ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 17:11
މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު އަމީތު
މުހައްމަދު ޝަރުހާން
12 މެންބަރުންގެ މައްސަލަ
މަޖިލީހަށް ވަނުމަށް މިހާރު ހުރަހެއް ނެތް، ދެން އޮންނަ ޖަލްސާއަކަށް ވަންނާނަން: އަމީތު
ދެން އޮންނަ ޖަލްސާގައި ބައިވެރިވާނަން
މަޖިލީހަށް ވަނުމަށް އެއްވެސް ހުރަހެއް ނޯންނާނެ

މިހާރު މަޖިލީހަށް ވަނުމަށް އެއްވެސް ހުއްޖަތެއް ދެއްކޭކަށް ނޯންނާނެ ކަމަށާއި ދެން އޮންނަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު ވިދާޅުވީ މީގެ ކުރިންވެސް މަޖިލީހަށް 12 މެންބަރުންނަށް ޖަލްސާއަށް ވަދެވަޑައިގަތުމަށް ހުރަހެއް އޮތް ކަމަށް އެއްވެސް ސުވާލެއް ނެތް ކަމަށާއި އެހެން ނަމަވެސް އެކަމުގައި ބައެއް ފަރާތްތަކުން ސުވާލުތައް އުފައްދަމުން ދިޔަ ނަމަވެސް، ސުވާލު ނު އުފެއްދޭ މިންވަރަށް މިހާރު އެކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލް ކޮށްފައިވާ ކަމަށެވެ.

އަމީތު ވިދާޅުވީ، އީސީގެ ނިންމުމާއެކު 12 މެންބަރުންނަށް ނުވަދެވޭނެ ކަމަށް މަޖިލީހުން ސަލާމަތީ ހިދުމަތްތަކަށް ރިކުއެސްޓެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނެ އެއްވެސް ހުއްޖަތެއް ދެއްކޭކަށް ނެތް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަލުގަނޑުމެން މަޖިލީހަށް ވަނުމަށް އިތުރު ހުކުމެއް ވެސް އަންނާކަށް ނުޖެހޭ. ކޯޓުގެ ނިންމުމެއް ވެސް އަންނާކަށް ނުޖެހޭ. ސަބަބަކީ ސުޕްރީމް ކޯޓުގެ ހުރިހާ ހުކުމްތަކުން ވަރަށް ރަނގަޅަށް ސާފުވާން އެބައޮތޭ އަޅުގަނޑުމެން ބާރު މެންބަރުންގެ ގޮނޑި ގެއްލިގެން ގޮސްފައި ނުވާކަން. އެހެން ނަމަވެސް ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާ އިން މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައި. އެހުރަސް ނައްތާލުމަކީ ޖުޑިޝަރީގެ ޒިންމާއެއް." އަމީތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް