Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް އެސޯސިއޭޝަން ކަޕް

ހުޅުމާލެ ބަލިކޮށް ޕޮލިހަށް ރަނގަޅު ފެށުމެއް

މޮޅު ކުޅުތެރިޔަކީ މުރާދު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2018 | އާދީއްތަ 07:55
ޕޮލިހާއި ހުޅުމާލެ ބައްދަލު ކުރިމެޗުގެ ތެރެއިން

ޕޮލިހާއި ހުޅުމާލެ ބައްދަލު ކުރިމެޗުގެ ތެރެއިން

ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޕޮލިސް ކްލަބުން ހުޅުމާލެ ސްޕޯޓްސް ކްލަބް 3-2 ސެޓުން ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ދެޓީމުގައިވެސް ވަރުގަދަ ކުޅުންތެރިންތަކެއް ތިބިއިރު، ވަރަށް ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓު ގެންދިޔައީ ޕޮލިސް ޓީމުންނެވެ. އެޓީމުން އެ ސެޓު ގެންދިޔައީ 25-18 އިންނެވެ. މި ސެޓުގައި އަލީ ހުޒާމް (ހުޒާންޓެ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ ކުޅުން ފާހަގަކޮށްލެވެއެވެ.

އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި މުހައްމަދު އަހުސަން (ސޮއްޓި) ހިމެނޭ ހުޅުމާލޭ ޓީމުން ދެވަނަ ސެޓު ގެންދިޔައީ 24-26 އިންނެވެ.

ތިންވަނަ ސެޓުގައި ހުޅުމާލޭ ޓީމުން ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ. އޭގެ ފައިދާ ނަގައި ޕޮލިހުން މި ސެޓު ގެންދިޔައީ 25-21 އިންނެވެ. މި ސެޓުގައި ޕޮލިހުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ)ގެ ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ހުޅުމާލެ ޓީމުން ހަތަރު ވަނަ ސެޓަށް ނުކުމެ ރަނގަޅު ކުޅުމެއް ދައްކައި 21-25 އިން ސެޓު ގެންދިޔަ އެވެ. މި ސެޓުގައި ކުޑަކާއްޓެ އާއި ހުސެއިން ރައްޒާންގެ ޝޮޓުތައް ހުއްޓުވަން ޕޮލިހަށް އުނދަގޫވި އެވެ.

ދެ ޓީމު އެއްވަރުވެ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ.

ސެޓުގެ ބޮޑުބައި ދެ ޓީމު ހަމަހަމަކޮށް ދިޔައިރު ފަހު ކޮޅުގައި ޕޮލިހުން ކުރި ހޯދީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ޕާކިސްތާނުގެ މުރާދު ޖީހާންގެ މޮޅު ކުޅުމާ އެކު އެވެ.

މުރާދުގެ ބާރު ޝޮޓުތަކާ އެކު ޕޮލިހުން މި ސެޓު ގެންދިޔައީ 15-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުރާދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު