Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަކަށް ސުޕްރީމްކޯޓްއިން ނިންމުމެއް ނިންމަވާނެ ކަމަށް އިންތިޚާބީ ރައީސް ސޯލިހު ޤަބޫލުފުޅެއް ނުކުރައްވާ:މާރިޔާ

11 އޮކްޓޯބަރު 2018 | ބުރާސްފަތި 12:02

ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 12:02
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހްމަދު ދިދީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހްމަދު ދިދީ

ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަކަށް ސުޕްރީމްކޯޓްއިން ނިންމުމެއް ނިންމަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤަބޫލުފުޅު ނުކުރައްވާނެ ކަމަށް އެ މަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުން ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަކަށް ނިންމުމެއް ނިންމަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ނުކުރައްވާ އިންތިޚާބް ބާތިލް ކޮށްފާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެސް ރައްޔިތުންގެ ނިންމުން ޤަބޫލްކޮށް އިންތިގާލީ މަރްހަލާގެ ކަންތައް ވީހާވެސް އަމާންކަމާއި އޮމާންކަމާ އެކީ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

"ޓްރާންސިޝަން ޕީރިއަޑްގައި އޮފީސްތަކުން އެއްބާރުލުން ލިބޭތަން މި ފެންނަނީ، ރައްޔިތުން ނޫނެކޭ ބުނެފައި އެއޮތީ، ރީއްޗަށް ގެއަށް ވަޑައިގަތުމަށް ގޮވާލަނީ، ޕޮލިހުންނާއި،އެންއެންޑީއެފްއިން ވެސް ރައްޔިތުންގެ ނިންމުން ޤަބޫލް ކޮށްފި" މާރިޔާ ވިދާޅުވިއެވެ.

24 ސެޕްޓެމްބަރުގައި ނިކުމެވަޑައިގެން ރައީސުލްޖުމްހޫރިޔާގެ ހައިސިއްޔަތުން ރައީސް އޮފީހުގައި އަމިއްލަފުޅަށް ބަލި ޤަބޫލުފުޅު ކުރައްވާފައިވާއިރު، އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅުއްވާ އިންތިޚާބް ބާތިލްކުރަން ކުރައްވަން ގެންދަވާ މަސައްކަތުން ސިފަވަނީ ރައީސުލް ޖުމްހޫރިއްޔާއެއްގެ ފަރާތުން ފެންނަ ވަރަށް ވުރެ އަޚްލާގީގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ކަމަށެވެ. ރައްޔިތުންގެ ނިންމުމަށް ބޯލަބަން ރައީސް ޔާމީނަށް ނަސޭހަތްތެރިވުމަށް،ރައްޔިތުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދެމުން އަންނަ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އަންނަ މީހުން އަމަލު ކުރަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ގާނޫނު އަސާސީގައި 4 ވަނަ މާއްދާގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ.

"އެހެންކަމަށްވާއިރު ދައުލަތުގެ އެއްވެސް މުއައްސަސާއެއް އެންމެ ރަގަޅު ރައީސުލްޖުމްހޫރިއްޔާ ވިޔަސް ، ކޯޓެއް ވިޔަސް މިނިވަން މުއައްސަސާއެއް ވިޔަސް ރައްޔިތުންނަށް ބޯލަބަންޖެހޭ ، ރައްޔިތުންގެ މެންޑޭޓެއް ނެތި މަސައްކަތް ކުރެވޭނެ ބައެއް ނޫން" މާރިޔާ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށްވަނީ ހުށަހަޅާފައެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، މީޑިއާއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ސަލީމް (ރޭނީސް ސަލީމް) ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުނަށް، ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް