Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލައިނުގަތުމަށް ރައީސް މައުމޫން އެދިވަޑައިގެންފި!

2 އޮކްޓޯބަރު 2018 | އަންގާރަ 13:03

ޕީޕީއެމްގެ ޤައުމީ ޖަލްސާ އަކީ ކަނޑައެޅިގެން އަސާސީ ޤަވާއިދާ ޚިލާފު ޖަލްސާއެއް ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 2 އޮކްޓޯބަރު 2018 | އަންގާރަ 13:03
ރައީސް މައުމޫނާއި ރައީސް ޔާމީން

ރައީސް މައުމޫނާއި ރައީސް ޔާމީން

ޕީޕީއެމްގެ ޤައުމީ ޖަލްސާ އަކީ ކަނޑައެޅިގެން އަސާސީ ޤަވާއިދާ އަދި އެޕާޓީގެ އިންތިހާބު ތަކާއި ބެހޭ ޤަވާއިދާ އެހެނިހެން ވެސް ޤަވާއިދު ތަކާއި އެޕާޓީގެ އުސޫތަކާއި ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އެ ގައުމީ ޖަލްސާ ބަލައި ނުގަތުމަށް ރައީސް މައުމޫން އިލެކްޝަން ކޮމިޝަނުގައި އެދިވަޑައިގެންފި އެވެ.

ޕީޕީއެމްގެ ފުރަަތަމަ ކޮންގްރެސް އިން އިންތިހާބު ކުރި އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ޕީޕިއެމްއިން ޚާއްސަ ގޮތުން 28 ސެޕްޓެމްބަރ 2018 ގައި ބޭއްވި ޤައުމީޖަލްސާ ބޭއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެ މާއްދާގައި ބަޔާން ކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިނުވާނަމަ ދެން ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށާއި، އެހެން ނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ޤަވާއިދުގެ ދަށުން ސައްޙަ ކައުންސިލްއެއް ނޫން ކަމަށް ވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، އެހެން ކަމުން އަސާސީ ޤަވާއިދުގައި ބަޔާން ކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފަ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރި ކަމަށް އަސާސީ ގަވާއިދާ ހިލާފަށް ވަނީ ކަނޑައަޅާފައި ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޕާޓީ އެތެރޭގައި ބާއްވާ އެންމެހާ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބު ކޮމިޓީން ކަމަށާއި، ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން އާންމު ގޮފިތަކާއި، ޕާޓީގެ އެހެނިހެން ގުނަވަންތަކާއި، އާންމު މެންބަރުންގެ ފަރާތުން ޤައުމީ ޖަލްސާ ގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތަށް ޖަލްސާގައި އެޖެންޑާ ކުރުމަށް ކައުންސިލްއަށް ފޮނުވުމާއި، ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާ ބެހޭ ޤަވާއިދުގެ 2 ވަނަ މާއްދާގައިވާގޮތުން މަޤާމުތަކަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަކީ އިންތިޚާބު ކޮމިޓީގެ ބެލުމުގެދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާއިރު މިފަދަ އެއްވެސް ކަމެއްގައި އިންތިހާބު ކޮމިޓީ މެމްބަރުން ބައިވެރިކޮށްފައިނުވާތީ، ކުރިއަށްދިޔަ ޤައުމީ ޖަލްސާ އަދި ޖަލްސާގައި މަގާމު ތަކަށް އިންތިހާބު ކުރާ މީހުންގެ ސައްޚަ ކަމެއް ނޯންނާނެ ކަމުގައި ދެކޭކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާގައި ޕާޓީގެ ގިނަ މަގާމް ތަކަކަށް އެތައް ބަޔަކު އިންތިހާބް ވެގެން ދިޔައިރު މިފަދައިން އިންތިހާބެއް އޮންނާނެ ކަމެއް ކުރިން އިޢުލާން ކުރެވިފައި ނުވުމާ އެކު މުހިންމު މަޤާމު ތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތުގެއްލި މަގާމު ލިބުމުގެ ފުރުސަތު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށްވަނީ ގެއްލިފައި ކަމަށާއި، އެއީ އެޕާޓީގެ މެންބަރުންގެ ހައްގުތައް ގެއްލިގެން ގޮސް އެމެންބަރުންނަށް ލިބުނު ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށް ވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް