Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައްޔިތުންގެ ވޯޓް ފޭރިގެންފި ނަމަ މަޑަކުން ނުތިބޭނެ: ހަސަން ލަތީފް

14 އޮކްޓޯބަރު 2018 | އާދީއްތަ 12:16

2013 ވަނަ އަހަރުގެ އިންތިޚާބުގައި ކަންކުރި ފަނޑިޔާރުން މިހާރު ތިބިތަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 އޮކްޓޯބަރު 2018 | އާދީއްތަ 12:16
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

ސެޕްޓެމްބަރު 23 ވަނަ ދުވަހު އެއް ލައްކަ ތިރީސް ހަތަރު ހާހަށްވުރެ ގިނަ މީހުން ވޯޓުލީ އިންސާފް ހޯދުމަށް ކަމަށާއި ސުޕްރީމް ކޯޓުން ވިއަސް އެވޯޓު ފޭރިގެންފި ނަމަ ރައްޔިތުން ދެން މަޑަކުން ނުތިބޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ރ ރަސްމާދޫ ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހުގެރޭ ބޭއްވި ޚާއްޞަ ހަފްލާގައި ހަސަން ލަތީފް ވިދާޅުވީ އިންތިހާބު ބާތިލްކުރަން ރައީސް ޔާމީން ކޯޓަށް ވަޑައިގެން އުޅުއްވާތީ ރައްޔިތުންގެ ފަރާތުން ވަރަށް ބައިވަރު ސުވާލުތައް އަންނަ ކަމަށާއި ދެންވާނީ ކިހިނެއްތޯ ކޮންމެ މީހަކު ވެސް އަހަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
"ވާގޮތް ވަރަށް ސާފު. ސުޕްރީމް ކޯޓަކުންނެއް އަޅުގަނޑެއް އުއްމީދެއް ނުކުރަން ރައްޔިތުންގެ ވޯޓު ބޮލާލާ ޖަހައި މި އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަކަށް ނިންމަވާނެ ކަމަކަށެއް." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 2013 ވަނަ އަހަރު ކަންވީ ގޮތުން ބައެއް މީހުންނަށް ޤަބޫލުކުރަން ދަތިވެދާނެ ކަމަށެވެ. ނަމަވެސް އޭރު ކަންކަން ހިނގި ގޮތާއި މިހާރު ކަންކަން ހިނގާ ގޮތް ވަރަށް ތަފާތު ކަމަށާއި 2013 ވަނަ އަހަރުގެ އިންތިޚާބުގެ ކަންކަން ނިންމެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާރު ތިއްބެވި ތަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮޅިވަޑައިގެންފައި ވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ހެޔޮ ކަމެއް ކޮށްދީފި ކޮންމެ މީހަކަށް ޤާނޫނުގެ ތެރެއިން ވިޔަސް އަދި ޤާނޫނުގެ ބޭރުންވިއަސް ނިމެނީ ޖަލުން ކަމަށާއި މިކަންކަން މިހާރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަނދުމަފުޅު ހުންނާނެކަމަށް ޤަބޫލު ކުރައްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން އެކަން ފާހަގަ އެ ކުރެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާފައިވާތީ އެވެ.

ހަސަން ލަތީފް ވިދާޅުވީ އެއްލައްކަ 34 ހާސް މީހުން ވޯޓުލީ ހަމައެކަނި އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން ނޫންކަމަށާއި ރާއްޖޭގައި އޮތް އަނިޔާވެރިކަން ނައްތާލަން ކަމަށެވެ. އިންތިޚާބުގައި ކޮންމެ ރަށަކުން ވެސް އެދެމުން ދިޔައީ ރާއްޖޭގައި އިންސާފް ޤާއިމް ކުރުމަށް ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ގުޅިފައިވާ ޕާޓީތަކަށް ވޯޓު ދެއްވީ ޢަދްލު އިންސާފް ޤާއިމް ކުރުމަށް ކަމަށެވެ.

"ކޮންމެ ރަށަކުންމެ އަޅުގަނޑުމެންނަށް އިވުނު ޝަކުވާއަކީ އިންސާފް ޤާއިމްކޮށްދޭށޭ. މި އިންސާފް ޤާއިމް ކުރުމަށްލީ ވޯޓު ނާއިންސާފުން ފޭރިގަތީމާ ރައްޔިތުންނެއް ނުތިބޭނެ. ސުޕްރީމް ކޯޓުން ވިއަސް އެހެންތަނަކުން ވިއަސް މި ވޯޓާ ކުޅެފިކަމަށް ވަންޏާ އަޅުގަނޑުގެ ހިތެއް ނުބުނޭ ރައްޔިތުން ހަމަ ރީއްޗަށް ގޭގައި ތިބޭނެ ކަމަކަށެއް" ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް