Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ލަނޑާގިރާވަރުގައި ކަނޑުއަޑީގައި 'އުދުހުމުގެ' ފުރުޞަތު

ބޭނުންކުރާނީ ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސް މިނީ ސަބްމެރިން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 6 މެއި 2018 | އާދީއްތަ 08:52
ފޯސީޒަންސް ލަނޑާގިރާވަރުގައި ބޭނުންކުރާ ސަބްމެރިން

ފޯސީޒަންސް ލަނޑާގިރާވަރުގައި ބޭނުންކުރާ ސަބްމެރިން

ފޯސީޒަންސް ލަނޑާ ގިރާވަރުގައި ފަތުރުވެރިންނަށް ސަބްމެރިންގެ ޚިދުމަތް ފަށައިފިއެވެ.

އޯޝަން ގްރޫޕް މޯލްޑިވްސް އާއި ގުޅިގެން މި މޭ މަހުގެ 3 ވަނަ ދުވަހު ލަނޑާ ގިރާވަރުގައި ފެށި މި ޚިދުމަތުގައި ފަތުރުވެރިންނަށް ކަނޑުގެ އަޑި ދައްކާލުމަށް ބޭނުން ކުރަމުންދަނީ، ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސްއެވެ. މިއީ ޕައިލެޓަކާއި، 2 ފަތުރުވެރިން ހިމެނޭގޮތަށް، ޖުމްލަ 3 މީހުންގެ ޖާގަ ހިމަނައިގެން އުފައްދާފައިވާ ޕަރސަނަލް ސަބްމެރީންއެކެވެ.

ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ވެބްސައިޓްގައި ބުނެފައިވާގޮތުން ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސްއަކީ އެ ކުންފުނިން އެންމެ ފަހުން އުފެއްދި މިނީ ސަބްމެރީންއެވެ. ބ އަތޮޅު ފޯސީޒަންސް ލަނޑާ ގިރާވަރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން މި އަހަރު އުފައްދާފައިވާ މި ސަބްމެރީންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ފަރާތްކަމަށް ވެސް ޑީޕް ފްލައިޓް އެޑްވެންޗަރސްގެ ވެބްސައިޓްގައި ވަނީ ބުނެފައެވެ.

ޕްރޮފެޝަނަލް ޕައިލެޓަކާއި އެކު އެ ރިސޯޓުން ސަބްމެރީންގެ ޚިދުމަތް ފަށާފައިވާއިރު، މި ސަބްމެރިންގައި ފަތުރުވެރިންނަށް ކަނޑުގެ 120 މީޓަރު އަޑި ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.

ޑީޕް ފްލައިޓް ސުޕަރ ފެލްކަން ތްރީއެސްގެ އިތުރުން ޑީޕް ފްލައިޓް އެޑްވެންޗަރސް އިން ދަނީ ޑީޕް ފްލައިޓް ސުޕަރ ފެލްކަން އާއި ޔޮޓުތަކަށް ޚާއްސަކޮށްގެން ޑީޕް ފްލައިޓް ޑްރެގަންގެ ނަމުގައިވެސް ސަބްމެރީންތަކެއް އުފައްދަމުންނެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2019

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

26 މާރިޗު 2019
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
26 ފެބުރުއަރީ 2019

ރެހެންދި ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

26 ފެބުރުއަރީ 2019
ރެހެންދި ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
21 ފެބުރުއަރީ 2019

މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި

21 ފެބުރުއަރީ 2019
މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި
03 ޖެނުއަރީ 2019

އެމްއެމްޕީއާރްސީގެ ވީޑިއޯ މުބާރާތައް ވޯޓް ލުމަށް ފުރުޞަތު ހުޅުވާލައިފި

03 ޖެނުއަރީ 2019
އެމްއެމްޕީއާރްސީގެ ވީޑިއޯ މުބާރާތައް ވޯޓް ލުމަށް ފުރުޞަތު ހުޅުވާލައިފި
01 ނޮވެމްބަރު 2018

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

01 ނޮވެމްބަރު 2018
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު