Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ އިންތިޚާބުގެ ކަވަރޭޖް ކާމިޔާބުވީ ރަން ފޮށްޓެއް ލައްގަން ދެން ނުތިބެ މަސައްކަތް ކުރުމުން: ސަލީމް

މިއީ ވަރަށް ވަރުގަދަ ޓީމަކުން ކުރި މަސައްކަތެއްގެ ނަތީޖާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2018 | އާދީއްތަ 04:56
ރާއްޖެ ތީވީގެ އެމްޑީ އަހުމަދު ސަލީމް ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ

ރާއްޖެ ތީވީގެ އެމްޑީ އަހުމަދު ސަލީމް ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރާއްޖެ ޓީވީގެ ކަވަރޭޖް ކާމިޔާބުވީ، އަދި ރައްޔިތުން ރާއްޖެ ޓީވީގެ މަސައްކަތް ބަލައިގަތީ، ރަން ފޮށްޓެއް ލައްގަން ދެން ނުތިބެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ރާއްޖެޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖްގައި ބައިވެރިވި ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އަގު ވަޒަން ކުރުމަށް ހޮނިހިރު ދުވަހުގޭ ރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި މުޅި ދުނިޔެވެސް އެދޭ ވަރަށް ޚިދުމަތް ދެވިއްޖެ ކަމަށް ޤަބޫލު ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި މިކަން ކާމިޔާބު ވެއްޖެ ކަމަށް އެނގިގެން ދަނީ އެކަން ބުނަން ބޭނުން ނުވާ މީހުން އެކަން ޤަބޫލު ކުރުން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ އިންތިޚާބު ކަވަރކުރި ޓީމަށް އިޝާރާތް ކުރައްވާ ސަލީމް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާ ހަމައިން ރާއްޖެ ޓީވީގެ ޓީމު މޮޅުވެއްޖެކަން އެނގިއްޖެ ކަމަށާއި ނަމަވެސް އެ ވާހަކަ އަދި ނުދައްކާ ތިއްބާ މޮޅުވެއްޖެކަން އެނގިގެން ދަނީ މީގެ ދެ ދުވަހެއް ކުރިން މީޑިޔާގައި ދައުރުވާންފެށި ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

"އެއީ މިފަހުގެ ތާރީޚެއްގައި އިންތިޚާބަށްފަހު އިންތިޚާބަކުން ބަލިވި މީހުން ހެދި އެންމެބޮޑު ތެދު. އެއީ ރާއްޖެ ޓީވީއަށޭ އެންމެ ފުރަތަމަ ނަތީޖާ ލިބުނީ. އެއީ ވަރަށްބޮޑު ތެދެއް. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން އެއީކީ" ސަލީމް ވިދާޅުވިއެވެ.

އިންތިޚާބުގެ މޮނިޓަރުންގެ ގޮތުގައި ރާއްޖެ ޓީވީއަށް މަސައްކަތްކޮށްދިން 400 މީހުންނާއި ޑޭޓާ އެންޓަރކުރި ކުދިންނާއި ރާއްޖެ ޓީވީގެ މެނޭޖްމަންޓަށް މިފަހަރުގެ އިންތިޚާބަކީ ލިބުނު ވަރަށް ބޮޑު ތަޖްރިބާއެއް ކަމަށާއި މި އިންތިޚާބު އެންމެ ފުރިހަމައަށް ރާއްޖެ ޓީވީއަށް ގެނެސްދެވުނު ސަބަބު ބަލާލަންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެއްބަޔަކު ތިބީ ރަން ފޮށްޓެއް ލައްގަޅޭ މައިން މަގަށް ލައްގަޅޭ ކިޔަކިޔާ. އެފޮށި ލައްގާތޯ. ނަތީޖާ އަވަހަށް ރައްޔިތުންނާ ހަމައަށް ގެންނަން ނުކުންނަ ޓީމަކަށް ރަންފޮށްޓެއް ލައްގަން ދެން ނުތިބޭނެ. އެ ލެއްގި ފޮށި އެއީ ރަނގަޅުފޮށި. އެއީ އެއް ސަބަބު. ނަތީޖާ ގެނެސްދޭން ނުކުތް ޓީމެއް މި ޓީމަކީ. ކޮންމެހެން ވަކި ނަތީޖާއެއް ގެނެސްދޭން ނުކުތް ޓީމެއްނޫން މީކީ. އަނެއްކަމަކީ ދަނޑަށް މި ޓީމު އެރިއިރުވެސް މަޤްސަދެއް އޮތް އަމާޒެއް އޮތް. ރާއްޖެ ޓީވީން އިންތިޚާބު ކަވަރކުރަން ދަނޑަށް އެރި ޓީމުގައި އޮތް ގޯލެއް މަޤްސަދެއް އަޒުމެއް ލަނޑު ދަނޑިއެއް. އެކަމަށްޓަކައި ޕްރެކްޓިސް ކުރީ މެޗަށް އެއްދުވަހަށް ވީމައެއްވެސް ނޫން. މާކުރިން ރާއްޖެ ޓީވީގެ ޓީމު ތައްޔާރުވަމުންދިޔަ. ހަޤީގަތުގައި ތަައްޔާރުވާން ފެށީ އިންތިޚާބުގެ ހަ މަސް ދުވަސްކުރިން. ތައްޔާރުވަމުން ދިޔައީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކީގައި. އަދި ކުޅި ދައްކާލީމުސް ރަނގަޅު މާހައުލެއް އޮތްނަމަ" ރާއްޖެ ޓީވީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވަމުން އެމްޑީ އަހުމަދު ސަލީމް ވިދާޅުވިއެވެ.

އިންތިޚާބުގެ ކަވަރޭޖަށް ތައްޔާރުވަމުން އައީ ވަރަށް ބޮޑު ގެންޖެހުމަކާއެކު ވަރަށް ބޮޑު ބިރުވެރިކަމަކާއެކުގައިކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ އެންމެ ބޮޑަށް އުފާވަނީ އެބިރުވެރިކަމާއެކު މިކަން ކާމިޔާބު ކުރެވުމުން ކަމަށެވެ. އެމްޑީ ވަނީ ރާއްޖެ ޓީވީއަށް އެދަނޑިވަޅުގައި ކުރިމަތިވި ގޮންޖެހުންތަކާއި ބިރުވެރި ނާމާންކަން ކިޔައިދެއްވަން ދެކޮޅު ހައްދަވާފައެވެ.

ބޮޑެތި އެހެން ޓީވީ ސްޓޭޝަންތަކުން ފަލިޖަހަޖަހާ ތިއްބާ މިކަން ކާމިޔާބުކޮށް ނިންމާ ލެވުމަކީ ވަރަށްބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުގެ ޑޭޓާ ސެންޓަރު ހެދުމަށް ސައިރިކްސް ކޮލެޖުން ތަނެއް ހަމަޖައްސައި ދިނުމަކީ، ރާއްޖެ ޓީވީގެ އިންތިޚާބީ ކަވަރޭޖް ކާމިޔާބުވުމުގެ އެއް ސިއްރުކަމަށާއި އެހެންވެ، އެކަމަށް އެ ކޮލޮޖްގެ ޗެއާމަން އަހްމަދު ޝަރީފަށް، ސަލީމް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު