Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓް

މައުމޫނަށް ވަކީލުން އައްޔަން ކުރަން އެކަށިގެންވާ ފުރުސަތެއް ނުދޭ ކަމަށް ދައުލަތުން އެއްބަސްވެއްޖެ

11 އޮކްޓޯބަރު 2018 | ބުރާސްފަތި 12:10

ހުކުމް ދަމަހައްޓަން ދައުލަތުން ނޭދެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 12:10
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު:-އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މިހާރު ހިނގަމުންދޭ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު:-އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މިހާރު ހިނގަމުންދޭ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ މައްޗަށް ދަށު ކޯޓަށް އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގައި ކުރިއަށް ދިއުމަށް ދިފާއީ ވަކީލުން އައްޔަން ކުރަން އެކަށީގެންވާ ފުރުސަތެއް ނުދޭ ކަމަށް ދައުލަތުގެ ވަކީލުން ވެސް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މައުމޫނުގެ އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހައަޅާފައިވާ މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މައުމޫނުގެ ވަކީލުން ވަނީ އެ އެހުކުމް ބާތިލް ކުރަންޖެހޭ ކަމަށްބުނެ މައިގަނޑު 36 ނުކުތާއެއް ފާހަގަ ކުރައްވާފައި އެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ރައީސް މައުމޫނުގެ ވަކީލުން މައްސަލައިން ތަނާޒުލު ވުމުން ވަކީލުން އައްޔަންކުރަން ފުރުސަތު ނުދީ މައްސަލައި ކުރިއަށް ގެންގޮސްފައިވުމެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ވަކީލުން އައްޔަން ރައީސް މައުމޫނަށް ކޯޓުން ދީފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. އެއާއެކު އެއީ އެކަށީގެންވާ ވަގުތެއް ކަމަށް ދެކެންތޯ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅު އެއްސެވުމުން ވަކީލާ ވިދާޅުވީ އެކަށިގެންވާ ވަގުތެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ވަކީލުން އައްޔަން ކުރުމަށް އޮތް ފުރުސަތު އެއްކޮން ހަނިކޮށްފައިވާ ކަމަށް ނުދެކޭ ކަމަށެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތައް ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އަޑުއެހުންތައް ކުރިއަށް ގެންދާނެ ތާވަލެއް ނަހަދާ ކަމަށް މައުމޫނުގެ ވަކީލުން ފާހަގަ ކުރެއްވި ނުކުތާ އާ ގުޅޭ ގޮތުން ވެސް ދައުލަތުގެ ވަކީލާ ވަނީ އެކަމަށް ވެސް އިއުތިރާފުވެވަޑައިގެންފަ އެވެ. ނަމަވެސް ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތަށް ޝަރީއަތް ކުރިއަށް ގެންދާނެ ތާވަލެއް އެކުލާވާ ނުލި ނަމަވެސް ރައީސް މައުމޫނުގެ އެއްވެސް ހައްގަކަށް އުނިކަން އައިސްފައިނުވާ ކަމަށެވެ.

ސިއްރުން ހެކިބަސް ނަގާފައިވާއިރު ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ހެކިބަސް ނަގަން ވާނީ ހެކިބަސް ނެގުމާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެފައިވީ ނަމަވެސް އެ ގާނޫނުގައި ސިއްރު ހެކިބަސް ނަގާނެ ގޮތެއް ބަޔާން ކޮށްފައި ނެތުމުން އެކަން ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް މައުމޫނުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ވިދާޅުވެފައިވަނީ ސިއްރު ހެކިބަސް ނެގޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މައުމޫނުގެ ޢައިރު ހާޒިރުގައި ބައެއް އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ކަންތައްތަކާމެދު ޝަރީއަތް ފެށި މަޖިލީހުގައި ގޮތެއް ކަނޑައެޅުން ފަދަ ކަންމަކީ ރައީސް މައުމޫނުގެ ޝަރީއަތް ހިންގިއިރު ހިނގާފައިވާ ގާނޫނާ ހިލާފުކަންތައްތައް ގޮތުގައި ދިފާއީ ވަކީލުން ވަނީ ފާހަގަ ކުރައްވާފައި އެވެ.

ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އަދި ދޮގު ހެކިބަސް ދިން މީހެއްގެ ހެކިބަސް ބަލައިގެންފައިވާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. ރައީސް މައުމޫނާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން ކަމަށް ބެލެވޭ މީހާ މީގެ ކުރިން ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ފުލުހުން މަޖުބޫރު ކުރާ ކަމަށް ބުނެ ދެއްކި ވާހަކަތަކެއް ވެސް ފަނޑިޔާރުނަށް ވަނީ ހުށައަޅާފައި އެވެ. ހަމަ އެހެންމެ ރައީސް މައުމޫނަށް ދޫކޮށްފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް މައުމޫނުގެ ވަކީލުން ފާހަގަ ކުރެއްވި އެވެ. ރައީސް މައުމޫނު ފޯނެއް ނުދިން ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މައުމޫނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް އެދިފައިވާތީ ދައުލަތުން އެދެނީ ކޮން ގޮތަކަށްތޯ ޝަރީއަތުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަދުލުވެރި އިންސާފުވެރިކަމާއެކު ނިންމާދިނުމަށް އެދޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާދޭން އެދިފައިނުވާތީ މައުމޫނުގެ ވަކީލުން ވިދާޅުވީ ދައުލަތުން ވެސް އެ ހުކުމް ބާތިލް ކުރުމަށް އިއުތިރާޒް ނުކުރައްވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ މައްސަލައިގައި ދެން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ އޮންނާނީ ހުކުމް ކަމަށެވެ. ރައީސް މައުމޫނު ހުންނެވީ މި އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް