޕިރެސީ ތިއަރީއެއްގެ މައްޗަށް ބިނާކޮށް: ހިސާން
އިންތިހާބު ބާތިލް ކުރެވޭނެ އެއްވެސް ހެެއްކެއް ނެތް
މައްސަލަ ހުށަހަޅާފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫން

މިއީ ބަލި ގަބޫލު ނުކުރެވިގެން ޕީޕީއެމް އިން އުފައްދާފައިވާ ކޮންސްޕިރެސީ ތިއަރީއެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ އެއް ކަމަށް ގާނޫނީ ވަކީލު ހިސާނު ހުސައިން ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް ފަހު  މި މައްސަލައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ތަދައްހުލުވި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގައި ވަނީ ބާތިލް ކަންތައްތަކެއް ކަމަށެވެ. މި މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ދެލި ފޮހެވޭ ގަލަމެއްގެ ވާހަކަ އާއި ލިޔެވޭ އަނގޮޓިއެއްގެ ވާހަކަ އާއި

ކަރުދާސްތައް ވަކި ވަރަކަށް ހޫނު ކުރުމުން ފާހަގަ ފޮވެހޭ ވޯޓު ކަރުދާސްތަކެއް ވާހަކަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު ގައިޑްލައިނުގައި ހިމަނާފައިވާ ނުކުތާ ތަކާ ހިލާފުވެފައިވާ ކަމަށް އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ކަމަށެވެ.

" 2013 ވަނަ އަހަރުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ 42 ނަންބަރު ގަޟިއްޔާގައި ބުނެފައި އެބަވޭ އާންމު މަސްލަހަތައް އަސަރު ކުރާ ގޮތަށް ކަންތައްތަކެއް ހިނގާދާ ޒާތުގެ އިންތިހާބުތަކުގައި އަދި އިންތިހާބަކީ އިންސާފުވެރި މުސްތަގިއްލު ކޮމިޝަންތަކުން ހިންގާފައިނުވާ އިންތިހާބެއް ކަމަށް ކަނޑައެޅުމުގައި ގެންގުޅެން ޖެހޭ ގައިޑްލައިންތަކެއް. ދެން އެ ގައިޑްލައިނުގައި ފާހަގަކޮށްފައިވާ ހަ ނުކުތާއެއް އެބައޮވޭ. އެ ހަ ނުކުތާގައި އެބުނާ އެއްވެސް ކަމަކާ ހިލާފަށް ހިނގާފައިވާ ކަމަށް ސާބިތުކޮށްދެވޭ އެއްވެސް ހެއްކެއް ހުށަހެޅިފައެއް ނުވޭ." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، 2013 ވަނަ ސުޕްރީމް ކޯޓުން ނެރުނު ގަޟިއްޔާއަށް ބަލާއިރު ވެސް މި އިންތިހާބަކީ ބާތިލް ކުރެވޭނެ އިންތިހާބެއް ނޫންކަން އެނގޭ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތުން ހެކިތަކެއް ހުށަހެޅި. އެއާއެކު ސިއްރު ހެކި ހުށަހެޅުމަށް ވެސް އެދުނު. އަޅުގަނޑުމެންގެ ފަރާތުން ސިއްރު ހެކި ހުށަޅޭނޭ ކަމަށް ހާމަކޮށް އެ އޮބްޖެކްޝަން ރެއިޒް ކުރިން. އުއްތަމަ ފަނޑިޔާރު ވިދާޅުވި، ބެންކުން ހެކިތައް ބަލައިގަންނަ ކަމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް. އަދި ސިއްރު ހެކި ގަބޫލު ކުރާނެ ކަން ނުވަތަ ނޫން ކަންވެސް އަދި އިއުލާނެއް ނުކުރައްވާ." ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް