Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑި

މެމްބަރު ސިނާނުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

11 އޮކްޓޯބަރު 2018 | ބުރާސްފަތި 10:13

މެމްބަރު ސިނާނު ޕީޕީއެމުން ވަކިވުމަށް އެދި ސިޓީ ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 10 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 10:13
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މެމްބަރު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަކީ އެ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި މެމްބަރު ސިނާނުގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައި ވަނީ ސިނާނު ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައި ވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގެ ކުރިން ކަމަށް ވާތީ، މެމްބަރު ސިނާނުގެ ގޮނޑި ގެއްލިފައި ނުވާ ކަމަށެވެ.

ސިނާނުގެ ގާނޫނީ ވަކީލުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރެއް މެމްބަރުކަމުން ވަކިވާން އެދި ސިޓީ ލާ ދުވަހުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސިނާނު ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކުވުމަށް 10 ޖުލައި 2017 ގައި ޕީޕީއެމްއަށް ހުށަހަޅައި އަދި އެސިޓީ ބަލައިގަނެފައިވާ ކަމުގެ ލިޔުން ދީފައިވާއިރު، ހަމަ އެ ދުވަހު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން މެމްބަރު ސިނާނު ޕީޕީއެމް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް މެމްބަރު ސިނާނުގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގަބޫކުކުރާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް އެ ޕާޓީގެ މެމްބަރު ކަމުން ވަކިވާނީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އެހެންކަމުން މެމްބަރު ސިނާނު ޕީޕީއެމްގެ މެބްބަރު ކަމުން ވަކިކުރެވިފައި ވަނީ 20 ޖުލައި 2017 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން މެމްބަރު ސިނާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް ބާއްވައި އަޑުއެހުންތައް ނިންމާލާފަ އެވެ. ދެން ބޭއްވޭނީ މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ވަރަށް އަވަހަށް ތާވަލު ކުރެވޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ސިނާނުއާއި އަބްދުﷲގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، އަދި ވަކިގޮތެއް ސުޕްރީމް ކޯޓުން ނިންމާފައިނުވާ 08 މެމްބަރުންގެ މައްސަލައަކީ ވެސް ދާދި އެއްގޮތަކަށް ކަންކަން ހިނގާފައިވާ މައްސަސަލަތަކެކެވެ.

އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރުކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ސްޓޭންޑަކީ ކުރިން އެކޮމިޝަނުން ނިންމާފައިވާ، ގޮނޑި ގެއްލިފައިވާ ބުނާ ނިންމުމެވެ. އިލެކްޝަންސް ކޮމިޝަނުން ވަކާލުތު ކުރެއްވީ ވެސް އެ ނިންމުމުގެ މައްޗަށެވެ.

ސިނާނާއި އަބްދުﷲގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިހާތަނަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް