Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

އާ ސަރުކާރަށް ހިދްމަތް ކުރައްވަން މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދެއްވާނަން: އަބްދުﷲ ޝާހިދު

11 އޮކްޓޯބަރު 2018 | ބުރާސްފަތި 17:12

ޝާހިދަކީ މިވަގުތު އިންތިގާލީ މަރުހަލާގެ ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 17:12
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހިދްމަތް ކުރެއްވުމަށްޓަކައި، އެމަނިކުފާނުގެ ސަރުކާރު އެކުލަވާލުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރުމަށްޓަކައި އެންމެ އިސް ބޭފުޅަކަށް އައްޔަން ކުރައްވާފައިވާ އަބްދުﷲ ޝާހިދު އެގޮތަށް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ އޮފީހުގައި ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް އާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އޮފީހަކީ ދައުލަތުގެ އިދާރާއެކެވެ. އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ހަމައަށް އެ އޮފީސް ދެމިހުންނާނެ އެވެ.

މިދިއަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ފުރުއްވި އަދި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވައި ސަރުކާރު އެކުލަވާލުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"މީޑިއާ މެދުވެރިކޮށް ދަންނަވާލަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ސަރުކާރު އުފެއްދެވުމާއެކު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދީ، އެމަނިކުފާނުގެ އާ ސަރުކާރުގެ ހިދުމަތުގައި އަޅުގަނޑު ހުންނާނެ ކަމަށް. އަދި އަޅުގަނޑު މިދިޔަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މި ކުރަމުންގެންދިޔަ މަސައްކަތްތަކަށް ރައްޔިތުން ދެއްވި ފުރުސަތަށް، އެރައްޔިތުންނަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންނެވުނީ ވެސް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ކަމަށާއި އެގޮތުން މަޖިލީހުގައި 25 ވަރަކަށް އަހަރު ދެބޭފުޅުން އެކުގައި މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

"1995 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމުގައި ހުރެވުނީ އަޅުގަނޑާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އެކުގައި ރައްޔިތުންގެ މަޖިލީހަށް ވަދެވުނީ. އެހެންވީމައި އެމަނިކުފާނު ރައްޔިތުންގެ މަޖިލިސް ދޫކުރައްވައި ރާއްޖޭގެ ރިޔާސަތަށް ހަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ ސަރުކާރުގެ މަގާމެއް ދެއްވައިފިނަމަ އެމަގާމެއް އަޅުގަނޑު، އެމަނިކުފާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހިދްމަތް ކުރުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހުންނަވާނެ ވާހަކަ ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ހޭދަކުރި ދުވަސްތަކުގައި ވަރަށް ތަފާތު އެކި ކަހަލަ ދުވަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. ހާއްސަކޮށް މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ ކަޅު އަދި އެންމެ ދެކެން ބޭނުންނުވާ މަންޒަރު ފެންނަމުންދާ ދުވަސްތައް ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މިހޭދަކުރި ދުވަސްތަކަކީ ރައްޔިތުންގެ މަޖިލީހުގެ އެކިކަހަލަ މަރުހަލާތައް، އެކިކަހަލަ ދުވަސްތައް ފެނިގެން ގޮސްފައިވާ ދުވަސްތަކެއް. އެހެން ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލިސް މިދެކެމުންދާ ހިތްދަތި، ކަޅު ދުވަސްތަކެއް ދުވަހަކު ވެސް ފެނިފައެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ އެތައް ގިނަ މެމްބަރުންނެއް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވޭ ގޮތަށް ހަދާފަ. ރައްޔިތުންގެ ބަސް ރައްޔިތުންގެ މަޖިލީހުގައި ބުނުމުގެ ފުރުސަތު މިވަނީ ހުއްޓުވާފައި،" ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހެޔޮފާލަށް އެޅި ރައްޔިތުންނަށްޓަކައި މަސައްކަތްކުރާތަން ދެކެން ބޭނުންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ހައްގުތައް ކަށަވަރު ކުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، އެމަޖިލީހުގެ ފުރިހަމަ އާރާބާރާއެކު ރައްޔިތުންގެ އަޑު އުފުލާ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކަތް ކުރަމުންދާ މަޖިލީހެއް ކަމުގައިވުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުގެ މެމްބަރުކަމުގެ ސިޓީ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އޮނަރަބްލް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ފަހު،" ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި 25 ވަނަ އަހަރު ހިދްމަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް