Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސުއިދާގާ: 3 ދުވަހުން 36 ކްރޯޑަށް އަރައިފި

ބޮކްސް އޮފީގުގައި ލިބުނު އާމްދަނީ ވަނީ ތިން ދުވަހުގެ ތެރޭގައި 36.6 ކްރޯޑަށް އަރާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 އޮކްޓޯބަރު 2018 | އަންގާރަ 02:09
ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ސުއިދާގާ" އަށް ބޮކްސް އޮފީގުގައި ލިބުނު އާމްދަނީ ވަނީ ތިން ދުވަހުގެ ތެރޭގައި 36.6 ކްރޯޑަށް އަރާފައެވެ.

ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެންދާ ފިލްމް މި ފިލްމް ރިލީޒް ކުރި ދުވަހު މާ ބޮޑު އާމްދަނީއެއް ލިބިގެން ނުދިޔަ ނަމަވެސް ހަފްތާ ބަންދުގައި މި ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ޓްރޭޑް އެންލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާ ގޮތުން މި ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.30 ކްރޯޑް އިންޑިއަން ރުޕީސްއެވެ. ދެވަނަ ދުވަހު 12.25 ކްރޯޑް ލިބިފައިވާއިރު ތިން ވަނަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.05 އެވެ. އަދި އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން މިފިލްމު ބަލަން ދާ މީހުން އިތުރުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ތަރަން ވަނީ ބުނެފައެވެ.

"ސުއިދާގާ" އަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ އިންޑިއާގެ ބައްޕަ ކަމުގައި ބުނާ މަހާތުމާ ގާންދީ އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ވަރުން ވެސް އަދި އަނުޝްކާ ވެސް ފެންނާނީ ހެދުން ފަހާ މީހެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2017

ސުއިދާގާ މޭޑްއިން އިންޑިއާ: ވަރުން ފަހަން ދަސްކުރަނީ

13 ޑިސެމްބަރު 2017
ސުއިދާގާ މޭޑްއިން އިންޑިއާ: ވަރުން ފަހަން ދަސްކުރަނީ
20 އޮކްޓޯބަރު 2017

ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ

20 އޮކްޓޯބަރު 2017
ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ
17 އޮކްޓޯބަރު 2017

"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!

17 އޮކްޓޯބަރު 2017
"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!
08 އޮކްޓޯބަރު 2017

"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް

08 އޮކްޓޯބަރު 2017
"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް
05 ސެޕްޓެމްބަރު 2017

"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް

05 ސެޕްޓެމްބަރު 2017
"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު