Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޕީޕީއެމް އޮފީސް ކުރިމައްޗަކީ އިންސާފުގެ މައިދާން ކަމަށް ބުނެފި

5 އޮކްޓޯބަރު 2018 | ހުކުރު 09:29

އެކަން އިއުލާން ކުރެއްވީ ސްޕޯކްސްޕާސަން މުއާޒު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 އޮކްޓޯބަރު 2018 | ހުކުރު 09:29
ޕީޕީއެމް އޮފީސް ކުރިމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގައި މުއާޒު ވާހަކަ ދައްކަވަނީ

ޕީޕީއެމް އޮފީސް ކުރިމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގައި މުއާޒު ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މުޒާހަރާ ކުރާ ޕީޕީއެމް އޮފީސް ކުރިމައްޗަކީ އިންސާފުގެ މައިދާން ކަމަށް ބުނެފިއެވެ.

އެތަނަކީ އިންސާފުގެ މައިދާން ކަމަށް ބުނެ، އަޑު އުފުލާފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ޕީޕީއެމުން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ޕީޕީއެމުން ފެށި މަސައްކަތުގައި އިންސާފު ހޯދާނެ ތަނަކީ ޕީޕީއެމް އޮފީސް ކުރިމަތި ކަމަށް ބުނެ އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ (މުއާ) އެވެ.

Advertisement - newsAdvertisement

މާލޭގައި މުޒާހަރާ ކުރުން މަނާކޮށް، ހިޔާލުފާޅު ކުރުން ހުއްޓުވުމަށް ބާރު އަޅައި، ގާނޫނުތައް ބަދަލުކުރި ޕީޕީއެމުން ރޭ ކުރި މުޒާހަރާގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުގެ ބޮލުގައި އިލްޒާމްތަކެއް އަޅުވާފައި ވެއެވެ. އަދި ޝަރީފަށް އަމާޒުކޮށް މުޒާހަރާގައި އަޑުއުފުލި ބައެއް މީހުން ވަނީ ބޭއަދަބީ ބަސްތަކެއް ރައްދު ކޮށްފައެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓް ތުރުކުރައްވައިގެން، ކެމްޕޭނުގައި އުޅުއްވަނިކޮށް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ޝަރީފާ ދެކޮޅަށް ޕީޕީއެމުން ނުކުތުމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ. ސަބަބަކީ ސިޔާސީ ހަރަކާތްތަކުގައި ޝަރީފު ފާޅުކަން ބޮޑު ގޮތެއްގައި އުޅުއްވަނިކޮށް، އޭނާ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ނުކުރުމަށް އެތައް ބަޔަކު އެދެމުންދަނިކޮށް ހަމައެކަނި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވޯޓު ދީގެން އޭނާ އެ މަގާމަށް އައްޔަން ކުރުމުންނެވެ. ޝަރީފު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައި ވަނީ މިއަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހަމަ އެ ދުވަހު ރައީސް ޔާމީން ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ. ފަތްކޮޅު އެރުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ކަމަށް އޭނާ ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދައި ޕީޕީއެމުން މުޒާހަރާ ކުރަން ފަށާފައި ވަނީ އިންތިހާބުގެ ނާކާމިޔާބީ ރައީސް ޔާމީން އިއުލާން ކުރެއްވިތާ ހަތް ވަނައަށް ވީ ދުވަހުއެވެ. އިންތިހާބު އޮޅުވާލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތާ ގުޅިގެން، އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމަށް ސަރުކާރުގެ ތެރެއިން ވެސް، އަދި މަޖިލީހުގެ ތެރެއިން ވެސް އެކަން ކުރުމުގެ ބާރު އޮވެ، ސަރުކާރުން އެކަން ނުކުރާ ސަބަބެއް ސާފެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް