ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 17:49
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދު - ޕެޓިޝަންގައި ގިނަ މުވައްޒިފުން ސޮއިކޮށްފައިވޭ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދު - ޕެޓިޝަންގައި ގިނަ މުވައްޒިފުން ސޮއިކޮށްފައިވޭ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލޭ ގޯތި ދޫކުރުން
ހުޅުމާލެއިން ގޯތި ދޫކުރުމުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ 170 މުވައްޒަފުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅައިފި
ޕެޓިޝަންގައި 19 ކަމެއް ވަނީ ފާހަގަކޮށްފައި
އެވްރެޖުކޮށް އަކަފޫޓެއް ވިއްކަނީ 4600ރ. އަށް
އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ

ގޯތި ދޫކުރުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒިފުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 171 މުވައްޒަފުން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އެކުންފުނީގެ ޗީފް ފައިންޝިއަލް އޮފިސަރ (ސީއެފްއޯ) އާއި، ލީގަލް ޑިރެކްޓަރއެއްގެ އިތުރުން ޕްލޭނިންގ ޑިރެކްޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ސިވިލް އިންޖިނިއަރުންނާއި ޑިރެކްޓަރުންގެ ލެވެލްގެ ގިނަ މުވައްޒަފުންތަކެއް ސޮއި ކޮށްފައިވެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުންނާއި ގިނަ އަދަދެއްގެ ފައިނޭންސް އޮފިސަރުންވެސް މި ޕެޓިޝަންގައި ސޮއިކޮށްފައިވެއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓްރީ އާއި އޮޑިޓް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.

ޕެޓިޝަންގައި ވަނީ ގިނަ ކަންތައްތަކެއް ހިމަނާފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 400 ގޯތި އަސްލުތަކާއި ހިލާފަށް ވިއްކުމާއި ދެކޮޅަށް ހުށަހެޅި މި ފެޓިޝަންގައި ވަނީ 19 ކަމެއް ފާހަގަކޮށްފައެވެ.

އެގޮތުން ގޯތިތައް ކަނޑައެޅިފައިވާ ބިމުން އެލޮކޭޓް ކޮށްފި ނަމަ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސެކޭ އެއްފަދައިން އެ ބިންތައް ސެކަންޑަރީ މާކެޓުގައި ނުހަނު ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. މި ބިންތައް ދޫކުރުމުގެ އަސްލު މަގްސަދުކަމަށްވާ ބޯހިޔާވަހިކަން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކުން ނުލިބި އެހެނިހެން ވިޔަފާރީގެ ބޭނުންތަކަށް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެޓިޝަނުގައިވެއެވެ.

މި ބިންތައް ދޫކުރުމަށް ޕްލޭން ކުރެވި އެލޮކޭޓް ކުރެވިފައިވަނީ ކޮންމެ ޕްލޮޓަކަށް 2000 އަދި 3000 އަކަފޫޓުގެ މަގުން ލަގްޒަރީ މާކެޓަށް ކަމަށެވެ. މިއީ ހުޅުމާލޭގައި އެންމެ އަގުހުރި ބިންތައް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. އެގޮތަށް 500 ޕްލޮޓް ދޫކޮށްފި ކަމުގައިވާ ނަމަ އެންމެ އަގުހުރި ވޯޓަރ ޕްރޮންޓްގެ ބިންތަކުގެ ހަމަ އަގު ކޯޕަރޭޝަނުން ނުލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހުޅުމާލޭދެ ދެވަނަ ފިޔަވަހިން ވިއްކަން ހަމަޖެހިފައިވާ ބިންތަކުގެ އަގު އެވްރެޖުކޮށް އުޅެނީ 4600ރ. އަށް ކަމަށް ވާއިރު 2017 ވަނަ އަހަރުގައި މި ގޯތިތައް ދޫކުރެވިފައިވާ އެންމެ ކުޑަ އަގަކީ 3000ރ. އަށެވެ. އަދި 2017 ވަނަ އަހަރު މި އުސޫލުން ބިން ދޫކުރެވުނު އިރު ދެވަނަ ފިޔަވަހިން އެތަނުގައި އެއްވެސް ބޭސިކް އިންފްރާސްޓްރަކްޗަރ އެއް ތަރައްފީ ކުރެވިފައިނުވާކަމަށްވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީން 400 ގޯތި ދޫކޮށްފިކަމުގައިވާ ނަމަ އެކުންފުންޏަށް 1.8 ބިލިއަން ރުފިޔާގެ ގެއްލުން ލިބިގެންދާނެ ކަމަށް ޕެޓިޝަންގައި ހިމަނާފައިވެއެވެ. އަދި 100 އަކަފޫޓް 2000ރ. އަށް ވިއްކައިފި ކަމުގައިވާ ނަމަ ވެސް އެކުންފުންނަށް 280 މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށާއި ޖުމްލަ ދެ ބިލިއަން ރުފިޔާގެ ގެއްލުން އެޗްޑީސީއަށް ކުރާނެ ކަމަށް އެކުންފުނިން އެކުލަވާލި ޕެޓިޝަނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ، މިހާރު އިއުލާނު ކޮށްފައިވާ އުސޫލުން ގޯތި ވިއްކައިފި ކަމުގައިވާނަމަ ކުންފުންޏަށް ލިބިގެންދާނީ 10 މިލިއަން ރުފިޔާއެވެ. އަދި މިއީ އެކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ކުޑަ އަދަދެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއަދަދަކީ އެކުންފުނީގެ މާލީ ހާލަތުން އަރައިގަތުމަށް ހައްލެއް ލިބޭނެ ވަރުގެ އަދަދެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ.

ކުންފުނީގެ މާލީ ހާލަތުން ހަރައިގަތުމަށް ކުރެވިދާނެ ހަ ކަމެއް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

  1. ނުވިކިހުރި ޓާޓާ ފްލެޓްތަކުން ވިއްކައިގެން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރާ 28 މިލިއަން ރުފިޔާ
  2. އޮފީސް އިމާރާތްކުރުމަށް އެމްއެމްއޭއަށް ވިއްކުމަށް ހަމަޖެހިފައިވާ ބިމުން ލިބޭނޭ ކަމަށް ލަފާކުރެވޭ 132 މިލިއަން ރުފިޔާ
  3. ރެނާޓަސް ރެސިޑެންޝަލް އިމާރާތުގެ ކޮމާރޝަލް ޔުނިޓްތަށް ބީއެމްއެލް އަށް ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރެވޭ 10 މިލިއަން ރުފިޔާ
  4. ހިޔާވަހި ފްލެޓްތައް ސްޓާފުންނަށާއި މިނިވަން މުއައްސަސާތަކަށް ވިއްކައިގެން ލިބޭ އާމްދަނީ
  5. އަމީން އެވެނިއުއިން ރެސިޑެންޝަލް އެޕާޓްމެންޓްތައް އިމާރާތް ކުރުމަށް ދޫކޮށްފައިވާ ބިމުގެ އަގުން ލިބޭ ފައިސާ
  6. އިމާރާތް ކޮށްނިމިފައިވާ 12 ހައުސިންގ ޔުނިޓް ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރެވޭ 24 މިލިއަން ރުފިޔާ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
11 އޮކްޓޯބަރ 2018 | ބުރާސްފަތި 13:27
ހައި
ވަގު ސޮއި މަށެއް ނުކުރަން