Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ގާސިމްގެ މައްޗަށް ހިންގި ޝަރީއަތް ރަނގަޅު ނޫން ކަމަށް ޕީޖީ އިން ވެސް އެއްބަސްވެއްޖެ

11 އޮކްޓޯބަރު 2018 | ބުރާސްފަތި 12:57

އިސްތިއުނާފީ 13 ނުކުތާއެއް ހުށައަޅާފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 12:57
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: -ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: -ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި ގޮތަކީ ގާނޫނުތަކަށް ބަލާއިރު އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފިއެވެ.

ރިޝްވަތު ހުށައެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދޭން ހައިކޯޓަށް ހުށައެޅި މައްސަލައިގައި ގާސިމްގެ ވަކީލުން ވަނީ އެ ހުކުމް ބާތިލް ކޮށްދޭން އެދި 13 ނުކުތާއެއް ހުށައަޅާފައެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާ ހުކުމް ކޮށްފައިވުމެވެ.

Advertisement - newsAdvertisement

އެ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވަހީދު ވިދާޅުވީ ގާނޫނު އަސާސީ އާއި ޖިނާޢީ އިޖްރާއަތުގެ ގާނޫނަށް ބެލި ނަމަވެސް އެކަން އެ ގޮތަށް ކުރެވޭނެ ކަމަށް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ދައުލަތުން ފެންނަ ގޮތް ވިދާޅުވުމަށް މައްސަލަ ބައްލަވާ ބެންޗްގެ އިސް ގާޒީ ޝުޖާއު އުސްމާން އެކި ފަހަރު އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެއާ އެކު އެކަން ދަށު ކޯޓުގައި ދައުލަތުގެ ވަކީލުން ފާހަގަކުރިތޯ ފަނޑިޔާރު އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެރޭ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ގެންދަން ނިންމައި ދައުލަތައް އެންގީ ހުލާސާ ބަޔާން އިއްވަން ކަމަށެވެ. ނަމަވެސް ދަށު ކޯޓުގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުގެންދެވޭނެ ކަމަށް ވިދާޅުނުވީ ކީއްވެތޯ އެކި ފަހަރު ސުވާލު ކުރުމުން ސީދާ ޖަވާބެއް ދައުލަތުން ނުދެއްކުމުން ފަނޑިޔާރު ވަނީ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ބޭނުންވަނީ ކޮން ގޮތައްކަށް ނިންމަންތޯ ކުރި ސުވާލަށް ވެސް ނިއުމާ ސީދާ ޖަވާބެއް ނުދެއްވި އެވެ. ހަމަ އެކަނި ވިދާޅުވަމުން ގެންދެވީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް" ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވުމުން އިސް ފަނޑިޔާރު ޝުޖާއު ވަނީ "އަދުލުވެރި، އިންސާފުވެރި ގޮތަކީ ކޮބައިތޯ" ސުވާލު ކުރައްވައިފަ އެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ދައުލަތުން އެދެނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށް ނުވަތަ ތާއީދު ކުރުމަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ޖަވާބުގައި ވަކީލާ ނިއުމާ ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމާނީ ގާނޫނާ އެއްގޮތަށް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށާއި އެގޮތަށް ދައުލަތުން އެދެނީ އެ ސަބަބާ ހެދި ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާއަށް ދައުލަތުން އެއްބަސްވީ ކަމަށާއި އެހެންވެ އިތުރަށް ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ދައުލަތުގެ ވާހަކަތަކުން އެނގުނީ ދައުލަތުން ދަށު ކޯޓުގައި ޒިންމާ އަދާކޮށްފައި ނެތް ކަން ކަމަށާއި ގާނޫނާ ޚިލާފަށް ދަށު ކޯޓުން ޝަރީއަތް ހިންގި ކަމަށް ދައުލަތުން ވެސް މިހާރު އެއްބަސްވީ ކަމަށެވެ. އޭނާ ވެސް އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ. ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަމަށާއި އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އަދި ވަރަށް އަވަހަށް މައްސަލަ ނިންމޭތޯ ބައްލަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އެވެ. އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ގާސިމް ހުންނެވީ މިނިވަންކޮށްފަ އެވެ. ޖަރުމަނު ވިލާތުގައި ހުންނެވުމަށް ފަހު އޭނާ ދާދި ފަހުން ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން މިނިވަން ކުރުމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް