Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސެމްސަންގް ކުންފުނި

3 ވަނަ ކުއާޓަރގައި ރެކޯޑް ފައިދާއެއް ވެފައިވާކަމަށް ސެމްސަންގްއިން އަންދާޒާކޮށްފި

15.5 ބިލިއަން ޑޮލަރު ފައިދާވެފައިވާކަމަށް އަންދާޒާކޮށްފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 އޮކްޓޯބަރު 2018 | އާދީއްތަ 14:15
ސެމްސަންގް ފިހާރައެއްގެ ތެރޭގައި މިހާރު ބައެއް ޕްރޮޑަކްޓްތައް ޓެސްޓްކުރަނީ

ސެމްސަންގް ފިހާރައެއްގެ ތެރޭގައި މިހާރު ބައެއް ޕްރޮޑަކްޓްތައް ޓެސްޓްކުރަނީ

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ރެކޯޑް މިންވަރަކަށް ފައިދާވެފައިވާކަމަށް ސެމްސަންގް އިލެކްޓްރޯނިކްސްއިން އަންދާޒާކޮށްފިއެވެ.

ސެމްސަންގްއިން ބުނާ ގޮތުގައި މިއަަހުގެ 3 ވަނަ ކުއާޓަރގެ އޮޕަރޭޓިންގ ޕްރޮފިޓް 15.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. ދެކުނު ކޮރެއާގެ ސެމްސަންގްގެ ފައިދާ އިތުރުވެފައިވާކަމަށް ލަފާކޮށްފައި މިވަނީ އެކުންފުނީގެ ޗިޕްތަކުގެ ވިޔަފާރި އިންތިހާއަށް ރަނގަޅުވެފައި ވުމުންނެވެ. މިދިޔަ އަހަރު ސެމްސަންގް ވަނީ އިންޓެލް ކުންފުނި ފަހަތަށް ޖައްސާލައި، ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުނީގެ މަޤާމު ހޯދާފައެވެ.

އެކުންފުނީގެ އޮޕަރޭޓިންގ ޕްރޮފިޓްގެ 80 އިންސައްތަ ހިއްސާކުރަނީ ޗިޕް ވިއްކައިގެން ލިބުނު އާމްދަނީއެވެ. މެމޮރީ ޗިޕްގެ ވިޔަފާރި ރަނގަޅުވިނަމަވެސް، އިލެކްޓްރޯނިކް އައިޓަމްތަކުގައި ބޭނުންކުރާ އެކި ކޮމްޕޯނަންޓްތަކުގެ އަގުތައް ހެޔޮވަމުން ދިޔުމުން ސެމްސަންގްގެ ވިޔަފާރި ދަށްވާނެކަމަށް ލަފާކުރެއެވެ.

މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ސެމްސަންގެ ފައިދާ 57 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެކުންފުނިން ލަފާކުރެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ފައިދާއާއި އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ. ފައިދާވާނެކަމަށް އަންދާޒާކުރެވުމާއިއެކު، ސެމްސަންގްގެ ހިއްސާގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ފާހަގަކުރެވެއެވެ.

ޗިޕްގެ ވިޔަފާރި ރަނގަޅުވިނަމަވެސް ސެމްސަންގް ގެލެކްސީ 9 ސީރީޒްގެ ފޯނުތަކަށް އެކުންފުނިން ލަފާކުރި ވަރުގެ ތަރުޙީބެއް ލިބިފައެއް ނުވެއެވެ. އަދި އެޕަލްއާއި ޗައިނާގެ ވާވެއި ފަދަ ކުންފިނިތަކުގެ ސަބަބުން ސްމާޓްފޯނު ބާޒާރުގެ އެންމެ އުހުގައި ފައި ހަމަކުރަން ސެމްސަންގްއަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ގެލެކްސީ ނޯޓް 7 ނެރުނުފަހުން އޭގެ ފޯނުތަކުގައި ރޯވަމުން ދިޔުމުގެ ސަބަބުން ސެމްސަންގްއަށް ލިބުނު އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމުން އަދިވެސް އަރައެއް ނުގަނެވެއެވެ.

ސެމްސަންގްއިން މިއަހަރުގެ 3 ވަނަ ކުއާޓަރގެ ފައިދާ އާއި ހިސާބުތައް ރަސްމީކޮށް އިއުލާންކުރާނީ މިމަހުގެ ފަހުކޮޅުކަމަށް އެކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2018

މިދިޔަ އަހަރު ބީއެމްއެލްއަށް ބޮޑު ފައިދާއެއް!

12 އެޕްރީލު 2018
މިދިޔަ އަހަރު ބީއެމްއެލްއަށް ބޮޑު ފައިދާއެއް!
31 ޖެނުއަރީ 2018

އުރީދޫއަށް މިދިޔަ އަހަރުގެ ފަހު ތިން މަހު 140 މިލިޔަން ރުފިޔާގެ ފައިދާއެއް

31 ޖެނުއަރީ 2018
އުރީދޫއަށް މިދިޔަ އަހަރުގެ ފަހު ތިން މަހު 140 މިލިޔަން ރުފިޔާގެ ފައިދާއެއް
25 ޖެނުއަރީ 2018

2017 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބީއެމްއެލް އަށް ބޮޑު ފައިދާއެއް!

25 ޖެނުއަރީ 2018
2017 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބީއެމްއެލް އަށް ބޮޑު ފައިދާއެއް!
01 ނޮވެމްބަރު 2017

ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ

01 ނޮވެމްބަރު 2017
ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ
25 އޮކްޓޯބަރު 2017

އެއަރޕޯޓްތަކުން ޖީއެމްއާރަށް ބޮޑު ފައިދާއެއް

25 އޮކްޓޯބަރު 2017
އެއަރޕޯޓްތަކުން ޖީއެމްއާރަށް ބޮޑު ފައިދާއެއް
03 އޮކްޓޯބަރު 2017

އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް

03 އޮކްޓޯބަރު 2017
އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް