Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިގާލީ މަރުހަލާ

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާއަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހެއްދެވީ މިނިސްޓަރު ޝައިނީ އާއި ޑރ. މުއިއްޒު!

6 އޮކްޓޯބަރު 2018 | ހޮނިހިރު 12:41

ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް ނުފަރިތައީ: ޝާހިދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 އޮކްޓޯބަރު 2018 | ހޮނިހިރު 12:41
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އަދި ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އަދި ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު

ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ބަދަލުކުރުުގެ މަރުހަލާ ކުރިއަށްދާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެ މިނިސްޓަރަކު އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް އެއްބާރުލުން ދެއްވުމަށް ދެކޮޅު ހައްދަވާކަން ހާމަވެއްޖެއެވެ.

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ވެރިކަން ބަދަލުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފެވެ.

Advertisement - newsAdvertisement

ސަރުކާރު ބަދަލުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވުމަށް ސްޓެލްކޯގައި ހުންނަ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ 15 މިނިސްޓްރީއެއްގެ ތެރެއިން 09 މިނިސްޓްރީއަކާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ދެ މިނިސްޓްރީއަކުން އެއްބާރުލުން ދިނުމަށް ދެކޮޅު ހެދިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން "ރާއްޖެއެމްވީ" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ދެ މިނިސްޓްރީއަކުން އެފަދަ މައްސަލައެއް ދިމާވި ކަމަށެވެ.

"ދެ މިނިސްޓްރީއަކުން ކުޑަ ހައްސާސްކަމެއް ދިމާވި. އަޅުގަނޑަށް ހީވަނީ އެގޮތަށް އެ ދިމާވަނީ ޓްރާންސިޝަން، މިބަދަލު އަޅުގަނޑުމެންގެ ތެރޭގައި ނުފަރިތައީހެން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ، ރައްޔިތުން ނޫނެކޭ ބުނީމައި، ރައްޔިތުން ރުހޭ މީހުންނާ ވެރިކަން ހަވާލުކޮށްފަ ދުރައްޖެހިލަންޖެހޭ މީހުން. އެހެންވީމައި ސިޔާސީ ކަންތައްތަކުގައި ނުފަރިތަ ވީމާ އެހެން ދިމާވެދާނެ. އަޅުގަނޑުމެން އެކަން އެހާ ބޮޑަކަށް ނުނަގަން. އެ އަށް ވުރެ މާބޮޑަށް ރައްޔިތުންނަށް ދޭންޖެހޭ ހިދްމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި، އެކަމަށް އަޅުގަނޑުމެން ފޯކަސް ކުރަމުންގެންދަނީ،" ޝާހިދު ވިދާޅުވި އެވެ.

އެއްބާރުލުން ދޭން ދެކޮޅު ހެއްދެވި ކަމަށް ބުނާ ދެ މިނިސްޓަރުގެ ނަމެއް ޝާހިދު ހާމައެއް ނުކުރައްވައެވެ.

ނަމަވެސް "ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އިންތިހާބީ ރައީސް ސޯލިހުގެ ފަރާތްޕުޅުން އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުން، ސަރުކަރު ބަދަލުކުރުމުގެ މަރުހަލާއަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހައްދަވާފައިވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ފުރަތަމަ މިނިސްޓްރީތަކަށް ކުރައްވަނީ އިހުތިރާމުގެ ޒިޔާރަތެއް ކަމަށެވެ. އޭގެ ފަހުން ކަމާގުޅޭ ދާއިރާގެ ބޭފުޅުން ހިމެނޭ ކޮމެޓީން އެ މިނިސްޓްރީއެއް ނުވަތަ އެ އިދާރާއެއްގެ އިސްވެރިންނާ ބައްދަލު ކުރައްވާ، ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ގުޅިގެން ކުރިއަށް ގެންދަވަނީ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިހުތިރާމުގެ ޒިޔާރަތް ނުކުރެއްވިވާ ހަ މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވުމަށް ފަހު، ސަރުކަރު ބަދަލުކުރުމުގެ މަރުހަލާގެ ކަމާ ބެހޭ ކޮމެޓީގެ ބޭފުޅުން އެ އިދާރާތުގެ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ބޭނުންފުޅުވަނީ ސަރުކާރު ބަދަލުކުރުމުގެ މިމަރުހަލާ ވީހާ ވެސް އަމާންއޮމާންކަމާ އެކު ކުރިއަށް ގޮސް، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް މެދުކެނޑުމެން ނެތި، ރައްޔިތުންނަށް ހިދްމަތް ފޮރުކޮށްދިނުން ކަމަށާއި، އަދި ހިދްމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް