Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފޭސްބުކް

ފޭސްބުކްގެ ޔޫޒާސްގެ އަދަދު ދެ ބިލިއަނަށް އަރައިފި

ފޭސްބުކް އުފެދުނީ މީގެ 13 އަހަރު ކުރިން

ލީވާން އަލީ
ލީވާން އަލީ | 28 ޖޫން 2017 | ބުދަ 04:26
ފޭސްބުކްގެ ރަސްމީ ޕޭޖް

ފޭސްބުކްގެ ރަސްމީ ޕޭޖް

ފޭސްބުކްގެ ޔޫޒާސްގެ އަދަދު ދެ ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް މާކް ޒަކަބާގް ބުނެފި އެވެ.

މީގެ 13 އަހަރު ކުރިން ފޭސްބުކް ވުޖޫދަށް ގެނައި ޒަކަބާގް ބުނީ ފޭސްބުކް ޔޫޒާސްގެ އަދަދު ދެ ބިލިއަނަށް އެރި ނަމަވެސް އަދިވެސް ހުރިހާ އެންމެންނާ ކަނެކްޓްނުވާ ކަމަށާއި، އަމާޒަކީ ފޭސްބުކް ހުރިހާ އެންމެންނާ ގުޅާލުން ކަމަށެވެ.

ފޭސްބުކް އިން ވަނީ މިދިޔަ މަހު މޮޑަރޭޓްކުރުމަށް 3،000 އަށްވުރެ ގިނަ މީހުން އެ ކުންފުންޏަށް ވައްދާފައެވެ.

ފޭސްބުކްގެ ނައިބުރައީސާ ނައޯމީ ގްލެއިޓް ބުނީ ބިލިއަނަކަށް ވުރެ ގިނަ މީހުން ފޭސްބުކްގައި ގްރޫޕްތަކުގައި ބައިވެރިވާ ކަމަށާއި، ދުވަހެއްގެ މައްޗަށް އެވްރެޖްކޮށް 800 މިލިއަނަށްވުރެ ގިނަ މީހުން ފޭސްބުކްގެ ކޮންމެވެސް ޕޯސްޓަކަށް ލައިކްކުރާ ކަމަށެވެ.

ފޭސްބުކް ބޭނުންކުރާ ގިނަ ޔޫޒާސް މިހާރު ސްނެޕްޗެޓް ބޭނުންކުރަމުން އަންނައިރު، ފޭސްބުކް ބޭނުންނުކުރާ ގިނަ ބަޔަކު ވެސް އަންންނަނީ މިހާރު ސްނެޕްޗެޓް ބޭނުންކުރަމުންނެވެ. އެގޮތުން ފޭސްބުކްގެ އާމްދަނީ މަޑުމަޑުން އަންނަނީ ތިރިވަމުންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފޭސްބުކްގެ ޔޫޒާސްގެ އަދަދު އެއް ބިލިއަނަށް އެރީ މީގެ ފަސް އަހަރު ކުރިންނެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2018

އަރުޖުން އާއި މަލައިކާ އެކުގައި ސްޓޭޖަށް އަރައިފި

24 އޮކްޓޯބަރު 2018
އަރުޖުން އާއި މަލައިކާ އެކުގައި ސްޓޭޖަށް އަރައިފި
22 އޮކްޓޯބަރު 2018

ނަމަސްތޭ އިންގްލެންޑް: 3 ދުވަހުން 5 ކުރޯޑަށް އަރައިފި

22 އޮކްޓޯބަރު 2018
ނަމަސްތޭ އިންގްލެންޑް: 3 ދުވަހުން 5 ކުރޯޑަށް އަރައިފި
11 އޮކްޓޯބަރު 2018

އަންދާ ދުން 18 ކުރޯޑަށް އަރައިފި

11 އޮކްޓޯބަރު 2018
އަންދާ ދުން 18 ކުރޯޑަށް އަރައިފި
02 އޮކްޓޯބަރު 2018

ސުއިދާގާ: 3 ދުވަހުން 36 ކްރޯޑަށް އަރައިފި

02 އޮކްޓޯބަރު 2018
ސުއިދާގާ: 3 ދުވަހުން 36 ކްރޯޑަށް އަރައިފި
22 ޖުލައި 2018

ދަޅަކް ގެ ކާމިޔާބީ: ދެ ދުވަހުން 19 ކްރޯޑަށް އަރައިފި

22 ޖުލައި 2018
ދަޅަކް ގެ ކާމިޔާބީ: ދެ ދުވަހުން 19 ކްރޯޑަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު