Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލު ސިރާޖު

ނަތީޖާ ގަބޫލު ކުރުމަށްފަހު އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައެއްގެ ހުށައެއް ނޭޅޭނެ:ސިރާޖު

13 އޮކްޓޯބަރު 2018 | ހޮނިހިރު 17:33

ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އޮކްޓޯބަރު 2018 | ހޮނިހިރު 17:33
ގާނޫނީ ވަކީލު މޫސާ ސިރާޖު

ގާނޫނީ ވަކީލު މޫސާ ސިރާޖު

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިންތިހާބުން ބަލިވި ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރުމަށްފަހު އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައެޅޭނެކަމަކަށް ގަބޫލު ނުކުރައްވާކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައިގައި ޖުމްލަ ގޮތެއްގައި ވަނީ އިންތިޚާބުގައި ބޭނުންކޮށްފައިވާ ކަރުދާހާއި ބެހޭގޮތުން ކަމަށެވެ. އެހެންކަމުން އެމައްސަލައަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށްފަހު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށައެޅޭނެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ސިރާޖު ވިދާޅުވީ ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ.

Advertisement - newsAdvertisement
"ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ މައްސަލައިގައި ޖުމްލަ ގޮތެއްގައި ހުށައަޅާފައިވަނީ އިންތިޚާބުގައި ބޭނުންކުރި ކަރުދާސް، ކަރުދާހުގައި މައްސަލަ އުޅޭކަމަށް. އެއީކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވާނެކަމެއްކަމަށް އަޅުގަނޑަކަށް ނުވިސްނޭ، " ސިރާޖު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިއަސް މާނަ ކުރަން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމައްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުއައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިއަސް ގާނޫނު އަސާސީއާއި ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަން ޖެހިއްޖެ ކޮންމެ މައްސަލަ އެކެވެ.

ސިރާޖު ވިދާޅުވީ އާންމު އިންތިޚާބާއި ބެހޭ ގާނޫނުގައި އިންތިޚާބާއި ބެހޭ މައްސަލައެއްކަމުގައި ވާނަމަ އެ މައްސަލައެއް ހުށައަޅަން ޖެހޭނީ ހައި ކޯޓަށްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަށް އިންތިޚާބާއި ބެހޭ މައްސަލަތައް ފުރަތަމަ ހުށައަޅަންޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެއީ ގާނޫނާއި ޚިލާފު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށްފަހު މުޅި އިންތިޚާބު ބާތިލު ކުރަން ހުށައެޅުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްކަމަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅި މައްސަލައިގައި މި އޮންނަނީ ވޯޓިލީމަ ވޯޓު ފާހަނގަ ތިރިއަށް ފައިބަނީއޭ. އެއީ ވަރަށްގިނަ ދިރާސާތަކުން ތިމަންނަމެންނަށް ފާހަގަވެފައިވާ އެއްޗެކޭ އެކަން ހިނގާކަމެކޭ. އަޅުގަނޑަށް ހަމަ ކިޔާލިއިރުގައި ކުރުވާހަކައެއް ސިފަވަނީ. ސުޕްރީމްކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށައަޅުއްވާފައި އޮތް ކުރު ވާހަކައެއްގެ ގޮތަށް. އެވާހަކައިގައި މި އޮންނަނީ އިންތިޚާބަކަށް ދިޔައިމަ ބަލިވެއްޖެއޭ. ބަލިވީމަ ބައްޔެއް ގަބޫލުކުރާކަށް ބޭނުމެއް ނޫނޭ. ރައްޔިތުން ނޫނެކޭ ބުންޏަސް އަޅުގަނޑު އަދި ބޭނުންވަނީ ރައީސްކަމުގައި ހުންވާށޭ. ވޯޓުކަރުދާހުގައި ވަރަށް ބައިވަރު މައްސަލަ އެބަހުއްޓޭ. ވޯޓުކަރުދާހުގައި މައްސލަ ހުރީމައޭ ބަލިވީ. އެއީ ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓު ދިނަސް ވޯޓު ކަރުދާހުގެ މައްސަލައެކޭ. އެއީއޭ ޕްރިންޓް ކުރި މައްސަލައިގައި އެބަހުއްޓޭ އެހެން މީހެއް. އަދި ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓެއް ދިނަސް އަޅުގަނޑު ބައްޔެއް ނުވާނޭ ވޯޓު ކަރުދާސް ރީއްޗަށް އޮތްނަމަ. އަޅުގަނޑަކަށް ނުފެނޭ މިމައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތަކަށް،" ސިރާޖު ވިދާޅުވިއެވެ.

އިންތިޚާބުގެ ހުރިހާ ކަމެއް އަލުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އިންތިޚާބު ބާތިލްކުރެވޭނެ ވަރުގެ މައްސަލައެއް ނުފެނުނު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. މުރާޖައާ ކުރިއިރުވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް ކަމެއް އަދި އިންތިޚާބު ބާތިލް ކަމަށް ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް 58.4 ޕަސެންޓުން އިންތިޚާބު ކާމިޔާބުކުރެއްވިއިރު، އެ ނަތީޖާ ބަދަލުކުރެވޭނެ ވަރުގެ މައްސަލައެއް ފެންނަން ނެތް ކަމަށް އެޗްއާރުސީއެމް އިން ވެސް ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް