ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 17:58
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން
ފެނަކަ ކޯޕަރޭޝަން
ފެނަލަ އޮޑިޓް ރިޕޯޓް
ފެނަކައިން 641 މިލިއަން ރުފިޔާގެ މާލީ މުއާމަލާތްތައް ހިންގާފައިވަނީ އުސޫލުން ބޭރުން: އޮޑިޓް ރިޕޯޓް
372 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބޭ
ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ 143 މިލިއަން ރުފިޔާ ލިބުން ލަސްވެފައިވޭ

ކުންފުނީގެ މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައި 641 މިލިއަން ރުފިޔާ ހޭދަކުރުމުގައި އުސޫލުން ބޭރުވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނީގައި ސަބްސިޑީ ނުވަތަ އަނދަނަ ޑިސްކައުންޓް ހޯދުމާއި ލިބިގަތުމުގައި ހަމަތަކާއި އުސޫލުތައް ކަނޑައަޅައި އެކަމާ ގުޅޭ އިދާރާތަކާއި އެއްބަސްވުމެއް އެކުލަވާފައިނުވާ ކަމަށެވެ. ކުންފުނީގެ ލިބެންޖެހޭ ފައިސާގެ ރިޕޯޓުގައިވާ ގޮތުން 143 މިލިއަން ރުފިޔާ ނުލިބޭ ކަމަށާއި 13 މިލިއަން ރުފިޔާ އަށް ހުށަހަޅައި ހޯދުމުގައި އެކަށީގެންނުވާ މުއްދަތަކަށް ލަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކުންފުނިން ފޯރުކޮށްދީފައިވާ ކަރަންޓުގެ ހިދުމަތަށް ޑިސެމްބަރު 2017 ގެ ނިޔަލަށް 113 މިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގެއެވެ.

ބައިވޯޓަރ މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބު އަންގައިދޭ ލިޔެކިޔުމެއް ކުންފުނިން ލިބިފައިނުވާ ކަމަށާއި ކުންފުނީގެ މާލީ ބަޔާންތަކުގައި ފަސްކުރެވިފައިވާ އާމްދަނީގެ ގޮތުގައި ހިމަނާފައިވާ 372 ރުފިޔާއަކީ ސަދަރން ޔުޓިލިޓީސް ލިމިޓެޑަށް، ބައިވޯޓަރ ޕްރޮޖެކްޓް ހިންގުމަށް 21 ޖަނަވަރީ 2011 ގައި އެގްރިމަންޓްކޮށް، ސަރުކާރުން އެހީއެއްގެ ގޮތުގައި ދީފައިވާ ފައިސާކަމަށް ކުންފުނިން މައުލޫމާތު ދިން ނަމަވެސް، މި މަޝްރޫއު ކުރިއަށް ގޮސްފައިވާ މިންވަރު އަންގައިދޭ ލިޔުމެއް ކުންފުނިން ލިބޭ ގޮތް ވެފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފައި ވެއެވެ.

އޮޑިޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނީގައި މަޝްރޫއުތައް ރާވައި ހިންގުމުގެ ވަސީލަތްތައް ގާއިމްވެފައި ނެތުމުގެ ސަބަބުން ސަރުކާރުން ކުންފުންޏާ ހަވާލުކުރާ މަޝްރޫއުތައް ތިންވަނަ ފަރާތަކާ ސަބްކޮންޓްރެކްޓް އުސޫލުން ހަވާލު ކުރަމުން ދިއުމާއި ނަތީޖާއެއްގެ ގޮތުން ދައުލަތަށް ޚަރަދު ބޮޑުވެ، މަޝްރޫއުތައް މުއްދަތަށް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް ވެސް ފެނަކަ ކޯޕަރޭޝަންގެ ޕަރފޮމެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އައްޑޫ ސިޓީގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ ހަތަރު މަޝްރޫއު އަދި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު އާއި، ލއަތޮޅުގައި ނަރުދަމާ ގާއިމުކުރުމަށް ސަބްކޮންޓްރެކްޓް ކުރެވިފައިވާ ދެ މަޝްރޫއު މުއްދަތަށް ނިމިފައިނުވާއިރު ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރެވޭ މިންވަރަށް އޮޑިޓް އެވިޑެންސް ލިބިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ކުންފުނީގެ ބައެއް ގޮފިތަކުގައި ޑީސަލް ރައްކާކުރުމަށް އެކަށީގެންވާ ފަދަ ރައްކާތެރި ނިޒާމެއް ގާއިމްވެފައި ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް