Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސެޓްފިކެޓް ހަވާލުކުރުން

ރާއްޖެ ޓީވީގެ އިލެކްޝަން ކަވަރޭޖްގެ ބައިވެރިންނަށް ސެޓްފިކެޓާއި އިނާމު ދީފި

ޑޭޓާ އެންޓްރީ ޓީމްގެ 40 ކުދިންނަށާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ސެޓްފިކެޓްތައް ވަނީ ހަވާލުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 އޮކްޓޯބަރު 2018 | ހޮނިހިރު 18:53
ކަވަރޭޖްގައި މަސައްކަތް ކުރި އާދަޔާ ހިލާފު މުވައްޒަފުންގެ އަގުވަޒަންކޮށް ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން

ކަވަރޭޖްގައި މަސައްކަތް ކުރި އާދަޔާ ހިލާފު މުވައްޒަފުންގެ އަގުވަޒަންކޮށް ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ރާއްޖެޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖްގައި ބައިވެރިވި ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އަގު ވަޒަން ކުރުމުގެ ހަފުލާއެއް ބާއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސައިރިކްސް ކޮލެޖްގައި ބޭއްވި ހަފުލާގައި ރާއްޖެ ޓީވީގެ މުވައްޒަފުންގެ އިތުރުން، އިންތިޚާބުގެ ނަތީޖާ ރަށްރަށުން ގެނައުމާއި އެންޓަރކުރުމުގައި ހަރަކާތްތެރިވި ޓީމްގެ 40 ކުދިންނަށް ސެޓްފިކެޓާއި އިނާމު ދިނެވެ. އަދި ކަވަރޭޖްގައި އާދަޔާ ޚިލާފު ހަތަރު ހަތަރު ފަރާތަކަށް ވެސް ހާއްސަ އިނާމު ދިނެވެ. އެ ހާއްސަ އިނާމު ލިބުނީ ރާއްޖެ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމާއި، ވީޑިއޯ ޖާނަލިސްޓް މުރުޝިދު އަބްދުލް ހަކީމާއި، ކެމެރާމަން އަހްމަދު މަމްދޫހް އަދި ޑޭޓާ އެންޓްރީ ޓީމްގައި މަސައްކަތް ކުރި ޝަހުމް ޝައިން އެވެ.

Advertisement - newsAdvertisement

މި ހަފުލާގައި ރާއްޖެޓީވީގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ސަލީމް ވިދާޅުވީ ރައްޔިތުންނާއި ހަމައަށް އިންތިހާބުގެ ނަތީޖާ އެންމެ އަވަސްކަމާއެކު ގެނެސްދިނުމަށްޓަކައި މަސައްކަތްކުރި ޓީމްގެ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި އިލެކްޝަންސް ކަވަރޭޖް ޓީމުން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ޓީމް ކުޅެން ދަނޑަށް ނުކުތީ ވެސް އަމާޒެއް އޮވެގެން ކަމަށާއި އެއީ އެންމެ އަވަހަށް ނަތީޖާ ގެނެސްދިނުން ކަމަށް އަހްމަދު ސަލީމް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް ވާހަކަ ދައްކަވަނީ

އިންތިޚާބާ ގާތްވަމުން ދިޔައިރު ވެސް އެތައް ގޮންޖެހުންތަކެއް ރާއްޖެ ޓީވީއަށް ކުރިމަތިކުރަމުންދިޔަ ނަމަވެސް، ރައްޔިތުން އެދޭ ފަދަ ގޮތަކަށް ކަވަރޭޖާއި އިންތިޚާބުގެ ނަތީޖާ ގެނެސްދެވުނީ، ރާއްޖެ ޓީވީގެ މުވައްޒަފުންނާއި ޑޭޓާ އެންޓަރ ކުރި ކުދިންނާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތެރިވި މޮނިޓަރުންގެ މަސައްކަތުން ކަމަށް ވެސް އަހްމަދު ސަލީމް ވިދާޅުވި އެވެ.

އިލެކްޝަންސް ކަވަރޭޖް ޓީމްގެ ގްރޫޕް ފޮޓޯއެއް

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ އިންތިހާބު ކަވަރު ކުރުމުގައި ހަރަކާތްތެރިވި އެންމެ ފަހުރުވެރި ޓީމަށް ރާއްޖެޓީވީގެ ޓީމް ވާނެ ކަމަށާއި އިންތިހާބުގެ އެންމެ ފުރަތަމަ މަންޒަރާއި އެންމެ ފުރަތަމަ އަޑާއި އެންމެ ފުރަތަމަ ނަތީޖާ ގެނެވުނު ޓީމަށް ރާއްޖެޓީވީގެ ޓީމްވެގެން ދިޔަ ކަމަށެވެ. އެ ނަތީޖާ ހާސިލު ކުރެވުނުއިރު، އިންތިޚާބަށް ރާއްޖެ ޓީވީ ތައްޔާރުވެފައި އޮތީ ވަރަށް ވަރުގަދަ އަށް ޕްލޭން އޭ، ޕްލޭން ބީ، އަދި ސީ ވެސް ހަދައިގެން ކަމަށެވެ.

ރާއްޖެޓީވީން މިފަހަރު ގެނެސްދިން އިލެކްޝަންޝް ކަވަރޭޖްގެ މަސައްކަތް ރާއްޖޭގެ ރައްޔިތުން ފާހަގަކޮށް ބަލައިގަނެފައިވާއިރު ބޭރު ޤައުމުތަކުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ރާއްޖެޓީވީގެ މަސައްކަތް ބަލައިގަނެ އެކަމަށް މަރުހަބާ ކިޔާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު