Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސިޝަން ކޮމިޓީތައް

ޓްރާންސިޝަން ކޮމިޓީތަކުން 67 އިދާރާއަކަށް: އެއްބާރުލުން ވަރަށް ފުރިހަމަ!

12 އޮކްޓޯބަރު 2018 | ހުކުރު 06:00

ޓްރާންސިޝަން ކޮމިޓީތަކަށް ހައުސިންގެ އެއްބާރުލުން ކުޑަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 އޮކްޓޯބަރު 2018 | ހުކުރު 06:00
ޓްރާސިޝަން ކޮމިޓީތަކުގެ މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް

ޓްރާސިޝަން ކޮމިޓީތަކުގެ މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޓްރާންސިޝަން ކޮމިޓީތަކުން 67 އިދާރާއަކަށް މިހާތަނަށް ޒިޔާރަތް ކޮށްފިއެވެ.

ޑައިރެކްޓަރ އޮފް ޓްރާންސިޝަން އާއި ޗެއާމަން އޮފް ޓްރާންސިޝަން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާމަން އަބުދުﷲ ޝާހިދު ވިދާޅުވީ، އެބޭފުޅުން އެކުލަވާލާފައިވާ 13 ކޮމިޓީ އިން ދައުލަތުގެ ގިނަ އަދަދެއްގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކާއި ބައްދަލުކުރަމުންދާ ކަމަށެވެ. އެ ކޮމިޓީތަކުގައި 418 ބޭފުޅަކު ތިއްބަވައެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ މި ބައްދަލުވުމުގައި ކޮމިޓީތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިނިސްޓްރީތަކުގެ ވަޒީރުން ފެށިގެން ގޮސް ކުންފުނިތަކުގެ ބޯޑުތަކާއި ވެރިންނާއި މުއައްޒަފުންގެ ފަރާތުން ކޮމިޓީތަކުގެ މަސައްކަތަށް ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި ތިއްބެވީ ވަރަށް ގާބިލު ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ، އެއްވެސް އުޖޫރައަކާއި ނުލައި ވޮލަންޓިއަރުންގެ ގޮތުގައި ކަމަށް ވިދާޅުވިއެެވެ. މީގެ އިތުރުން އެ ބޭފުޅުންނާއި މިހާރު ވުޒާރާތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކާއި އެއްވެސް ޑީލެއް ނުހެއްދެވޭނެ ކަމަށާއި، އަދި ކޮމިޓީތަކަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ މަގާމަކާއި މަތިކޮށް، މަގާމެއް ލިބޭނެކަމުގެ ބޭނުމުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނޫން ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން. އެހެންނަމަ ވެސް މަދު ހާލަތްތައް އެބައާދޭ އެއްބާރުލުން އެއްގޮތަކަށް ވެސް ދޭން ބޭނުން ނުވާ. އެގޮތުން ފާހަގަކޮށްލެވޭ ހައުސިން މިނިސްޓްރީ. މިނިސްޓަރު މުއިއްޒު އިސްވެ ހުންނަވާ އެއްބާރުލުން ނުދެއްވާ މި ދަނޑިވަޅުގައި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ހިންގަވަމުން ދަނީ ބޮޑުވެގެންވާ ޖަރީމާއެއް. އެކަން އޭސީސީން ހުއްޓާލުމަށް އެންގުމުން ވެސް އެގެންދަނީ ކުރިއަށް. އަޅުގަނޑު އެދެން. އޭސީސީން ކޯޓަށް ގޮސްގެން ވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައި އޮތް އޮތުން އަވަސް ކުރައްވާނެކަމަށް. ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޓްރާންސިޝަން ކޮމިޓީތަކުގެ މިޝަން އަކީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާ ކުރިއަށް ގެންދެވޭނެ ގޮތް ކަނޑައެޅުން ކަމަށާއި، އަދި އެންމެ ފަހުގެ ޕްރޮޑަޓްއަކީ އަލަށް މަގާމުތަކާއި ހަވާލުވާ ބޭފުޅުންނަށް ކޮމިޓީތަކުން ތައްޔާރުކުރި އެ ލިޔުން އެރުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ވުޒާރާއެއް ނުވަތަ ކުންފުންޏަކާއި ހަވާލުވާ ބޭފުޅަކަށް އެބޭފުޅެއްގެ މެންޑޭޓް އެނގިވަޑައިގަންނަވާނެ ކަމަށެެވެ. އަދި އޭގެ އިތުރުން މިނިސްޓްރީ އެއްގެ އޭރު އޮތް ހާލަތާއި ބަޖެޓް ކުރެވުނު އަދި ނުނިމި ހުރި ޕްރޮޖެކްޓްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް އެނގި ސާފުވެފައި އޮންނާނެ ކަަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް ވިދާޅުވީ، ޖުމްލަގޮތެއްގައި ހުރިހާ އިދާރާތަކުން ވެސް ވަރަށް ފުރިަހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ލަތީފް ވިދާޅުވީ، މި ޕީރިއެޑްގެ ތެރޭގައި ވަޒީފާ ދިނުމާއި، ޕްރޮޖެކްޓްތައް ހިންގުމާއި، ޕްރޮމޯޝަން ދިނުމާއި ފްލެޓާއި ގޯތި ދިނުމުގެ ކަންކަން ހިނގައިގެން ނުވާނެ ކަމަށާ އެކަންކަން ހުއްޓުވައި ދިނުމަށް އޭސީސީ އާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަންކަން އެފަރާތުން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް