ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 07:33
ރާއްޖެޓީވީ ރޯކޮއްލި މީހުން ސްޓޫޑިއޯގެ ދޮރު ހަލާކުކޮށްލަން މަސައްކަތް ކުރަނީ
ރާއްޖެޓީވީ ރޯކޮއްލި މީހުން ސްޓޫޑިއޯގެ ދޮރު ހަލާކުކޮށްލަން މަސައްކަތް ކުރަނީ
ރެޑް ބުލް
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެޓީވީ ރޯކޮށްލިތާ މިއަދަށް ފަސް އަހަރު
އެހާދިސާގައި 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވޭ
މި އަމަލު ހިންގާފައިވަނީ މާސްކު އަޅައިގެން ތިބި ފަސް މީހުން
މިހާދިސާ ހިނގާފައިވަނީ ރާއްޖެޓީވީއަށް ހަމަލާންދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނިކޮށް

މިއަދަކީ ރާއްޖެޓީވީ ރޯކޮށްލިތާ ފަސް އަހަރު ފުރުނު ދުވަހެވެ. 

މި ޖަރީމާ ހިނގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިންގި މި ޖަރީމާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެންލުން ރާއްޖެޓީވީއަށް ލިބިފައިވެއެވެ. މާސްކު އަޅައިގެން ތިވި ފަސް މީހުން ރާއްޖެޓީވީ ހުރި އިމާރާތަށް ވަދެ ސްޓޫޑިއޯ ރޯކޮށް އަޅިއަށް ހަދައިލިތާ ފަސް އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެކަމުގައި ރާއްޖެ ޓީވީއަށް އިންސާފު ލިބިފައެއް ނެތެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީޙުންގެ ތެރެއިން އެންމެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭނާގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ. 

ރާއްޖެޓީވީއަށް މިފާއިތުވެދިޔަ ފަސް އަހަރުތެރޭގައިވެސް ތަފާތު ފިއްތުންތަކާއި ގެއްލުންތައް ދައުލަތުގެ މުއައްސަސާތަކުންނާއި އެކި އެކި ފަރާތްތަކުން ކުރިމަތިވެފައިވެއެވެ. އެގޮތުން ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ބޭއިންސާފުން ޝަރީއަތް ހިންގައި ތިން ނޫސްވެރިއަކު ޖޫރިމަނާކޮށްފައިވާ އިރު އަބުރުގެ ގާނޫނު ސަބަބަކަށް ހަދާ ބޭއިންސާފުން މިހާތަނަށް 3.7 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވެސްވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 އޮކްޓޯބަރ 2018 | އަންގާރަ 03:22
Ahamed Ali
ފުލުހުންނަށް މައުލޫާތު ލިބި އަޅާނުލި އޭރު ފުލުހުންގެ އިސްމީހާ ތިހިރީ ފިލަން ކަލޭމެންގެ ތިބައިގަޑުގެ ތެރެއަށް ވަދެ،،
7 އޮކްޓޯބަރ 2018 | އާދީއްތަ 06:12
ބޮފަ ކަށަވިރުނުވާާ
ޜ ޖ ޓވ ގެހުރިހާ މުއައްޒަފުންނައް ވރއވވވވވރރރރއއއއ ޝުކުރީޔާ ހެނދުނު 7.00 ސުންމިނުންޓުން ފޮނުވާޕޮރުގުރާމު ހުށައަޅާ ދެބޭފުޅުން މިކަމައް އަލިއަޅުވާ ދެއްޗޭ ރޖ ޓވ ބޭފުޅުން ތިގޮތައް ތިޚަބަރު ގެނަސް ނުދޭނަމަ ވާނުވާހަރުމެންނައް ނެއެނގޭނެއެވެ ވާނުވާނެއެނގި ތިބޭނީ ކަނޑުމަތީގާ އެއިރުން ދެންތިބިމީހުން ބޭނުންގޮތަކައް ކަންކަން ނިންމާލާނެއެވެ [ބިރެއްނެތި ތިކުރާ މަސައްކަތައް ސާބަސް ސާބަސް ސާބަސް]